ދުނިޔޭގެ މާކެޓުގައި އެންމެ އަގުބޮޑު ކްރިޕްޓޮ ކަރެންސީ، ބިޓްކޮއިންގެ އަމިއްލަ ވާޝަނެއް ނެރުނު ފުރަތަމަ ގައުމަކަށް ވެނެޒުއޭލާ ވެއްޖެއެވެ.

"ޕެޓްރޯ"ގެ ނަމުގައި އެގައުމުން ނެރުނު އެ ކްރިޕްޓޮ ކަރެންސީގެ އަގު ހިފަހައްޓަނީ އެގައުމުގެ ތެލުގެ ރިޒާވުންނެވެ. އެގައުމަކީ ދުނިޔޭގައި ތެޔޮ އުފައްދާ އެންމެ ބޮޑު އެއް ގައުމެވެ.

އެގައުމުގެ ރައީސް، ނިކޮލަސް މަޑޫރޯ ވިދާޅުވެފައިވާ ގޮތުގައި އެ އަމިއްލަ ބިޓްކޮއިނެއް އުފެއްދުމުގެ ބޭނުމަކީ އެމެރިކާގެ ނުފޫޒުން ބޭރުން އެގައުމުގެ ދަރަނި ކުޑަކުރުމެވެ. ޕެޓްރޯ ކޮއިން ވިއްކަން މިހާރު ފަށާފައިވާއިރު، އޭގެ ކޮއިނެއްގެ އަގު އުޅެނީ 60 ޑޮލަރުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިނީ

    ސަޅިކަމެއް ތިއީ ރާއްޖޭގައި ވެސް ތިކަން ކުރަން ފެނޭ

  2. ބަކޫ

    ބިޓްކޮއިންއެއް ބިޓްކޮއިންގެ އަމިއްލަ ވާޝަނެއް ނޫން ކިޔާނީ، ކްރިޕްޓޮ ކަރެންސީ ކިޔާނީ.

  3. ކަނޑޫކަކޫ

    މި ދިވެހިން ނުވާނެ އިސްލާހެެެއް... ހުރިހާ ދޮންނަ ކުނޑިއަކަށް އޯމޯ ކިޔާފަ، މިހާރު ހުރިހާ ކްރިޕްޓޯ ކަރަންސީ އަކަށް ބިޓް ކޮއިން؟!

  4. މަރުޚަބާ

    ޜަނގަޅު ގޮތަކީ "އަމިއްލަ ކްރިޕްޓޯ ކަރަންސީއެއް"