ބަންގްލަދޭޝްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާ އިން ރާއްޖެ އަށް ދަތުރުތައް މިއަދު ފަށައިފިއެވެ.

ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށި އިރު، އެ އެއާލައިނުން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތަކެކެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައިވާ ގޮތުން ޔޫއެސް-ބަންގްލާ އިން ރާއްޖެ އަށް ހަފްތާ އަކު ހަތަރު ދަތުރުކުރާނެއެވެ. މި ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން 737-800 ގެ ބޯޓެވެ. މިއީ 189 ސީޓް ހިމެނޭ މޮޑެލްއެކެވެ.

ޔޫއެސް-ބަންގްލާ އިން ބުނީ ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރަން ބޭނުންވެފައި ތިިބި މީހުންނަށް ފަސޭހަ ދަތުރުތަކެއް ފަހިކޮށްދިނުމަކީ މުހިންމު މަގްސަދެއް ކަމަށެވެ. އަދި މި ދަތުރުތަކާ އެކު، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވެސް ބަންގްލަދޭޝްގެ އެއާލައިނުން ބުނެފައިވެއެވެ.

ރާއްޖޭގައި އުޅޭ ގިނަ މަސައްކަތްތެރިންގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޗ

    ވަންވޭ ޓިކެޓް ނަގައިގެން އާދޭ.....

    4
    1
  2. ުދުުސ

    މޯލްޑިވިއަން އަކަށް މިަކަންވެސް ދެމެހެއްޓެނިވިވގޮތަކަށއ ނުގެންދެވުނު
    ބަނގުރޫޓުވީތަ

  3. ސާބަސްސާބަސް

    ޢިތުރަށް ތިޔާގިވާނެ ދެން ދިވެހި އަންހެންވެރިން ދެން ބަންގާޅަށް ގޮސް ކަމުދާމީހުން ހޯދައިގެން ގޮވައިގެން އަންނަންވީ. ޢެންމެ ގިނަ ޓުއަރިސްޓުންވެސް ދެން އަންނާނީ ބަންގާޅުން ޖަޒީރާރާއްޖޭގެ ފިރިހެނުން ތިބޭނީ ރުކުންވެއްޓޭ ކާށިކާލައިގެން ކުޅިބަލަން.

    3
    1
    • ހަހަހަހަ

      ވަރަށް މަޖާ