ދިވެހިންގެ ތެރޭގައި މަގުބޫލު ސުޕާރީގެ ބާވަތެއްކަމަށްވާ ރަސްލީ ސުޕާރީ (އޮރިޖިނަލް) ހުސްވެއްޖެއެވެ.

އިއްޔެ އާއި މިއަދު މާލޭގެ ގިނަ ފިހާރަތަކުން ރަސްލީ ސުޕާރިއެއް ނުލިބެއެވެ. ގިނަ ވިޔަފާރިވެރިން ބުނާގޮތުގައި، ދެން ރާއްޖެއަކަށް ރަސްލީ ސުޕާރިއެއް އެތެރެެ ނުކުރާނެއެވެ. އެއީ އެ ބްރޭންޑްގެ ސުޕާރި ހަދަމުން އަންނަތަނުން އެކަން ހުއްޓާލާތީކަމަށް އަޑު ފެތުރިފައިވާކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

"ދެން ނުލިބޭނެހެން ހީވަނީ ރަސްލީގެ އަސްލު ބްރޭންޑްގެ ރަސްލީ. އެތެރެ ކުރުން ހުއްޓާލީ ކަންނޭގެ". މާލޭގެ ބޮޑު ފިހާރައެއް ހިންގަމުން އަންނަ ވިޔަފާރިވެރިއަކު ބުންޏެވެ.

ރަސްލީ ރާއްޖެއަށް އެތެރެ ކުރުން ހުއްޓާލިކަމުގެ މައުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްފައިނުވާއިރު، މި އަހަރު ތެރޭގައި ރަސްލީގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިގެންގޮސްފައެވެ.

ކުރިން 1 ރުފިޔާއަށް ދެ ރަސްލީ ލިބޭއިރު، ފަހުން އަގަށް ގެނައި ބަދަލާއެކު ރަސްލީ ސުޕާރި 1 ރުފިޔާއަށް އެކަތި ލިބޭގޮތް ވަނީ ހަދާފައެވެ. އަދި 2 ރުފިޔާއަށް ރަސްލީ ސުޕާރިއެއް ވިއްކަމުންވެސް ދިޔައެެވެ.

މިހާރުވެސް މާލޭގައި ރަސްލީގެ ނަމުގައި ނޫ ކުލައިގެ ސުޕާރިއެއް ވިއްކަމުން ދެއެވެ. މާލޭގެ ގިނަ ފިހާރަތަކުން މިހާރު ވިއްކަމުން ދަނީ އެ ރަސްލީއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކިޔާ

    ނަސީބެއްނުން.ތިކަހަލަ ފައިދާއެއް ނުވާ އެއްޗެހި ކެއުމުގަ ދިވެހިން މިތިބެނީ އެންމެ ކުރީގަ.

    • ކިޔައިފިން

      ކެެކެކެކެެކެކެކެކެެކެކެ... ތިޔާބުނީ ހަމަ ތެދެއް.

  2. މާރިޔާ

    ހާދައުފާވެރި ހަބަރެއް އަލްހަމްދުލިއްﷲ

  3. ާްއަލީ

    ޙުޅުމާލޭގަ އެބަހުރި

  4. ???

    ????

  5. The first one

    ކަޑަ ކަޑަ

  6. ހާނީ

    ނަސީބެއް

  7. ސުޕާރީ

    ހަހަހަ...
    ޕާކިސްތާނުގައި ވިކުންމަނާކޮށް ތިއެއްޗެއް ވިކުން ހުަޓާލިތާ އެތަށް ދުވަހެއްވެއްޖެ...
    ތިއަގު ބޮޑު ކުރީވެސް ޕާކިސްތާނުގަ ތިއުފެދުން ހުޓާލީމަ...

  8. ދިވެހިން

    ނޯ ޕުރޮބުލަމް.. ދިވެހިންއަކީ އުފެއްދުންތެރި ބަޔެއް. އެހެންކަމުން ސަރުކާރަށް ގޮވާލަން ޕާކިސްތާނުން ރަސްލީ ފެކްޓަރީ ރާޖެގެނަސް އެ އުފައްދާ އެ އެކްސްޕޯޓްކޮށް އޭގެން ނަފާނެރެ ބޮލަކަށް ޖެހޭމިންވރު އިތުރު ކުރުމަށް.

  9. އަހަންމާ

    މަގޭ ދަތްކޮޅު ހަލާކުވީ ތިއެއްޗެއް ކައިގެން. ނަސީބެއް އެހެން މީހަކަށް މި މުސީބާތް ނުޖެހެނިސް ތި ހުސްވިކަން.

    • ހުސޭނުބޭ

      ރަސްލީ ސްޕާރީ ކުންފުނި ގޮވައިގެން ދައުވާކުރޭ!

  10. ސާލިހު

    އެތެރެކުރުން މަނާ ކުރަންވީ. ވިހައެއް.