"ބަންކާ" މި ނަމަކީ ދިވެހިންނަށް އާނަމެއް ނޫނެވެ. މޯބައިލް ފޯނު ވިއްކުމުގެ އިތުރުން ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ބޭނުންވާ އެކި ކަހަލަ އިލެކްޓްރޯނިކްސް ސާމާނު ވިއްކުމުގައި އެކުންފުނިން ވަނީ ދިވެހިންގެ އިތުބާރު ހޯދާފައެވެ.

ބަންކާ މޯބައިލްސް އިން ދިވެހިންނާއި ހަމައަށް އެންމެ ފަހުގެ އިލެކްޓްރޯނިކްސް ޕްރޮޑަކްޓްތައް ގެނެސްދެމުން އަންނައިރު، އެ ފިހާރައިން މިފަހުން ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ ޕީއެސް5 އަގު ހެޔޮކޮށް ވިއްކަން ފަށައިފައެވެ.

އެ ފިހާރައިން ބުނީ، ޕީއެސް5 ގެ އިތުރުން ޖޮއިސްޓިކް، ޑުއަލްސެންސް ޗާޖިން ސްޓޭޝަން، ޕަލްސް 3ޑީ ވަޔަލެސް ހެޑްސެޓް، ރޭޑިއޭޓަރ ފޭން، ބެޓެރީޕެކް، ކޮންޓްރޯލާ ކީބޯޑް، މީޑިއާ ރިމޯޓު، ޖޮއިސްޓިކް ޗާޖަރުގެ އިތުރުން އެކި ގޭމު ސީޑީތައް ވެސް މިހާރު ފިހާރައިން ލިބޭނެ ކަމަށެވެ.

ފިހާރައިން ވިއްކާ އެހެނިހެން ޕްރޮޑަކްޓްތަކަށް ބަލާއިރު، ފަހުގެ ފޯނާއި، ފޯނުގެ ކަވަރާއި ޗާޖަރުގެ އިތުރުން އެހެނިހެން އިލެކްޓްރޯނިކްސް ސާމާނު ހިމެނެއެވެ.

ބަންކާގެ ހަތަރު ފިހާރާ މާލެ ސަރަހައްދުގައި ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި ހުޅުމާލޭ ނިރުޅުމަގު އަށް ވަނަ ގޯޅިއަށްވާ ގޮތަށް ބޮޑު މަގުގައި ހުންނަ ފިހާރައާއި، ގަލޮޅު ދަނޑު ރެޑްވޭވް ކުރިމަތީގައި ހުންނަ ބަންކާ މޯބައިލް ޕްލަސް އާއި މަޖީދީ މަގު މިލިއަން މާޓް ކުރި މަތީގައި ހުންނަ ބަންކާ މޯބައިލް އަދި މަޖީދީ މަގުގެ މެދެއްހާ ހިސާބުގައި ހުންނަ ޑައިނަމޯ ސެންޓްރަލްގެ ތިރީގައި ހުންނަ ބަންކާ މޯބައިލްސް ފިހާރަ ހިމެނެއެވެ.

އެ ފިހާރައިން ލިބެން ހުންނަ ޕްރޮޑަމްޓްތަކުގެ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ނަމްބަރު 3333565 ނުވަތަ 9995512 އަށް ގުޅައިގެން ނުވަތަ 9995512 ނަންބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްގެން މައުލޫމާތު ސާފު ކޮށްލެވޭނެއެވެ.