ރާއްޖޭގެ 20 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެޗްއެސްބީސީ އިން މާލޭ ވޯޓާ އެމްޑަބްލިއުއެސްސީއަށް 154 މިލިއަން ރުފިޔާ (10 މިލިއަން ޑޮލަރު) ގެ ލޯނެއް ދީފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެޗްއެސްބީސީ އިން އެ ކުންފުންޏަށް ހަމަޖައްސައިދިން ލޯން ފެސިލިޓީ އަކީ ޕްލޭނިން މިނިސްޓްރީ އިން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިދިން ލޯނެއް ކަމަށެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ބަޔެއް ކަމަށެވެ.

އެޗްއެސްބީސީގެ ކަންޓްރީ މެނޭޖަރު ދިލްޝާން ޕެރޭރާ ވިދާޅުވީ ފާއިތުވި 19 އަހަރު ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ކުރިއަށް ގެންދިޔަ އެކި މަސައްކަތްތަކުގައި އެ ބޭންކުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. މިއީ ވެސް ބައިވެރިވުމަށް އިތުރުވި މަޝްރޫއުތަކެއް ކަމަށް ދިޝްލާން ޕެރޭރާ ވިދާޅުވިއެވެ.

އެޗްއެސްބީސީ އަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ބޮޑު އެއްބޭންކެވެ. އެބޭންކްގެ ބްރާންޗްގައި ރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ 64 ގައުމެއްގައި ހުރެއެވެ.

ރާއްޖޭގެ 20 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެޗްއެސްބީސީ އިން ލޯނެއް ދިން އިރު ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން އަމާޒު ހިފާފައެވެ. މިހާރު ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އހ

    ވޯޓް މިހާރު ދެނީކީ ޕްރޮޖެކްޓް ތަކަކަށް ނޫން ވޯޓް ދޭނީ ގައުމަށް ޓަކާ

  2. ރ

    ޚަބަރުގައި ލިޔަން ވާނީ މިހާޜު ފެނާ ނަރުދާމާ ނެތް ރަށްތަކުގައި އެ ޚިދުމަތް ދިނުމަށް ކަމަށް ހުރިހާ ރަށެއްގައޭ ބުނީމާ މާނަ އޮޅޭ އަދި ފަހުން ތާރީޚް ދިރާސާ ކުރާއިރު ފެންނާނީ މި ވެރިކަމުގައި ހުރިހާ ރަށެއްގައި އެ ޚިދުމަތް ދިންކަމަށް އެންމެ ރަނގަޅަށް މި މަސްރޫއުގެ ސުރުޚީ ޖަހާފައި ވާ ނޫހަކީ ދައުރު އެނޫހުގައި އެތޯ މިހާޜު ޚިދުމަތް ނެތް ރަށްތެކޭ ލިޔެފައި މިހާޜު ވެސް 70 ރަށުގައި ނަރުދަމާ އޮތީ ކުރީ ސަރުކާޜު ތަކުން އަޅާފައި އަދި ނިމިދިޔައަ ސަރުކާޜުން ވަނީ 40 ރަށަުގައި ފެނުގެ ޚިދުަމތް ދީފައި ހުރިހާ ރަށެްގައި ރާއްޖޭގައި ފެން ހޮޅި އަޅާކަށް ނުޖެހޭ މިއީ ހަގީގަތެއް މިހާޜު ވެސް ބަލާ ބަލަ

  3. ކޮރަލް

    އެންމެ މުއްސަނދި އެއް ކުންފުނިން ލޯން ނަގަން ޖެހޭ ސަބަބެއް ނެތެވެ.