ދިރާގުން މަމެންގެ އާ ޑޭޓާ އެޑް-އޮންސްތަކެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން އަލަށް ތަޢާރަފްކުރި އެޑް-އޮންތަކުގެ ތެރެއިން ދެ އެޑް-އޮން މެދުވެރިކޮށް ކަސްޓަމަރުންނަށް މަޝްހޫރު ޗެޓް އެޕްތަކަށް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެއީ 2ޖީބީ އަދި 20 ޖީބީގެއެވެ. މި ޑޭޓާ އެޑް-އޮންތަކުގައި ހިމަނާފައިވާ މަޝްހޫރު ޗެޓް އެޕްތަކަކީ ވަޓްސްއެޕް، ވައިބާ، ޓެލެގްރާމް، މެސެންޖާ އަދި ވީޗެޓް އެވެ.

އަލަށް ތަޢާރަފްކުރި ޑޭޓާ އެޑް-އޮންތަކާއެކު މަމެން ކަސްޓަމަރުންނަށް މިހާރު އިތުރު ވެލިއުއަކާއެކު އެޑް-އޮންސްގެ ބްރޯޑް ސުއިޓް އިން އިޚްތިޔާރު ކުރެވޭނެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް މަމެން ކަސްޓަމަރުންނަށް އެންމެ ކުރު ވެލިޑިޓީ ޕީރިއަޑްތަކަށް ޑޭޓާ އެޑް-އޮންސް ލިބި، އިތުރު ފްލެކްސިބިލިޓީ ލިބިގެންދާނެއެވެ.

ދިރާގުގެ "މަމެން" އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި ކަސްޓަމައިޒް މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭން ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލެވެ.

ކިޔުންތެރިންގެ ހިޔާލު