ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އެއްލައިނެއްކަމަށްވާ ސްރީލަންކަން އެއާލައިންސްގައި ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ދާ ފަރާތްތަކަށް ހާއްސަ ފެއާ އަގުތަކެއް ހަމަޖައްސައިފިއެވެ.

މި ހާއްސަ ފެއާ އަގުގައި ސްރީލަންކަން އެއާލައިންގައި ޔޫރަޕްގެ ހަ ގައުމަކަށް ދިޔުމަށް ދެކޮޅު ޓިކެޓް ލިބޭއިރު، މިއީ ރޫރަޕްގެ ގައުމުތަކަށް ޗުއްޓީއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.

އެގޮތުން ސްރީލަންކަން އެއާލައިންސްގައި ޕެރިސްއަށް ދަތުރު ކުރައްވާ ފަރާތްތަކަށް 765 ޑޮލަރަށް މި ފެއާގެ ދަށުން ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި މޮސްކޯއަށް ދާން ބޭނުންވާ ފަރާތްތަކަށް 685 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު، މިލާންއަށް ދާން ބޭނުންވާ ފަރާތްތަކަށް 770 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

އަދި ރޯމްއަށް ދިޔުމަށް 780 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު، 770 ޑޮލަރަށް ޒުންޗްއަށް ދިޔުމަށްވެސް ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި ފްރޭންކްފާޓް އަށް ދިޔުމަށް 875 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް އޭސް އޭވިއޭޝަންސް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުންޗް އެއްނޫން ޒިއުރިކް ކިޔާނީ.