ޒިއޯމީގެ ޕޮކޯ ސީރީސްގެ ފޯނުތަކަކީ އާމުންގެ މަގުބޫލުކަން ހޯދަމުން އަންނަ ފޯނުތަކެކެވެ. އެގޮތުން ޕޮކޯ ސީރީސްގެ ޕޮކޯ ސީ -3 އަކީ އަތަށް ލުއި ބަލާލަން ރީތި ފޯނެކެވެ. އެޗް-ޑީ މޮޅު ޑިސްޕްލޭއެއް މިފޯނުގައި ހުރުމުން ގޭމު ކުޅެން މިފޯނު ހާއްސަ ވެގެންދެއެވެ. މިފޯނުގެ ޑިސްޕްލޭގައި ހުންނަނީ 6.43 އިންޗިއެވެ. އަދި ބަރުދަނުގައި 194ގ ހުރެއެވެ.

މިފޯނުގެ ކެމެރާއަށް ބަލާލާއިރު ފޮޓޯ ނަގަން މިފޯނު ވަރަށް ކަމުދެއެވެ. އެގޮތުން މެއިން ކެމެރާގައި 13 އެމްޕީ އަދި ސެލްފީ ކެމެރާގައި 5 އެމްޕީ ހުރެއެެވެ.

ޕޮކޯ ސީ-3 ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިފޯނުގައި ފޭސް އަންލޮކް ކުރެވޭ ފީޗަރވެސް ހިމެނޭތީއެވެ.

މިފޯނު ސޮއްޓި ބިޒްއިން ލިބެން އެބަހުރިއެވެ. އަދި މިފޯނު ގަންނަ ފަރާތްތަކަށް ހިލޭ ހަދިޔާ ބަންޑަލްއެއް އެފިހާރައިން ލިބޭނެއެވެ. ޕޮކޯ ސީ- 3 ގެ 32ޖީބީ މެމޮރީގެ ފޯނު ހަދިޔާ ބަންޑަލްއާކާއި އެކު ސޮއްޓި ބިޒްއިން ލިބޭނީ 2550 ރުފިޔާއަށެވެ.

މި ބަންޑަލްގެ އެންމެ ހާއްސަ ކަމަކީ 64ޖީބީގެ 400 ރުފިޔާގެ އަގުހުރި އެސް-ޑީ ކާޑެއް ހިލޭ ފޯނާއިއެކު ލިބޭނެއެވެ. މި ކާޑަކީ ސޭން-ޑިސްކް ބްރޭންޑްގެ މޯބައިލް ފޯނުތަކަށް ހާއްސަ ކާޑެކެވެ. އަދި މިއީ ފަހުގެ ޓެކްނޮލޮޖީގެ ކާޑެކެވެ.

މިފޯނަކީ ބަޖެޓް ފޯނެއްކަމުން އަގުހެޔޮ ރަނގަޅު ފޯނެއް ގަނެލަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ.

ޕޮކޯ ސީ- 3ގެ ހަދިޔާ ބަންޑަލް

64ޖީބީ އެސް-ޑީ ކާޑް
ޓެމްޕާރޑް ގްލާސް
ހެޑްސެޓް
ލެންސްލޭ ޗޮކޮލެޓް ފޮށި

ބައެއް މުހިންމު ފީޗާރސް

އެންޑްރޮއިޑް 10
އެފްއެމް ރޭޑިއޯ
ދެސިމް ލެއްވޭނެ އަދި ވަކިން މެމޮރީ ކާޑު ލެއްވޭނެ
5000 އެމް-އޭ-އެޗް ބެޓަރި

ސޮއްޓި ބިޒް މޯބައިލް ޝޮޕް އިން ފަހުގެ އެކި ބްރޭންޑްތަކުގެ ފޯނު ލިބެން ހުންނާނެއެވެ.އަދި އެފިހާރައިން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ. ސޮއްޓި ބިޒްހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ. އެފިހާރައިން ވިޔަފާރި ކުރުމަށް އިންސްޓަރގްރާމް، ފޭސްބުކް އަދި ވައިބަރ މެދުވެރިކޮށް ވެސް އޯޑަރު ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިމީހަކަށްވެސް ސޮއްޓި ބިޒްއިން ވިޔަފާރި ކުރެވޭނެއެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް އެފިހާރައިންޑެލިވަރީކޮށްދެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް 7750004/7449955 އާއި ގުޅައިގެން ނުވަތަ ވައިބަރ ކޮށްލުމުން ލިބޭނެއެވެ.