ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ، އެ ކުންފުންޏާއި ކުރެއްދޫ ހޯލްޑިންގއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށާފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އަދި އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން މިދަނީ ތިން ޑޮމެސްޓިކް އެއާރޕޯޓެއް ބ. ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރުގައި ހިންގަމުންނެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ފަރާތުން މިދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.

ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ރަސްމީކޮށް އަންނަ މަހު ހުޅުވާއިރު، އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. މަޑިވަރުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާގަހަސަން

    އަތަށް ގޮވާނީ ތިޔަމީހުންނަށް ދީގެން

  2. އަހްމަދު

    ޝުކުރިއްޔާ ރައީސް ޔާމީން. ޝުކުރިއްޔާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

    13
    3