ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާއިރު، ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ދިރާގުގެ ހިދުމަތްތައް ހޯދުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ދިރާގު ވަނީ އެ ކުންފުނީގެ "މައިއެކައުންޓް" ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.

ދިރާގުން ބުނީ، އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތައް އެޕްލައިކޮށް، އަދި ދިރާގުގެ އެކި ހިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ.

އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލްދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލުން ފަދަ ގިނަ ކަންތައްތައް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން މުޅިން އަލައް ދިރާގުގެ ހިދުމަތަކަށް އެދި ކަސްޓަމަރުން [email protected] އަށް އީމައިލް ކރުމުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތައް މިހާތަނަށް ރެޖިސްޓަރ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރަ ކުރެވޭނެއެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކޮށްފައި ވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ވޭދަނަ އިތުރު ވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށްކަމަސް އެ ކުންފުނިން ބުނެފައި ވެެއެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު