ރާއްޖޭގެ އެންމެ ފުރަތަމަަ އަދި އެންމެ މަގްބޫލު އަތަރް ބްރޭންޑް ކަަމަށްވާ އޫދް އަލް ސަބާޔާ ކްރިސްޓަލް ބައި އޯއޭއެސްގެ ނަމުގައި އާ ޕާފިއުމެއް ނެރެން ތައްޔާރުވެއްޖެއެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖެއަށް އަމިއްލަ އަތަރާއި، ޕާފިއުމް، ލޯޝަނާއި، އެއާ ފްރެޝްނާ ފަދަ އުފެެއްދުންތައް ނެރެ އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެތައް އުފެއްދުމެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް ލިބެއެވެ.

އޫދް އަލް ސަބާޔާއިން މިއަދު ހަވީރު 16:00 ގައި ނެރޭ ކްރިސްޓަލް ބައި އޯއެސްގެ ޕާފިއުމަކީ ފިރިހެނުންނަށް ހާއްސަ ޕާފިއުމެކެވެ. މި ޕާފިއުމްގެ އަތަރު މިދިޔަ މަސް ތެރޭގައި އޫދް އަލް ސަބާޔާއިން ވަނީ ރާއްޖެ އަށް ނެރެފައެވެ. އަދި މި އަތަރުން ވަރަށް މީރުވަސް ދުވާކަމަށް މިހާރުވެސް ގިނަބަޔަކު ބުނެމުން ދެއެވެ.

މި އަތަރަކީ 2016 ވަނަ އަހަރުގައި އޫދް އަލް ސަބާޔާއިން ރާއްޖެއަށް ނެރުނު ފިރިހެނުންނަށް ހާއްސަ ކޮލެޓީ މޮޅު އަތަރެއް ކަމަށްވާ ސިލްކް ވުޑާއި، އަދި މިދިޔަ ނެރުނު ކޮލެޓީ އަތަރެއް ކަމަށްވާ އެބްސެލިއުޓް ސަބާޔާއަށްވުރެވެސް ކޮލެޓީ އަތަރެކެވެ.

މި އަތަރުގެ ޕާފިއުމް މިއަދު ހަވީރުން ފެށިގެން މާލެ މިރިޔަސް މަގުގައި ހުންނަ މައި ފިހާރަ އާއި ހުޅުމާލެ ނިރޮޅުމަގު ގޯޅި ދޭއްގައި ހުންނަ އައުޓްލެޓުން ލިބެން ހުންނާނެއެވެ. އަދި ގއ. ވިލިނގިލީގައި ހުންނަ އޫދް އަލް ސަބާޔާގެ ޕާޓްނަރ ފިހާރަ ކަމަށް ދި ރިވުއެސް ފިހާރައިން ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ. އަމިއްލަ އުފެއްދުންތަކާއި މަޝްހޫރް ބްރޭންޑްތަކުގެ ފަހުގެ އަތަރާއި ޕާފިއުމް އަބަދުވެސް އޫދް އަލް ސަބާޔާއިން ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.