ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހުން "ވިނަރެސް" މަޝްރޫއުގެ ފްލެޓް ގަތުމަށް މިހާތަނަށް ރަޖިސްޓްރީ ނުވެ ތިބި ފަރާތްތަކުން ރަޖިސްޓްރީ ވާން އިތުރު ފުރުސަތެއް ދީފިއެވެ.

ސީލައިފް އިން ފްލެޓް ލިބުނު މީހުން "ވިނަރެސް" އިން ފްލެޓް ގަންނަން ރަޖިސްޓްރީ ވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު އެވެ.

މިއަދު އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ ސީލައިފް އިން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ދެމެދު ހެދިފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެދަށުން ސީލައިފް އަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ، އެޗްޑީސީން އެފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ "ވިޔަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުޞަތު ދިނުމުގެގޮތުން އެޕާޓްމަންޓްގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަށް ރަޖިސްޓަރ ވުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރަޖިސްޓްރީ ކުރަން އަލުން ހުޅުވާލަން ނިންމީ ގިނަފަރާތްތަކަށް ރަޖިސްޓަރ ކުރުމަށްދެވުނު މުއްދަތުގައި ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާތީ، ކުރިން ހުޅުވާލި ފުރުޞަތުގައި ރަޖިސްޓަރ ނުކުރެވުނު ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލުމަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ސީލައިފް އަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން "ވިނަރެސް" ގަތުމަށް ރަޖިސްޓަރ ނުކުރެވުނު ފަރާތްތަކުން، 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 15:30 ކުރިން ރަޖިސްޓްރީވުމަށް އެޗްޑީސީ އިން އެދެއެވެ.

ވިނަރެސްއިން އެޕާޓްމަންޓާގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްއެދޭ ލިންކް

އެޗްޑީސީ އިން ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެންފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާނަމަ، ފައިސާދެއްކިކަން ސާބިތުކޮށްދޭ ލިޔުން [email protected] އަށް އީމެއިލް ކުރުމަށްފަހު ރަޖިސްޓަރ ކުރެއްވުމަށް އެޗްޑީސީން އެދެއެވެ.

ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ނިމެނޭ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ވިނަރެސް ފްލެޓްތައް މިއީ ކާކުގެ ، ކޮން ވެރިޔެއްގެ މަޝްރޫޢެއްތޯ؟ ކިޔުންތެރިޔަކު ބުނެދީބަލަ

  2. ެެނޫ މެެން

    ރަގަނޅޫ ސުވާލެއް.ކޮންތާކުން އައިސް އުޅޭ ވިނަރެސް ފުލެޓެއް

  3. ގަދަކުޑޭ

    ސީދާ ޔާމީން ވެރިކަމުގަ އަލަން ފަށާ ނިމުމަކާކާރިވެފަ ހުރީ ތިޔަ ވިނަރެސް ފްލެޓް ތަށް