އޮންލައިންކޮށް ތަކެތި ވިއްކުމުގައި އާއްމުންގެ ބޮޑު މަގުބޫލްކަން ހޯދާފައިވާ "ލިބޭ" އިން ވިއްކާ ތަކެތީގެ ތެރެއިން އެންމެ ގިނަ މީހުންގެ މަގުބޫލްކަން ލިބިފައިވާ "ހޮޓް ޗޮކްލެޓް" ވަރަށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

"ލޭންސްލޭ" ބްރޭންޑުގެ ހޮޓް ޗޮކްލެޓް އަކީ، އޭގެ މީރުކަމާއި އެއްވަރަށް ހަށިގަނޑަށް ފައިދާކޮށް، އެންމެ އެދެވޭ ބަދަލު ހަށިގަނޑަށް ގެނައުމުގެ އެހީއެވެ. ހަށިގަނޑުގައި އިތުރަށް ހުންނަ ފެޓްސް ދުއްވާލައި، ބައްޓަން ރީތިކޮށްދިނުމުގައި މިއީ ދެވަނައެއް ނެތް ބުއިމެކެވެ.

ހަށިގަނޑަށް ފައިދާކުރަނިވި ގިނަ ބައިތަކެއް އެކުލެވޭހެން އުފައްދާފައިވާ ލޭންސްލޭ ކޮކޯ ޕްލަސް އަކީ ޤުދުރަތީ އުފެއްދުމެކެވެ. ހަށިގަނޑަށް ނޭދެވޭ އަސަރުކޮށް ގެއްލުންކޮށްފާނެ މާއްދާތައް މި ބުއިމުގައި އެއްވެސް މިންވަރަކަށް އެކުލެވިގެން ނުވެއެވެ. އެހެންކަމުން މި ބުއިން ވެގެންދަނީ ސިއްޙަތަށްވެސް ފައިދާކުރަނިވި ބުއިމަކަށެވެ.

ބަރުދަން ލުއިކޮށްދިނުމަކީ މި ހޮޓް ޗޮކްލެޓުގެ އެންމެ މައިގަނޑު އެއް ބޭނުމެވެ.

"ވަގުތު"އާ ވާހަކަދެއްކި "ލިބޭ"ގެ އޮފިޝަލަކު ވިދާޅުވީ، ލިބޭ އިން ހޮޓްޗޮކްލެޓް ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށާއި، މިހާރު އޭގެ ފޮއްޓެއްގެ އަގަކީ 75 ރުފިޔާ ކަމަށެވެ.

ހޮޓް ޗޮކްލެޓް ބޭނުން ކުރާނީ ކޮންމެ ދުވަހެއްގެ މެންދުރާއި ރޭގަނޑު ކެއުމުގެ 20 މިނެޓް ކުރިންނެވެ. ދުވާލަކު ހަތަރު ފަހަރަށް ވުރެ ގިނައިން ކޮފީ ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން މިކޮފީ އާއި ހޮޓްޗޮކްލެޓް ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ.

"ލިބޭ" ގެ އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެފަރާތުން އެދެއެވެ.