ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ކަސްޓަމަރުުންނަށް މައުލޫމާތު ދިނުމަށްޓަކައި ހިޔާ ފުލެޓް ޓަވަރ 13 ގައި އެމްޑަބްލިޔުއެސްސީއިން މިއަދު ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުން ފެން ބިލާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ސާފު ކުރުމާއި، ފުލެޓް ތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރުމާއި އަދި އެމްޑަބްލިޔުއެސްސީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދިލެއްވޭނެ ކަަމށް އެ ކުންފުނިން ބުނެއެވެ.

މި ހެލްޕް ޑެސްކް ގާއިމްކޮށްފައި ވަނީ މިއަދުން ފެށިގެން ޑިސެމްބަރު މަހުގެ 4 އަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ.

އެމްޑަބްލިޔުއެސްސީން މި ހެލްޕް ޑެސްކް ގާއިމްކުރުމުގެ މަގުސަދަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން
މީޓަރު ރަޖިސްޓަރ ކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުން ކަމަްް މިއަދު އެ ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން ހިޔާ ފުލެޓްގެ ފެން މީޓަރު ރަޖިސްޓްރީ ކޮށްލުމަށް ވެރިފަރާތުގެ އައިޑީ ކާާޑާއި އަދި ހިޔާ ފުލެޓް އެގްރީމަންޓްގެ ސަފްހާ 29 ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި ކަސްޓަމަރުން މަސް މަހަށް ބަހާލައިގެން ފެން ބިލަށް ފައިސާ ދެއްކުމަށް އެދޭނަމަ ހެލްޕް ޑެސްކް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީ ލީނިއަންސީ ޕޮލިސީއަށްވެސް އެދެވޭނެއެވެ. މީގެ އިތުރުން އެޕާޓްމަންޓު ތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ދެން ކަންތައްކުރަންވީ ގޮތުގެ މައުލޫމަތު ކަސްޓަމަރުންނަށް ހިއްސާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ގާއިމްކުރެވުނު ހެލްޕް ޑެސްކުގެ އިތުރުން، 7962395 އަށް ގުޅުމުން، ނުވަތަ ވައިބަރ މެދުވެރިކޮށް
މެސެޖްކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ، ފެންބިލާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ހިޔާ ފުލެޓް ތަކުގެ ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް އަވަސް މުސްތަގްބަލެއްގައި މިކަމަށް ހައްލެއް ހޯދުމަށެވެ