އޮމާން އެއާގެ ދަތުރުތަށް އަންނަ އޮކްޓޫބަރު މަހު ރާއްޖެ އަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ.

އޮމާން އެއާގެ ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވަނީ އޮމާންގެ މަސްކެޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިންގްގެ އާ 737 ގެ ފްލައިޓްތަކެވެ.

އޮމާން އެއާއިން މައުލޫމާތު ދޭ ގޮތުގައި ރާއްޖެއިން އޮމާނަށް ފްލައިޓްތައް އޮޕަރޭޓްކުރާނީ އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި އަންގާރަ ދުވަސް ފިޔަވާ ހަފްތާގެ އެހެންދުވަސް ތަކުގައި މަސްކެޓުން ރާޢްޖެއަށް ފުލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮމާން އެއާއިން މައުލޫމާތު ދެއެވެ.

އޮކްޓޫބަރު ނޮވެމްބަރު މަސް ވެފައިވަނީ ހާއްސަކޮށް ޔޫރަޕް ގައުމުތަކަށް ފިނި މޫސުމަށެވެ. އެއާއެކު ރާޢްޖެއަށް ދަތުރު ކުރާ ފަތުރުވެރިން ގެ ނިސްބަތް އެ ދުވަސްވަރު މަތިވެއެވެ. އަދި ޢްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުގެ އޮކުޕެންސީ ރަނގަޅުވެ ޓުއަރިޒަމް ސިނާއަތަށްވެސް ހެޔޮ އަސަރެއް އެ ދުވަސްވަރު ކުރެއެވެ.

ރާޢްޖޭގެ މައި އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް ) އިންކުރިން ހާމަކޮށްފައިވާ ގޮތުގައި ފިނި މޫސުމާ ދިމާކޮށް ރާޢްޖެ އަންނަ އެއާލައިންތަށް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު އިތުރުވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެގެން ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވުމާއެކު އެކަމަށް މިހާރުވެސް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.