ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނަން ހުށަހެޅުމުގެ ފުރުސަތުު ހުޅުވާލައިފިއެވެ.

2016 ވަނަ އަހަރު ތަޢާރަފްކުރި މި އެވޯޑަކީ ދެކުނު އޭޝިއާގެ ހޮސްޕިޓާލިޓީ އަދި ޓްރެވަލް އިންޑަސްޓްރީގެ އެންމެ ފުރިހަމަ އެވޯޑުގެ ގޮތުގައި ފާހަގަކުރާ އެވޯޑެކެވެ. އަދި މި އެވޯޑަކީ ނޮމިނޭޓްކުރާ ފަރާތްތަކުގެ މެދުގައި ދެ ގޮތަކަށް އިވެލުވޭޓްވެގެން އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅޭ އެވޯޑެކެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭ ފަރާތްތަކަށް ވާދަކުރެވޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލެވިފައެވެ.

52 ކެޓަގަރީ އަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިއިރު ސަޓާއިން އަންނަނީ ވިޒިޓާޒް ޗޮއިސް އެވޯޑްސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ވެސް ދެމުންނެވެ.

ޓްރެވަލް، ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ރީޖަންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި އެވޯޑް ދޭތާ މިއީ ހަ ވަނަ އަހަރެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ.

ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ އެވޯޑް މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ.

އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.