އޭ ޕުލަސް އީ ނެޓްވޯރކްސް އޭޝިއާ އާއި ތައިލެންޑުގެ އެންމެ ކުރިއަރާފައިވާ ޕުރޮޕަޓީ އަދި ހޯލްޑިންގް ކުންފުނީގެ ސިންގް އެސްޓޭޓްގެ ފަރާތުން "މޭކިންގ މެގަ އިން ޕެރަޑައިސް" ގެ ނަމުގައި ހިސްޓުރީ އޭޝިޔާ ޗެނަލްގެ މުޅިން އައު ޑޮކިއުމެންޓުރީ ސީރީސްއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޑޮކިޔުމެންޓަރީ އަކީ ސިންގް ކުންފުނިން ރާއްޖޭގަ ފަށާފައިވާ ފުރަތަމަ މެގަ މަޝްރޫއުގެ ތެރެއިން މުޅި އިންޑިޔާ ކަނޑުގެ އެންމެބޮޑު އިންޓަގުރޭޑެޑް ރިސޯޓު ރާއްޖޭގައި ތަރައްގީކުރަމުން އަންނަ އިރު އެމަޝްރޫއުގައި ދިމާވާ ލޮޖިސްޓިކް، އިންޓެލެކްޗުއަލް ގޮންޖެހުންތައް މި ޑޮކިއުމެންޓުރީ ސީރީސް ގަ ފެނިގެން ދާނެކަމަށް ސިންގް ކުންފުނިން ހާމަކުރެއެވެ.

ބައިގަޑިއިރު ގެ ހައެޕިސޯޑް މައްޗަށް އެކުލެވޭ އެ ޑޮކިއުމެންޓުރީ އެޅުވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ގައި ކަމަށް ސިން ކުންފުނިން މިއަދު ހާމަކުރިއެވެ.

680 މިއަނަށް ޑޮލަރު ހަރަދު ކޮށްގެން ތަރައްގީ ކުރަާ މި މެގަ މަޝްރޫއުގެ ކޮންސްޓުރަކްޝަން ގެ އެކި ދާއިރާތަކުން މާގުރުންގެ މަލްޓި ޑިސިޕިލަނަރީގެ ޓީމެއް ހަރަކާތް ތެރިވަމުން ދާތަން އެ ޑޮކިއުމެންޓުރީއިން ފެނިގެން ދާނެ ކަމަށް ސިންގ ކުންފުނިން ހާމަކުރެއެެވެ.

އެ މަޝްރޫއުގެ ޕާޓުނަރުންގެ ތެރޭގައި ކެފޭ ޑެލްމާރ، ހާޑް ރޮކް، ހޮޓެލް އަދި ހާޑްރޮކް ކެފޭ ގެއިތުރުން ކިއުރިޔޯ ކަލެކްޝަން ބައި ހިލްޓަން ފަދަ މަޝްހޫރު ފަރާތްތަށް ހިމެނިގެންދާނެ ޑޮކިއުމެންޓުރީ އެއްކަމަށް ސިންގް ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

މި ޑޮކިއުމެންޓްރީ ސީރީސް ގައި އެންމެ ހާއްސަކަމެއް ދޭނީ އެބޫދޫ ފަޅުގެ ރީތިކަމާ ޗާލު މަންޒަރުތަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށް ކަމަށް ޑޮކިއުމެންޓުރީ ތައްޔާރު ކުރާ ފަރާތްތަކުން މައުލޫމާތު ދިނެވެ.

އޭ އެންޑް އީ ނެޓްވޯކްސް ގެ ޑައިރެކްޓަރު އެންޑް އެގެޒެކްޓިވް ޕުރޮޑިއުސާ ކުރިސް ހަމްފުރީ މައުލޫމާތު ދިންގޮތުގައި "މިއީ އާދައިގެ ކޮންސްޓްރަކްޝަން މަޝްރޫއެއްނޫން. މިއީ ތާރީހުގައިވެސް މިހާތަނަށް ކޮށްފައި ނުވާކަމެއް" ކުރިސް ހަމްފުރީ ވިދާޅުވިއެވެ.