އެލައިޑް އިންސުރެންސްގެ ފަރާތުން "އެލައިޑް ޓްރެވެލަރސް ޕްރޮޓެކްޝަން ޕްލޭން" ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މިހާރު އާޓް ގެލަރީގައި ކުރިއަށްދާ ވެކޭޝަން އެކްސްޕޯގެ ތެރެއިން ޕްލޭން ލޯންޗްކުރިއިރު، އެ ޕްރޮޑަކްޓަށް ހާއްސަ ވެބްސައިޓެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

މި ޓްރެވެލަރސް ޕްރޮޓެކްޝަން ޕްލޭނަކީ ރާއްޖެއަށް ބޭރަށް ދަތުރުކުރައްވާ ދަތުރުވެރިޔާއަށް ދަތުރު މަތީގައި ކުރިމަތިވާކަންކަމުން ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން މި ޕްލޭންގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރަކު ބޭނުންވާ ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްކާތެރިކަމާއެކު ޕްލޭން ނެގުމަށް ބޭނުންވާ ޓްރާންސެކްޝަން ފުރިހަމަ ކުރެވޭނެއެވެ.

އެލައިޑް ޓްރެވެލަރސް ޕްރޮޓެކްޝަން ޕްލޭން ލޯންޗުކުރުމުގެ ޙަފްލާގެ ތެރެއިން- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

މި އިންސުރެންސް ޕްލޭން އިން ދަތުރުމަތީގައި ދިމާވާ ގިނަ ކަންތަކެއް ކަވާކޮށްދޭނެއެވެ. އެގޮތުން ޓްރިޕް ކެންސެލޭޝަން، ބެގޭޖް ލޮސް، ނެޗުރަލް ޑިޒާސްޓާސް، ޝެންގހެން ކަވާ އަދި އެމާޖެންސީ މެޑިކަލް އެކްސްޕެންސްވެސް ކަވާކޮށްދޭނެެެވެ. އަދި އެކި ކަހަލަ އެޑްވެންޗާ ހަރަކާތްތައްވެސް ކަވާކޮށްދިނުމާއެކު، ފައިސާ ވަގަށް ނުވަތަ ގެއްލިއްޖެ ހާލަތެއްގައި އޭގެ ކަވާ އަދި 24 ގަޑިއިރުގެ މެޑިކަލް އެސިސްޓްނެސް ލިބިގެން ދާނެއެވެ.

މީގެ އިތުރުން، ބިޒްނަސް ޓްރެލާސްއިންނަށް އެ ދަތުރު ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި އެލައިޑް އިންސުރެންސް މި ޕްލޭން މެދުވެރިކޮށް ކަވާކޮށްދޭނެއެވެ.

އެލަައިޑް އިންސުރެންސް ކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދް ޝަރީފް ވިދާޅުވީ، ކުރީގެ ޓްރެވެލް ޕްލޭނާއި ހިލާފަށް މިފަހަރުގެ ޕްލޭން އިން ކަވަރޭޖް ލިބޭ ހާލަތްތައް އިތުރުކޮށް ކޮންމެ ހާލަތަކަށް ލިބޭ ޓޯޓަލް ލިމިޓްވެސް އިތުރުކޮށްފައިވާކަަމަށެވެ.

އަދި އާ ޕްލޭން މެދުވެރިކޮށް ވިޔަފާރި ދަތުރުތަކަށް ނުވަތަ ޗުއްޓީ ދަތުރުތަކަށްދާ ފަރާތްތަކަށް ދަތުރުގެ ބޭނުމާއި ގުޅުވައިގެން އިތުރު އޮޕްޝަނަލް ކަވާރވެސް އޭގައި ހިމަނާފައިވާނެ ކަމަށެވެ.

"މިސާލަކަށް ޗުއްޓީއަކަށް ޔޫރަޕަށް ވަޑައިގަންނަވާ ބޭފުޅަކު ވިންޓަރ ސްޕޯޓްސް ތަޖުރިބާ ކޮށްލައްވަމް އެދޭނަމަ، އޮޕްޝަނަލް ކަވާއެއްގެ ގޮތުގައި ވިންޓަރ ސްޕޯޓްސް ހިމެނިދާނެ. އެއިރުން ކުޅިވަރަކާއި ގުޅިގެން ކުރިމަތިވާ ޖިސްމާނީ ގެއްްލުމާއި، މާލީ ގެއްލުންވެސް ޕްރޮޓެކްޝަން ޕްލޭންގެ ދަށުން ކަވަރު ކުރާނެ"، ނިއުޝާދު ވިދާޅުވިއެވެ.