މޫނުގެ ކުލަ އަލިވެ ދޮންވުމަކީ، ބައެއް އަންހެނުން ވަރަށް ބޮޑަށް އެކަމަކަށް އިސްކަންދޭ ކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެކަމަކީ ރީތިކަމާއި ޒީނަތްތެރިކަމާއި ވެސް ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ދޮންވާން ބޭނުންވާ އަންހެނުން، އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ދޮންވުމަށް އުފައްދާފައިވާ ތަފާތުއެކި އުފެއްދުންތައް ބޭނުންކޮށްގެން މޫނުގެ ކުލަ އަލި ކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާއިރު، އެކަން ގިނަ ފަހަރަށް ވެގެންދަނީ، ގެއްލުންހުރި ނާކާމިޔާބު މަސައްކަތަކަށެވެ. އެހެންކަމުން، އެންމެ ބުއްދިވެރި ގޮތަކީ، އެފަދަ އުފެއްދުންތަކުގެ ބަދަލުގައި ގުދުރަތީ ބާވަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތައް ބޭނުންކުރުމެވެ.

ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މެދުގައި މަޤުބޫލު "ޖެނެޓް" ބްރޭންޑުގެ "ފެއަރ އެންޑް ނެޗުރަލް" ފޭސް ވޮޝް އާއި ފޭސް ކްރީމަކީ، މޫނުގެ ކުލަ އަލިކޮށް އަވަހަށް ދޮންވާން އެދޭ އަންހެނުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ފޭސް ވޮޝް އާއި ފޭސް ކްރީމްއަކީ، ޢާންމުކޮށް ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

އަންހެނުންގެ މޫނުގެ ހަންގަނޑާއި އެންމެ އެކަށީގެންވާގޮތަށް އުފައްދާފައިވާ "ޖެނެޓް - ފެއަރ އެންޑް ނެޗުރަލް" ފޭސް ވޮޝް އާއި ފޭސް ކްރީމަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި މޫނުގެ ކުލަ އަލިކޮށްދިނުމުގެ އިތުރުން، ހަންގަނޑަށް އެތައް ގިނަގުނަ ފައިދާއެއް ގެނުވައިދޭ ދެ އުފެއްދުމެވެ. އެގޮތުން މޫނުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑުގެ މަޑުކަމާއި ތާޒާކަން އިތުރުކޮށްދިނުމަށް މި ދެ ބާވަތް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. ވިޓަމިން އޭ، ބީ ސީ އަދި އީ ހިމެނޭ މި ދެ ބާވަތް ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ރީތިކޮށްދޭއިރު، ހަންގަނޑު ކުރަކިވެ ތެޔޮވެފައި ހުންނަ ހުރުމުންވެސް ދުރުކޮށްދެއެވެ.

ފިނިފެންމަލުގެ ތާޒާ ފިޔަތައް ހިމަނައިގެން، މީރު ވަހެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ "ޖެނެޓް - ފެއަރ އެންޑް ނެޗުރަލް"ގެ ފޭސް ވޮޝް އާއި ފޭސް ކްރީމްގެ އެންމެ ޚާއްސަ އެއް ކަމަކީ، އޭގައި އެކުލެވޭ ގުދުރަތީ ބައިތަކުގެ ސަބަބުން މޫނުގައި ހުންނަ ކަޅު ތަންތަންކޮޅު ދާދި އަވަހަށް ފިލައިދިއުމެވެ. އަދި އެއަށްފަހު ހަންގަނޑުގެ ކުލަ އަލިވުމަށް ހުރަސްއެޅޭ އެފަދަ ބައިތައް ނައްތާލައި މޫނުގެ އުޖާލާކަން ގެނުވައިދިނުމުގައި މި ދެ ބާވަތް މުޙިންމު ދައުރެއް އަދާކުރެއެވެ.

މި ފޭސް ވޮޝް އާއި ފޭސް ކްރީމް، ކޮންމެ ދުވަހެއްގައި ދެ ފަހަރު ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެގޮތުން އާދަކޮށް މި ފޭސް ވޮޝް ބޭނުންކޮށްގެން ރަނގަޅަށް މޫނު ދޮވެ ސާފުކުރުމާއި އެކު، ފޭސް ކްރީމް ބޭނުންކުރާން ފެށުމުން، ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަގަޅު ނަތީޖާ ފެނި މޫނުގެ ކުލަ އަލިވެ ދޮންވުމަށް މަގުފަހިވާ ކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "ފެއަރ އެންޑް ނެޗުރަލް" ފޭސް ވޮޝް އަދި ފޭސް ކްރީމް، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޭސް ވޮޝް ވިއްކަނީ 150 ރުފިޔާއަށެވެ. އަދި މި ފޭސް ކްރީމް ވިއްކާ އަގަކީ 100 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏިސް

    ކޮންތަންތަނަކުން ލިބެންހުރީ

  2. ޢދ

    ކަލޯ ކިހާވަރެއް ލިބުނު އިސްތިހާރު ލިޔެގެން. ނޫސްވއރިކަމުގަ މިޔައްވުރެ ފުޅާކޮއް ގެނެސް ދވެން ވާނެ މިސާލަކައް ޑޮކްޓަރުންގެ ވިއު ރިސާޗް ތަކާއި ސްޓެޓިކްސްތައް. މިހާރު ލިޔެފަ އޮތް ލިޔުން ހީވަނީ ޕެޓީކޭސް ކޮޅކައް ކޮއްލާފަ އޮޮތް އިސްތިހާރެއްހެން