ރަށުގެ ބަނދަރުމަތީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރަން ބޭނުން ހެއްޔެވެ؟ ރަށުގެ ޕްރީ ސްކޫލު ގޯތިތެރޭގައި ކުޑަކުދިން ކުޅޭނެ ހިތްގައިމު "ޕްލޭ އޭރިޔާ" އެއް ތަރައްޤީކުރަން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ލަސްނުކުރައްވާ "ބެސްޓް ބަޑީ" އަށް ގުޅުއްވާށެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ "ބެސްޓް ބަޑީ" އިން ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ޕާކުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ޕްލޭ ހައުސް އާއި، ސީސޯ އާއި، ޕާކުގައި ބަހައްޓާ އުންދޯލި އަދި ގުރާސް ކާޕެޓް ފަދަ ތަކެތި ސަޕްލައިކޮށްދީފައެވެ. އަދި ބައެއް ޕްރީސްކޫލުތަކުގެ ކުޑަކުދިންގެ ޕްލޭ އޭރިޔާ ޝަރަހައްދު ތަރައްޤީކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދީފައެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ކައުންސިލްތަކުންނާއި، އަދި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުޑަކުދިންގެ ޕާކުތައްް މިހާރަކަށް އައިސް ތަރައްްޤީކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ޕާކުތައް ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިޢުލާންތައް ކޮށްފައި ހުންނަތަން މިހާރަކަށް އައިސް ވަރަށް ގިނައިން ދަނީ ފެންނަމުންނެވެ. އެހެންނަމަވެސް ތަފާތު އެކި ފަހަރުމަތިން އިޢުލާންކޮށްގެންވެސް އެކަށީގެންވާ އަގެއްގައި މިފަދަ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ނެތިގެން އެއްފަހަރަށްވުރެ ގިނަ ފަހަރު އިޢުލާންކޮށްފައި ހުންނަތަންވެސް ފެނެއެވެ. އެހެންނަމަވެސް އެފަދަތަކެތި ހެޔޮއަގުގައި ސަޕްލައިކޮށްދޭނެ ފަރާތެއް ނެތިގެން މިހާރު ހާސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ "ބެސްޓް ބަޑީ" ގެ ފަރާތުން މިހާރު ދަނީ ޕާކުތައް ތަރައްްޤީކުރުމަށް ބޭނުންވާތަކެތި ހެޔޮއަގުގައި ސަޕްލައިކޮށްދެމުންނެވެ. ޕާކު ޑިޒައިންކުރުމާއި، ޕާކުގައި ބަހައްޓާ ޕްލޭހައުސް އާއި، ސުލައިޑް، އަދި ސީސޯ އާއި އުނދޯލި ފަދަަތަކެތި، އަދި ޕާކުގެ ބައުންޑަރީގައި ޖަހާ ފެންްސް އާއި، ޕާކުގައި އަޅާނެ ގުރާސް ކާޕެޓާއި، ޕާކުގައި ބަހައްޓާ ބެންޗާއި، ޑަސްޕިން ފަދަތަކެތި އޯޑަރ ދެއްވުމުން ހީވެސް ނުކުރާހާ ހެޔޮއަގައި ބެސްޓް ބަޑީއިން ސަޕްލައިކޮށްދެއެވެ.

"އަޅުގަނޑުމެން ހުންނާނެ ރާއްޖޭގެ ބައެއް ރަށްރަށުގައި ތަރައްޤީކޮށްފައި ހުރި ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ ހުރިހާ ތަކެތި ސަޕްލައިކޮށްދީފައި. އަދި ބައެއް ރަށްރަށުގެ ޕްރީސްކޫލުތަކުގެ ޕްލޭ އޭރިޔާއަށް ބޭނުންވާ ސްލައިޑް ފަދަ ތަކެތިވެސް ސަޕްލައިކޮށްދީފައި. އަޅުގަނޑުމެންގެ އަގުތައް ހުންނާނީ އަތްފޯރާފަށުގައި. ހަޤީގަތުގައި، ޕާކުތަކަށް ބޭނުންވާ މިފަދަ ތަކެއްޗަކީ ވަރަށް އަގު ބޮޑު ތަކެތި. އެހެންނަމަވެސް އަޅުގަނޑުމެން ބަލަނީ ވީހާވެސް ހެޔޮއަގުގައި މިފަދަ ތަކެތި ފޯރުކޮށްދެވޭތޯ. ޕާކެއްގައި ޢާއްމުގޮތެއްގައި ހުންނާނެ ތަކެތި ހިމަނައިގެން ޑިޒައިން ކޮށްފައި ހުރި ޕެކޭޖުތައްވެސް އަޅުގަނޑުމެން އަތުގައި ހުންނާނެ. އަދި ކަސްޓަމަރ ބަޖެޓް ޖެއްވުމުން އެބަޖެޓަށް ފެތޭގޮތަށް އަޅުގަނޑުމެން ޕެކޭޖު ހަދައިދޭނަން ޕާކެއްގައި ޢާއްމުކޮށް ހުންނާނެ ތަކެތި ހިމަނައިގެން " ވަގުތު ނޫހާ ވާހަކަ ދައްކަވަމުން ބެސްޓް ބަޑީގެ އޯނަރ ރަޝީދު ވިދާޅުވިއެވެ.

ބެސްޓް ބަޑީ މަޝްހޫރުވެފައިވަނީ ބެޓަރީ ވެހިކަލް ވިއްކާ ފަރާތެއްގެ ގޮތުގައި ކަމުގައިވިޔަސް ބެސްޓް ބަަޑީ ފާހަގަކުރެވިފައިވަނީ ކަސްޓަމަރުން ބޭނުންވާ ތަފާތު ތަކެތި ހެޔޮއަގުގައި ސަޕްލައިކޮށްދެމުންދާ ފަރާތެއްގެ ގޮތުގައެވެ. މިގޮތުން ބެސްޓް ބަޑީގެ ފޭސްބުކު ޕޭޖާއި، ބެސްޓް ބަޑީގެ ވެބްސައިޓުން ބެސްޓް ބަޑީއިން ގަންނަން ތަކެތީގެ މަޢުލޫމާތު އަގުތަކާއެކު ހުންނަކަން ފާހަގަކުރެވެއެވެ. ބެސްޓް ބަޑީއިން ތަކެތި ގަންނަން ނުވަތަ އޯޑަރ ދެއްވަން ބޭނުންވެލައްވާނަމަ ގުޅުއްވާނީ : 7521915، 9907010، 7874657، 9641420 އާއި އެވެ. ފޭސްބުކް ޕޭޖު : https://www.facebook.com/bestbuddymv/