ފެޝަނަށް ލޯބިކުރާ ފިރިހެނުން ވަރަށް ގިނަވެއްޖެއެވެ. ފިރިހެނުންނަށް ހާއްސަކޮށް ތަފާތު އެކި ޑިޒައިންގެ ތައާރަފްވަމުން އަންނަކަން މިއީ ފާހަގަވަމުންދާ ކަންކަމެވެ. މިސާލަކަށް ބަލާނަމަ ވަރަށް ގިނަ ވައްތަރުވައްތަރުގެ ޓީޝާޓް ވެސް އަންނަނީ ބާޒާރަށް ނިކުންނަމެވެ.

ރަސްމީ ކަމެއްގައި ނޫންނަމަ ގިނައިން ޓީޝާޓްގައި އުޅޭ ފިރިހެނުން ފެނެއެވެ. އެއީ ޓީޝާޓް އުޅެން ފަސޭހަވުމުން ކަމަށް ބެލެވެ. އެހެންނަމަވެސް ކޮންމެ ފޮއްޗެއްގެ ޓީޝާޓެއް ލައިގެން އުޅެން އިހާ އަރާމެއް ނުވާނެއެވެ. އަދި ކޮންމެ ޑިޒައިންނެއްގެ ޓީޝާޓް ލައިގެން އުޅުން އެއީ ފަސޭހަ ކަމެއް ވެސް ނޫނެވެ.

ގިނަ މީހުންނަށް ކަމުދަނީ މާ ގޮތްބޮޑު ކުރުމުގެ ބަދަލުގައި ވަރަށް އަދައިގެ "ސިމްޕަލް" ޑިޒައިނެއްގައި ހުންނަ ޓީޝާޓްއެވެ. ގިނަ ފަހަރަށް އާ ޓީޝާޓެއް މި ގަންނަނީ އީދު ފަދަ މުނާސަބާއަކާއިި ގުޅުވައިގެންނެވެ. އެއީ ރީތި ކޮލިޓީ ޓީީޝާޓް ބާޒާރުގައި އަގު ބޮޑުވުމުންނެވެ.

އެހެންނަމަވެސް ދެން ހާސްވާކަށް ނުޖެހޭނެއެވެ. "އެލައިސް" އިން މިވަނީ އެންމެ ފަހުގެ ކޮލިޓީ އަދި ރީތި ޓީޝާޓް ރާއްޖެ އެތެރެކޮށް ވިއްކަން ފަށާފައެވެ. ފިހާރަތަކުގައި އަގު ހުރި ޓީޝާޓްތައް އެލައިސް އިން މިވަނީ އަތްފޯރާ ފަށަށް ގެނެސްފައެވެ.

ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނީ އަމިއްލަ ގޭގައި އިނދެގެން ވިޔަފާރިކޮށްލެވޭނެ ފަސޭހަ ގޮތެކެވެ.

އެލައިންސް އިން ވިޔަފާރިކުރާ ފަރާތްތަކަށް މިހާރު މި ފަސޭހަ ވެސް އޮންނާނެ އެވެ. އެލައިންސްގެ ފޭސްބުކް ޕޭޖު ނޫނީ އިންސްޓަގްރާމު ޕޭޖަށް މެސެޖުކޮށްލައިގެން ނޫނީ ވައިބާ ކޮށްލައިގެން ޓީޝާޓަށް އޯޑަރު ކުރެވޭނެއެވެ.

ވައިބާ މެދުވެރިކޮށް  އޯޑަރު ކުރަން  ބޭނުންނަމަ 9751834 އަށް މެސެޖް ކުރެވޭނެއެވެ. އަދި ހޮޓްލައިން ނަމްބަރަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފު ކުރެވޭނެއެވެ

އެލައިންސް އިން ބުނާ ގޮތުގައި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ބޯޓުތަކަށްވެެސް ޑެލިވަރީ ކޮށްދޭނެ އެވެ. ޕޭމެންޓު ޓްރާންސްފާކޮށްގެން ފައިސާ ދެއްކުމުގެ ފަސޭހަ ގޮތްވެސް އެލައިންސް އިން ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

އެލައިސް އިން ބުނީ އެ ވިޔަފާރީގެ އަމާޒަކީ އެންމެ ހިނގާ ޓްރެންޑުތަކުގެ ޓީޝާޓް ކަސްޓަމަރުންނަށް ފޯރުކޮށްދީ ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު