ހުޅުމާލޭ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޕްރީ ސްކޫލް އެޅުމުގެ ބިޑަށް ކުރިމަތިލެވޭނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ކަމަށެވެ. ބިޑަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީގެ މުވައްޒަފަކާއި ނުވަތަ އެ ކުންފުނީގެ ބޯޑު މެމްބަރަކާ ނޫނީ އެ ކުންފުނީގެ ވިޔަފާރި ޕާޓްނަރަކާއި އެއްވެސް ވަރެއްގެ މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެޗްޑީސީ އިން ބުނީ، ބިޑާއި ގުޅޭ މައުލޫމާތު އެ އޮފީހުގެ ގްރައުންޑު ފްލޯއިން ސާފުކުރެވެން ހުންނާނެ ކަމަށެވެ. ބިޑް ހުށަހަޅަން ޖެހޭނީ ބިޑް ހުށަހެޅުމަށް އެޗްޑީސީ އިން ތައްޔާރު ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ބިޑުގެ މުއްދަތު ހަމަވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު ބިޑު ހުޅުވާގޮތަށް ހަމަޖެހިފައިވާ އިރު، މިމަހުގެ 17 ވަނަ ދުވަހު ޕްރީ ބިޑް މީޓީން އޮންނާނެ ކަމަށާއި ޕްރީ ބިޑް މީޓިން އޮންނާނީ އޮންލައިންކޮށް ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު އެސަރަހައްދުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މިހާރު ވެސް ގިނަ ބަޔަކު ވަނީ ދިރިއުޅުން ބަދަލު ކޮށްފައެވެ. ހިޔާ ފްލެޓްތަކުގެ ހުރިހާ އެޕާޓްމަންޓްތަކަކަށް މީހުން ބަދަލުވެ ނިމޭއިރު ހިޔާ ފްލެޓްތަކުގައި ގާތްގަނޑަކަށް 35000 މީހުން ދިރިއުޅޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަކްމެޑް

    ތިޔަތަން އަޅައިދެވިދާނެ. ބޭނުންވާ ތަކެއްޗާއި، މަސައްކަތުގެ އަގާއި، ރިސޯޓް ހަދަން 2 ރަށް ދެނިކޮށް ތިޔަކަންތައް ކޮށްދީފާނަން. އެގްރިމެންޓް ބާތިލު ކޮށްފިއްޔާ، ރާއްޖޭގެ ދެބައިކުޅަ އެއްބައި ލިބޭގޮތަށް އެގްރިމެންޓް ކުރަން ޖެހޭނެ.

  2. ހުޭސޭނުބޭ

    ތިޔައީ ވަރައް ދެރަކަމެއް އިންޑިއާ ކުންފުންޏަކުންނޫނީ ތިވަރުގެ ޕްރެޖެކްޓެއް ނުހިންގޭނެ!

    3
    2