ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އދ. ދަނގެތީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދަނގެތީގައި މި ބެހެއްޓުނު އޭޓީއެމް އާއެކު ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށާއި، ބޭންކުން މީގެ ކުރިން އެ އަތޮޅު ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

ދާދި ފަހުން ބޭންކުން ވަނީ އަލަށް ހުޅުވުނު މަހިބަދޫ ބްރާންޗުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަޕްގްރޭޑްކޮށް ހުޅުވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35ބްރާންޗް، 74 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    ހާދަ ބޮޑު ޕްރޮޖެކްޓެކޭ ،ރައީސް މިތަން ހުލުވަން ނުދިޔައީމާ ދެރައީ،ކޮންކަހަލަ ކަޑަ ސަރުކާރުގަނޑެއް މިއީ

  2. ޙަސަން

    ޢިސްލާމިކް ފައިނެންސިންގެ ކޮން އުސޫލެއްގަތޯ ލޯނު އުސޫލުން ފައިސާޔަށް ފައިސާ ދައްކަާގޮތަށް ލޮނުދޫކުރެވެނީ. ޢަޅުގަޑަށް އެގިފައިވާ ގޮތުގައި ފައިސާއަށް ފައިސާއިތުރުރާ ކަމަށް ވަންޏާ އެއަށް އިސްލާމިކް ޝަރީއާގަ ކިޔަނީ ރިބާ. މީ ގޯސްކަމުގައި ވަންޏާމު އިސްލާމިކް ޝަރީއާ އެންގޭ ކޮންމެވެސް ބޭފުޅަކު އަޅުގަޑަށް މި ބުނެދީބަލަ.