ކުރެއްދޫ ހޯލްޑިންސް އިން ޅ.މަޑިވަރުގައި ތަރައްގީކުރި އެއާޕޯޓް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުއްދަތު ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ސުވާލު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ "މަޑިވަރު އެއަޕޯޓް ހުޅުވުމަށް ވަގުތު ދީފައި ވާނީ މި އަހަރު ޑިސެމްބަރު 31ގެ ނިޔަލަށް" ކަމަށެވެ.

ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި އެއާޕޯޓް ހިންގުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ޓީއެމްއޭ އާއިވެސް މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޓީއެމްއޭ އިން އޭޓީއާރު ބޯޓު ގެނެސް، ބޭސްއެއްގެ ގޮތުގައި މަޑިވަރު އެއާޕޯޓު ބޭނުންކުރަން ފަށާނެ ކަމަށް ކުރިން ބުނެފައި ވެއެވެ. ނަމަވެސް މިހާރު ޓީއެމްއޭ އިން އެތެރޭގެ ދަތުރުތައް ކުރަން ހަމަޖެހިފައި ނުވާ ކަމަށް ވެއެވެ. އެހެންކަމުން މަޑިވަރު ހިންގުމާއި އެކުންފުނިން ހަވާލުވެދާނެ ކަމަށް ނުބެލެވޭ ކަމަށް "ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކު ވެސް ވަނީ ނިންމާފަ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް ވެސް މިހާރު ވަނީ އެއާޕޯޓަށް ގެންގޮސްފައެވެ.

ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވެސް ކުރި ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މަޑިވަރު އެޔަރޕޯޓަކީ ފާދިއްޕޮޅަށް ރައީސް ޔާމީން ދެއްވި އެންމެ ބޮޑު ހަދިޔާއެވެ. މި އެޔަރޕޯޓް އެޅިޔަނުދިނުމަށް މިހާރުގެ ސަރުކާރު އައުމާއެކު ކޮނޑުވިއްދާ "ސޭވް މަޑިވަރު" ނަމުގައި ޓީޝާޓުތައްލައި މީޑިޔާގައި ބޮޑު ކެމްޕެއިނެއްވެސް ކުރިޔަށް ގެންދިޔައެވެ. މި އެޔަރޕޯޓް ފެށުމަށްވިޔަސް ރިބަން ކެނޑުމަށްވިޔަސް މި ސަރުކާރުގެ މީހަކު އައުމަކީ ލަދުވެތި ފިނޑި ޢަމަލަކަށްނޫނީ ނުވާނެއެވެ.

    11
    2
    • ކަލޯގަޔާ

      ކަލެއަށް ބޮޑަށް އިނގޭނީ. ޢަހަރުމެންނަށް ހެޔޮ ކޮންމެ ގޮލަޔަކު ޥެރިކަމުގަހުރެ މަސައްކަތް ފެށިއަސް. ރައްޔަތުން ބޭނުންވަނީ ތަރައްގީ.

  2. އަހްމަދު

    ޢެއަރޕޯޓުހުޅުވޭނީ އެތަންސާފުކޮށްގެންދޯ އަދިވެސް އެތަންއެއޮތީ ރައީސްޔާމީން މުޑުދާރުކޮށްފައޮތްގޮތައް އެތަންސާފުކޮށްފަނޫނީ ކިހިނެއް އެތަންހުޅުވާނޯ

  3. މަރީ

    ދެންދިމާވާނެ އެންމެ ބޮޑު މައްސަލައަކީ މިޑޮމިސްޓިކް އެއަރޕޯޓްތަށް ހިންގާނެފަރާތެއްނުވެ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮއްގެން މިތަންތަން ހިންގަންޖެހޭނީ ،

  4. Anonymous

    ނަހުލާ ސާފުކުރާނެ