ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް، ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދިރާގު ޓީވީގެ ހިދުމަތް މަނަދުއަށް ތައާރަފުކުރި އިރު، އެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބޭނެއެވެ. ސްޓާޓާ ޕެކޭޖުން މަތީގެ ޕެކޭޖެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 10 ފަރާތަކަށް ކަސްޓަމަރުގެ ޕެކޭޖުގެ ހަ މަސްދުވަހުގެ މަހުފީ ހިލޭ ލިބޭނެއެވެ. އަދި ކަނެކްޝަން ހިލޭ ގުޅައިދީ، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެއެވެ.

ދިރާގުން ބުނީ 100 އަށް ވުރެ ގިނަ ޓީވީ ޗެނަލްއާއެކު ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށެވެ.

ދިރާގުގެ ބައެއް ޗެނަލްތައް:

  • މަޝްހޫރު ޑިޒްނީ ޗެނަލްތައް
  • ސްޓާ ނެޓްވޯކްގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނަލްތައް
  • ސޮނީގެ އެންޓަޓައިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް
  • ފެކްޗުއަލް އެންޓަޓައިންމަންޓް ޗެނަލްތައް
  • ހިސްޓަރީ ޗެނަލްތައް
  • ޑިސްކަވަރީގެ ޗެނަލްތައް
  • ލައިފްސްޓައިލްގެ ޗެނަލްތައް
  • ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް
  • ދީނީ ޗެނަލްތައް

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ވަނީ ޗެނަލްތަކުގެ އަދަދާއި އަގުގައި ތަފާތު ކުރުމެއް ނެތި ރާއްޖޭގެ %77 ގޭބީސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.