ރާއްޖޭގައި ބާއްވާ އެންމެ ކަމިޔާބު އެކްސްޕޯގެ ތެރޭގައި ހިމެނޭ ލިވިންގް އެކްސްޕޯ ވެފައި ވަނީ ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ގޭތެރެއަށް ބޭނުންވާ ޒަމާނީ ފަރުނީޗަރުތަކާއި އެހެނިހެން ސާމާނު އެއްތަނަކުން އާއްމުންނަށް ބަލާލެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިން ބޮޑު ޕްލެޓްފޯމަކަށެވެ. މިފަހަރުގެ އެކްސްޕޯ ތަފާތު މާހައުލެއްގައި ކުރިއަށްދިޔައިރު، މި އެކްސްޕޯއަށް ތިން ދުވަސް ތެރޭގައި 10،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރިއެވެ.

"ވަރަށް ގިނަ ސްޓޯލްތަކަށް ޒިޔާރަތް ކުރިން، ހާއްސަކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ބައްދަލުވި، ވަރަށް ގިނަ ކަންކަން އެނގިގެން ދިޔަ ހާއްސަކޮށް ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުންނާއި، ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި އެންމެ ހެޔޮއަގެއްގައި ބޭނުންވާ ގޮތަކަށް ތައްޔާރުކޮށްލަދޭ ކުންފުނިތަކާއި ދިމާވި". ލިވިންގް އެކްސްޕޯ ތެރެއިން ދިމާވި މީހަކު ބުންޏެވެ.

ލިވިންގް އެކްސްޕޯ 2021ގެ ތެރެއިން، ގެދޮރުވެރިކަމާއި ގުޅޭ އެންމެ ކާމިޔާބު އެކްސްޕޯއަކީ މިއީ- ވަގުތު އިމޭޖްސް : އަހުމަދު އަޝްހާދު އަބްދުﷲ

"އަދި އިތުރު ގައުމުތަކުގެ މީހުންވެސް ގެނެސް ދީ، އަޅުގަނޑުމެންނަށް ވަރަށް ވަރަށް ރަނގަޅު މައުލޫމާތު ލިބުނު"

މިފަހަރު 35 ކުންފުނިން ލިވިންގް އެކްސްޕޯގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ކުންފުނިތައް ހިމެނެއެވެ.

ހައިރައިޒް ވަރަށް ހިތްހަމަ ޖެހިފައި!

"ވަގުތު" އާ ވާހަކަދައްކަމުން ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގް މަރިޔަމް މާއިޝާ ވިދާޅުވީ، މިއަހަރު ލިވިންގް އެކްސްޕޯގެ ނުވަ ވަނަ އެޑިޝަން ވަރަށް ކާމިޔާބު ކަމާއެކު ތިން ދުވަސް ވަސް ތެރޭގައި ނިންމާލިއިރު، ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

މާއިޝާ ފާހަގަކުރެއްވިގޮތުގައި، މީގެ ކުރިން ދަރުބާރުގެ އާއި އާޓް ގެލެރީގައި ބޭއްވި މި އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކްގެ ތަންކޮޅެއް އޮޕެން ސްޕޭސްއެއްގައި ބޭއްވުމުން އެގްޒިބިޓަރުން ގިނަވި އެވެ. ނަމަވެސް އޭނާ ފާހަގަކުރެއްވީ މިފަދަ ބޮޑު އެކްސްޕޯއެއް ބޭއްވުމަށް ޖާގަ ނެތް ކަމުގެ ވާހަކައެވެ.

"ސްޕޭސްގެ މައްސަލަ މިއީ އަސްލު އަޅުގަނޑުމެންނަށް އެންމެ ބޮޑު ޗެލެންޖަކީ، އަދިވެސް  އިތުރު އިވެންޓް ވެނިއުސް އިވެންޓް ހޯލްތައް ހުންނަކަމުގައިވަންޏާ ވީކޭން ބްރިންގް އިޓް މިކަހަލަ ގިނަ ބިޒްނަސް އެންޑް އޮޕަޗުނިޓީސް ހަމަ ރައްޔިތުންނަށްވެސް ވިޔަފާރިތަކަށްވެސް". މާއިޝާ ވިދާޅުވިއެވެ.

ލިވިންގް އެކްސްޕޯގެ ތެރެއިން، 10،000 އަށްވުރެ ގިނަ ފަރާތްތަކުން މި އެކްސްޕޯއަށް ޒިޔާރަތް ކުރި -ވަގުތު އިމޭޖްސް: އަޝްހާރު އަބްުދުﷲ

މާއިޝާ ދެން ހަނދާންކޮށްދެއްވީ އެ ކުންފުނިން މިފަދަ އިވެންޓްތައް ބާއްވާ މައިގަނޑު މަގްސަދެވެ. އޭނާ ވިދާޅުވީ، އެ ކުންފުނިން ބޭނުންވަނީ ރައްޔިތުން އެއްތަނަކަށް އެއްކޮށްގެން ބޭނުންވާ މައުލޫމާތު ލިބުން ކަމަށެވެ.

"ގެދޮރާއި ބޯހިޔާ ވަހިކަމަކީ އެންމެންނަށްވެސް ދިމާވެފައިވާ ޗެލެންޖެއް، އެހެންވީމަ މިކަހަލަަ ތަަނަކަށް ޒިޔާރަތްކޮށްގެން އެކި ތަފާތު އެޕާޓްމެންޓްތައް ހުންނައިރު، އެޕާޓްމެންޓްތަކުގެ އަގުތައް އެއް ތަނަކުން ލިބެންޏާ މިއީ ރަނގަޅު ފުރުސަތެއް، މީގެ އިތުރުން، އިންޝުއަރެންސްގެ މައުލޫމާތު، ގެއަށް ގަަންނަން އެއްޗެއް ބޭނުން ވަންޏާ އޭތީގެ މައުލޫމާތުވެސް އެބަ ލިބޭ، އެއްބައިފަހަރު ކުދި ވިޔަފާރިތައް މި ތިބެނީ ގެއްލިފައި، އެހެންވީމަ އެ މީހުން މާކެޓަށް ނުކުމެ، އެ މީހުންނަށް އޮޕަޗުނިޓީސް ޕްލެޓްފޯމް ކްރިއޭޓް ކޮށްދިނުމަކީ ހައިރައިޒްގެ ވަރަށް ބޮޑު، އަބަދުވެސް ބޭނުންވާ ކަމެއް" މާއިޝާ ވިދާޅުވިއެވެ.

މާއިޝާގެ ވާހަކަތަކުން އޭނާވެސް އަދި ކުންފުނީގެ ވެރިންވެސް މި އެކްސްޕޯއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިކަން ފާހަގަވިއެވެ. އަދި މިފަދަ އެތައް ފުރުސަތެއް ކުރިއަށް އޮތްކަންވެސް ފާހަގަވިއެވެ.

ލިވިންގް އެކްސްޕޯގެ2021ގެ ތެރެއިން، ގިނަ ބަޔަކު ފާހަގަކުރީ ވަރަށް ގިނަ މައުލޫމާތު ލިބިގެން ދިޔަ ކަމަށް - ވަގުތު އިމޭޖްސް : އަހުމަދު އަޝްހާދު އަބްދުﷲ

އޭގޭ އިތުރުން އެކި ކުންފުނިތަކުން ވިދިވިދިގެން މި އެކްސްޕޯގައި ބައިވެރިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި އަކުއާ ވިޓާ އާއި އެމްއެމްއެސް އެކްސްޕޯޓް ހިމެނެއެވެ.

"އެއްވެސް ބަޔަކު އިވެންޓެއްގައި ބައިވެރިއެއް ނުވާނެ ވިދިވިދިގެން، މި އެކްސްޕޯއަށް ނުވަ އަހަރު ވީއިރު ރިޕީޓެޑް ކްލައިންޓްސްއުން އެބަ އުޅޭ، މިސާލަށް އަކުއާ ވިޓާއަކީ ވިދިވިދިގެން ފާއިތުވި ތިން އަހަރުވެސް ބައިވެރިވެފައިވާ ބައެއް. އޭގެ އިތުރުން އެމްއެމް އެކްސްޕޯޓް، އެއީ އިންޑިއާ ކުންފުންޏެއް، އިންޑިއާ ކުންފުނިންވެސް މި ވަނީ އަޅުގަނޑުމެންނާއި ވިދިވިދިގެން ދެ އަހަރު ބައިވެރިވެފައި"،

މާއިޝާ ވިދާޅުވިގޮތުގައި އެބޭފުޅުންނަށްވެސް ފައިދާ ނުވާކަމުގައިވާނަމަ މިފަދަ އިވެންޓެއްގައި ބައިވެރިއެއް ނުވާނެއެވެ.

ލިވިންގް އެކްސްޕޯ 2021އާ ގުޅޭގޮތުން ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގް މަރިޔަމް މާއިޝާ މައުލޫމާތު ދެނީ - ވަގުތު އިމޭޖްސް : އަހުމަދު އަޝްހާދު އަބްދުﷲ

އިތުރު އެކްސްޕޯތައް ކުރިއަށް، ތައްޔާރުވޭ!

ހައިރައިޒަކީ މިފަދަ އެތައް އިވެންޓެއް އަބަދުވެސް ބާއްވާ ކުންފުންޏެކެވެ. ކޮންމެ އަހަރަކުވެސް އެތައް އެކްސްޕޯއެއް ބާއްވާ  ވިޔަފާރިތަކާއި ރައްޔިތުންނަށް އެތައް ފުރުސަތެއް ފަހިކޮށްދެއެވެ.

މާއިޝާ ވިދާޅުވީ، ހައިރައިޒްގެ އިތުރު އެކްސްޕޯތައް އަދި ކުރިއަށް އޮތީ ކަމަށެވެ. އެގޮތުން ފުޑްއެންޑް ބެވެރޭޖް އެކްސްޕޯ އާއި ވެކޭޝަން އެކްސްޕޯ، ޕްރިންޓް އެންޑް އެޑްވަޓައިޒިންގް ސާވިސް ޝޯ ފަދަ އެކްސްޕޯތައް ހިމެނެއެވެ.

ކުންފުނިތައް އުފަލުން!

މި އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކުން ވަނީ ހައިރައިޒަށް ތައުރީފްކޮށްފައެވެ. އަދި މިފަދަ ޕްލެޓްފޯމެއް އެ ފަރާތްތަކަށް ހޯދަދިނުމުން ކުންފުނީގެ އިތުރު ޕްރޮޑަކްޓްތައް އިޝްތިހާރުވި ކަން ފާހަގަކުރެއްވިއެވެ.

ލިވިންގް އެކްސްޕޯ 2021އާ ގުޅޭގޮތުން ބާސިލް ވާހަކަދައްްނީ - ވަގުތު އިމޭޖްސް : އަހުމަދު އަޝްހާދު އަބްދުﷲ

"ވަގުތު"އާ ވާހަަކަދެއްކިވިލާ ހަކައިތެ ސޭލްސް މެނޭޖަރ ބާސިލް ނަފީސް ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކާއި ބައްދަލު ކުރަން ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އެގޮތުން މީގެ ކުރިން ކުންފުނީގެ މާކެޓްގައި ހިމެނޭ އެހެން ނަމަވެސް މީހުންނަށް އޭގެ މައުލޫމާތުތައް އެނގިފައިނުވާ ޕްރޮޑަކްޓްތައް މި ޕްލެޓްފޯމް މެދުވެރިކޮށް ދައްކާލެވުނު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތައް ޑިސްޕްލޭކޮށްލެވުނީމަ، މި ތިން ދުވަހުގެ ތެރޭގައި ފާހަގަކޮށްލަން ހަމަ، އޭގެން ޖެނެރޭޓް ވި ލީޑްސްތައް އަޅުގަނޑުމެންގެ ސޭލްސް ތްރޫކޮށް އިތުރު އޮޕަޗުނިޓީސް ޖެނެރޭޓް ކުރަމުންދާނީ، ދެން މިކަހަލަ އިވެންޓެއްގައި ޑިސްޕްލޭކޮށްލެވުނީމަ ލިިބުނު އެންމެ ބޮޑު އެޑްވާންޓޭޖަކީ އަސްލު ވިލާއިން ކޮންސްޓްރަކްޝަން މެޓީރިއަލްގެ ދާއިރާގައި މާކެޓްގައި އެންމެ ބޮޑު އެއްޗަކަށް އެންމެންނަށް އެނގޭ އެއްޗަކީ ވިލާ ސިމެންތި، ނަމަވެސް މިހާރު އަޅުގަނޑުމެންގެ ދެން ހުރި ޕްރޮޑަކްޓްތައް މާކެޓަށް އެނގިގެން އެބަދޭ".ވިލާގެ އިތުރު އުފެއްދުންތައްވެސް ދައްކާލި އެ އެކްސްޕޯގެ ތެރެއިން ވާހަކަދައްކަމުން ބާސިލް ވިދާޅުވިއެވެ.

ބާސިލް ވިދާޅުވީ، މި އިވެންޓްގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެ ކުންފުންޏަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ.

މި އެކްސްޕޯގައި މީގެ ކުރިންވެސް ބައިވެރިވެފައިވާ އަދި މިފަހަރުގެ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނާރ މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްސްޕޯ)ގެ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނިން މި އެކްސްޕޯގައި ދެވަނަ ފަހަރު ބައިވެރިވިއިރު، މިއީ ރަނގަޅު އެކްސްޕޯއެއް ކަމަށެވެ.

ލިވިންގް އެކްސްޕޯ 2021 އާ ގުޅޭގޮތުން އެމްއެމް އެކްސްޕޯގެ އޮފިޝަލަކު ވަގުތު އާ ވާހަކަދައްކަނީ - ވަގުތު އިމޭޖްސް : އަހުމަދު އަޝްހާދު އަބްދުﷲ

"މިއީ ތިން ފަހަރު އަޅުގަނޑުމެން ބައިވެރިވާ، މިއީ ވަރަށް ރަނގަޅު އެކްސްޕޯއެއް، އަޅުގަނޑުމެންގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ވަރަށް ގިނަ މައުލޫމާތުތައް މީހުން ހޯދާ"

އެމްއެމް އެކްސްޕޯޓަކީ ކޮންސްޓްރަކްޝަން މެޓިރިއަލް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮޮނުވުމުގައި މަޝްހޫރުކަން ހޯދާފައިވާ އިންޑިއާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައިވެސް ޕްރޮޖެކްޓްތަކެއް ހިންގަމުންދެއެވެ.

"ވަގުތު" އާ ވާހަަކަދެއްކި އިތުރު ކުންފުނިތަކުންވެސް މި އެކްސްޕޯއާ މެދު ހިތްހަމަ ޖެހެއެވެ. އެ ކުންފުނިތަކުންވެސް ފާހަގަކުރެއްވީ އެ ކުންފުނިތަކުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކޮށްލެވުނު ކަމަށެވެ. އަދި ކުރިއަށް އޮތްތަަނުގައި ޕްރޮޑަކްޓްތަކުގެ ޑިމާންޑްތައް މަތިވެގެން ދާނެ ކަމަށް ގަބޫލުކުރެއެވެ.

މިއަހަރުގެ އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ ޒިޔާރަތްކޮށްގެން އެގުބޮޑު އެތައް ހަދިޔާ ލިބޭ ގޮތަށްކަން ފާހަގަކޮށްލަން ޖެހެއެވެ.