އެޕަލްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ވިއްކަމުން އަންނަ "އެޑް-އޮން ސްޓޯރ" އިން ހުޅުމާލޭގައި ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައި ވަނީ މިރޭ 20:00 ގައެވެ. މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެއެވެ.

އެގޮތުން އެ ރަސްމިއްޔާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި ބިދަބިން ބޮޑު ބެރު ގުރޫޕްގެ ހަރަކާތްތައް ފެނިގެން ދާނެއެވެ.

އަދި އެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންގެ މެދުގައި ލަކީ ޑްރޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ލަކީ ޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް އިނާމްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޑް-އޮންސްއަކީ މާލޭގައި ހުރި އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ. އެޕަލް އާއި އަދިވެސް އެ ނޫން ބްރޭންޑްތަކުގެ އޮރިޖިނަލް ޕްރޮޑަކްޓްތައް އެތަނުން ލިބެން ހުންނާނެއެވެ. އަދި ހުޅުމާލޭގައި މިރޭ ހުޅުވާ ފިހާރަވެސް ވެގެންދާނީ އެހާ ފުރިހަމަ ރީތި ފިހާރައަކަށެވެ.

އެޑް-އޮން ސްޓޯރއިން އަލަށް މިހުޅުވި ފިހާރަ ހުންނަނީ، ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ މަޝްހޫރު ގެސްޓް ހައުސް "ކްލިއަރ ސްކައި" ކުރިމަތީގައެވެ.