އެންމެ 15 މިނެޓުގެ ދަތުރެކެވެ. ކޮންމެ މީހަކު ވެސް ދަތުރަށް ފަށަންވީއެވެ. ބޮޑު ގްރޫޕެއް ގޮވައިގެން ނުވަތަ އޮފީހުގެ ހުރިހާ މުވައްޒަފުންނާއިއެކު ދަތުރަށް ތައްޔާރުވާށެވެ. ރައްޓެހިންނާއެކު ވެސް ދެވިދާނެއެވެ. އެންމެ ބޮޑު ތަފާތަކަށް ވާނީ މާހައުލެވެ. މީގެ އަހަރުތަކެއް ކުރިން ހަމައެކަނި ފަޅެއްގައި ގޮތުގައި އޮތް މި ތަނަކީ މިއަދު މާލޭ ސަރަަހައްދުގައި އުޅޭ މީހުން އެންމެ ގިނައިން ދާ އެއްތަނެވެ. މިއީ މިހާރު އެންމެން ދަންނަ ކްރޮސް ރޯޑްސްއެވެ. ދިވެހިންނަށް އެތައް ކަމެއް ފަހިވެފައިވާ ދުނިޔޭގެ ފެންވަރުގެ ރިސޯޓް ހިމެނޭހެން ތަރައްގީކޮށްފައިވާ ބޮޑު ރަށެކެވެ. މީގެ ތެރެއިން ދިވެހިންނަށް ހާއްސަ ތަނަކީ މެރީނާ އެވެ. މިތަން ފަރުމާ ކޮށްފައި ވަނީ ތަފާތު އެކި ހަފްލާތައް ވެސް ބޭއްވޭ ގޮތަށެވެ.

އިވެންޓެއް ބޭއްވިޔަސް، އާ އަހަރު ފާހަގަކުރަން ބޭނުންވާ ހަރަކާތްތައް ބޭއްވިޔަސް އޮފީސްތަކުގެ ބޮޑު އިވެންޓެއް ވިޔަސް، އެންމެ ރަނގަޅު މާހައުލަކަށް ވާނީ މިއަދު ކްރޮސް ރޯޑެވެ. އެއީ ދިވެހިންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ތަނަކަށް ވާތީއެވެ. ދިވެހިންނަށް ހާއްސަ ހެޔޮ އަގުތަކެއް އިވެންޓްތައް ބާއްވަން ވެސް ހަމަޖައްސާފައިވާތީއެވެ.

އެއް ތަނަކުން އެތައް ކަމެއް ކުރެވޭ އުފާވެރި މާހައުލަކަށް މިތަން ވާނެއެވެ. ޓީމް ބިލްޑިންގް ހަރަކާތްތަަކާއި، އޮފީސްތަކުގެ ނިއު އިޔާ ނައިޓާއި، އެވޯޑް ހަފްލާތަކާއި، އޮފީސްތަކުގެ ޓީމްތައް ވަކިވަކިން އައިސް ހަރަކާތްތައް ބާއްވަންވެސް މިއަދު އެންމެ ފުރިހަމަ މާހައުލަށް ކްރޮސްރޯޑްސް ވާނެއެވެ.

ކްރޮސް ރޯޑްސްގެ އިވެންޓް ހޯލް!

އިވެންޓް ހޯލަށް ވަދެގެން ދާއިރު، ފެންނަނީ ފުރިހަމައަށް ހަދާފައިވާ ބޮޑު އިވެންޓް ހޯލެކެެވެ. އިވެންޓެއް ބޭއްވުމަށްޓަކައި ހުރިހާ ކަމެއް ކުރެވޭނެ ތަނެކެވެ. އެތައް ހަރަކާތެއް އެތައް ގޮތަކުން މިތަނުގައި ބޭއްވިގެން ދާނެއެވެ. ތަނުގެ ޖާގަ ތަނަސްވަހެވެ. ބޭނުންވާ ގޮތަށް ތަން އަތުރާލެވޭނެއެވެ. ބޭނުންވާ ގޮތަށް ގޮނޑި އާއި މޭޒު ޖަހާލެވޭނެއެވެ. ލޮލުގައި އަޅައިގަތް އެއް ކަމަކީ މިތަނުގެ ޑިޒައިނެވެ. އިމާރާތްވެސް ފުރިހަމަވެފައި ރީއްޗެވެ. ކޮންމެ އިވެންޓެއް ބޭއްވި ކަމުގައިވިޔަސް މިތަން ވެގެން ދާނީ އެންމެންވެސް ވަރަށް ގަޔާވާނެ ތަނަކަށެވެ. 326 އަކަމީޓަރުގެ މި ބޮޑު ހޯލްގެ ތެރެއިން ފުރިހަމަކަން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

ކްރޮސްރޯޑްސްގެ އިވެންޓް ހޯލް

ހޯލަށް ބަލާއިރު، ކޮންމެ ކަހަލަ އިވެންޓެއްވެސް މިތަނުގައި ބޭއްވޭނެެއެވެ. ހާއްސަ ރޭގަނޑުގެ ކެއުމަކަށް ވިޔަސް، ބޮޑު އިވެންޓަކަށް ވިޔަސް، ނޫނީ ސެލެބްރޭޝަންއަކަށް ވިޔަސް، ތީމް އިވެންޓްތައް ވިޔަސް، ނޫނީ ބައްދަލުވުންތައް ބާއްވަން ވިޔަސް މިއީ މިވަގުތު މާލެ ސަރަހައްދުގައި ހުރި ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ހޯލަށް ވެގެން ދާނެއެވެ. މި އިވެންޓް ހޯލަކީ ބޮޑެތި ޓްރޭޑް ޝޯތައް ވެސް ބޭއްވޭނެ ފަދަ ޖާގަ ތަނަވަސް ތަނެކެވެ.

އެތަނުގެ އެތެރޭގައި އިވެންޓް ބޭއްވުމަށް ބޭނުންވާ ގޮތަކަށް ސްޓޭޖް ސެޓަޕް ވެސް ހަދާލެވެނެއެވެ. އަދި މި ހޯލް ތިން ބަޔަކަށް ބަހާލައިގެން ބޭނުން ކުރެވޭނެއެވެ.

ކްރޮސް ރޯޑްސްގެ އިވެންޓް ހޯލްގައި ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 އިވެންޓް ކުރިއަށްދިޔައިރު ނަގާފައިވާ ފޮޓޯއެއް

މާކީ ޓެންޓް

މިއީވެސް އިވެންޓްތައް ބޭއްވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ސާފު ތީރި މޫދާއި ދޮންވެލިގަނޑު މަތީގައި، ނަމަވެސް އެންމެ ފުރިހަމަ ސެޓްއަޕަކާއެކު އިވެންޓްތައް ބޭއްވޭނެ ތަނަކީ މިއީއެވެ. އިރުގެ އަލި އެ އިވެންޓް ހޯލްގެ ތެރެއަށް އެޅިގެން ދާއިރުު، މުޅި ތަން ޒީނަތްތެރިކޮށްފައިވެއެވެ. އަދި އެ މީހަކު ބޭނުންވާ ގޮތަށް ފުރިހަމައަށް މިތަން ތައްޔާރުކޮށްލެވޭ ގޮތަށް ހަދާފައިވާ އިރު، ކޮންމެ ކަހަލަ އިވެންޓެއްވެސް މިތަނުގައިވެސް ބޭއްވޭނެއެވެ. ވަރަށް ބޮޑު ޖާގައެއް އޮންނަ މިތަނުގެ އިވެންޓް މެނޭޖްމެންޓް ޓީމުން އެ މީހަކު ބޭނުންވާ ގޮތަކަށް ބޭނުންވާ ޑިޒައިނަކަށް ތަން ތައްޔާރުކޮށްލަދޭނެއެވެ. އެހެންކަމުން ހަނދާނުން ފޮހެނުލެވޭނެ ވަރުގެ އިވެންޓްތައް ބޭއްވޭނެ ތަނަކަށް މިތަން ވެގެން ދާނެއެވެ.

ކްރޮސްރޯޑްސްގެ މާކީ

ޓީމް ބިލްޑިންގް ހަރަކާތްތައް މާލެ ސަރަހައްދުގައި ބޭއްވޭނެ ތަަނަކީ މިއީ!

ކުންފުނިތަކުން އާއްމުކޮށް މުވައްޒަފުން މޯޓިވޭޓް ކުރުމަށް ތަފާތު ހަރަކާތްތައް ބާއްވައެވެ. އެފަދަ ހަރަކާތްތައްް ބާއްވަން މާލެ ސަރަހައްދުގައި ކްރޮސް ރޯޑް ވަރުގެ ތަނެއް ނެތެވެ. ޓީމް ބިލްޑިންގް ހަރަކާތްތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރަން ބާއްވާ ހަރަކާތްތައް ކަމަށް ވާއިރު، އެފަދަ ހަރަކާތްތައް ކްރޮސް ރޯޑްގައި ބޭއްވި ދާނެއެވެ. އެގޮތުން އެއްގަމާއި މޫދުގައި ވެސް އެފަދަ ހަރަކާތްތައް ބޭއްވޭނެ އިންތިޒާމް ކްރޮސްރޯޑުސްއިން ހަމަޖައްސައިދޭނެއެވެ. އަދި އެ ކުންފުންޏަކުން ބޭނުންވާ ގޮތަށް އެންމެންވެސް ގަޔާވާނެ ގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކެއްގެ ގޮތުގައި އާއި، މުވައްޒަފުންނަށް ހުރިހާ ގޮތަކުންވެސް ފައިދާކުރާނެ ހަރަކާތައް ބާއްވަން ކްރޮސްރޯޑުން އެހީވާނެއެވެ. މިއީ އެކަކު އަނެކަކަށް އިތުބާރު ކުރުމާއި، ގުޅުން ބަދަހި ކުރުމާއި، ކުންފުނީގެ ތެރޭގައި އޮތް އެކުވެރިކަން އާލާ ކުރުމަށް ބޭއްވި ދާނެ ހަރަކާތްތަކެވެ. މިފަދަ ހަރަކާތްތައް ކުރިއަށްގެންދަންވީ ގޮތާއި ކުރިއަށް ގެންދާ ގޮތް ކިޔައިދޭން ކްރޮސްރޯޑްގެ ހިތްވަރުގަަދަ ޓީމް ތިބޭނެއެވެ.

ޓީމް ބިލްޑިންގްގެ އެކި ހަރަކާތްތައްވެސް ކްރޮސް ރޯޑްސްގައި ބޭއްވޭނެ

ކްރޮސްރޯޑްސްގެ އިވެންޓް ޕެކޭޖްތައް!

ކްރޮސްރޯޑްސްގައި ދިވެހިންގެ އިވެންޓްތަކަށް ހާއްސަ ހަތަރު ޕެކޭޖެއް ތައްޔާރުކޮށްފައި ވެއެވެ. އެއީ ފުލްޑޭ އާއި ހާފް ޑޭ ޕެކޭޖްތަކެެވެ. މިއިން ކޮންމެ ޕެކޭޖެއްގައިވެސް ހިމެނޭ ހިދުމަތްތައް ލިޔެފައި ވެއެވެ. އެގޮތުން ދަތުރުފަތުރުގެ ހިދުމަތާއި، ހޯލް ބޭނުން ކުރެވޭނެ ގޮތާއި، އަދި އިތުރު ޗާޖަކާއެކު އެންޓަޓައިންމެންޓަށް ހާއްސަ ޕެކޭޖްތައް ހިމަނާފައި ވެއެވެ.

ކްރޮސްރޯޑްސްގެ އިވެންޓް ހޯލް އެއްކޮށް ފެންނާނެ ގޮތުގެ 360 ފޮޓޯއެއް، މި ފޮޓޯއަށް ކްލިކް ކުރުމުން ފެންނާނެ

އޮފީސްތަކުގެ އިވެންޓްތައް ބާއްވަން ބޭނުންވާ ކަމުގައިވާނަމަ، އެންމެ ރަނގަޅު ދިވެހިންނާއި އެންމެ ގުޅޭނެ މާހައުލަކަށް ކްރޮސްރޯޑްސް ވާނެއެވެ. ހިތްގައިމު އަރާމު ވައި ލިބޭނެ ތަނަކަށް އެތަން ވެގެން ދަނީ، މާލޭގެ ކާރުބާރުބޮޑު މާހައުލާ ދުރަށް ދެވުނީމައެވެ. އަދި ކޮފީ ޝޮޕްތަކާއި، އެތައް ރެސްޓޯރެންޓެއްވެސް ހުންނަ މިތަން ވެގެން ދާނީ އިވެންޓްތައް ބާއްވަން އެންމެ ކަމުދާނެ މާހައުލަށެވެ.

ކްރޮސްރޯޑްސްގެ އިވެންޓް ހޯލްގެ ތެރެއިން

އިތުރު މައުލޫމާތާއި ބުކިން ހެދުމަށް ގުޅާނީ 7307014 އަށެވެ. ނޫނީ [email protected] އަށް އީމެއިލް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާޑް

    ޔާމީނަކީ ކަންކަން ކުރަން އެނގޭ ކަންކަން ކުރެވޭނެ ލީޑަރެއް!!

    65
    1
  2. މެން

    ހަމަ އެކަނި މުސްސަދިންނައް

    12
    23
  3. އިސްޢާފް ސަލީމް

    މި ފެންނަނީ ދުރުވިސްނޭ ސިޔާސީ ލީޑަރެއްގެ ތޫނު ވިސްނުމެވެ. އިޤްތިޞާދު ދަންނަ އިކޮނޮމިސްޓެއްގެ ދުރުރާސްތާ ޕްލޭނެވެ. އެންމެ ފަސްއަހަރަކުން މުޅި ޤަވްމު އެފުށް މިފުށަށް ޖަހައިލާ ޤަވްމަށް ރޯކަމާ ތާޒާކަން ގެނަސްދިން ޙިކުމަތްތެރިއެއްގެ މަސައްކަތެވެ. އާއެކެވެ. ރައީސް ޔާމީންގެ ރޭވުމާއެކު ހަރުދަނާ ކެބިނެޓެއްގެ ނިންމާލުމެވެ.

    65
    4
    • ލޮލް

      ތެދެއް ތިބުނީ... މައުމޫނު ހަދާފަހުރި ހުރިހާ ހަނދާނީ ބިނާ ތަކެއް އެފުއްމިފުށަށް ޖެހި.

      1
      6
  4. ރައްޔިތުމީހާ

    ސާބަހޭ ސާބަހޭ ރައިސް ޔާމީނަށް ސާބަހޭ

    28
  5. އާ

    ޝުކުރިއްޔާ ރައީސް ޔަމީން

    28
  6. ށުނާލީ

    އެއީ ހަމަކަސަވަރުން ދިވެހިންނައް އުފާވެރިކަން ހޯދާ ދެއްވި ދުރުވިސްވޭ މޮޅު ލީޑަރެއް
    ދިވެހި ގައުމު ތާއަބަދު ޝުކުރުވެރިވާނެ ލީޑަރެއް