ޑެލް އީއެމްސީ އިން ބާޒާރަށް ނެރުނު ފަހުގެ ޕްރޮޑަކްޓްސްތައް މެކްސްކޮމް ޓެކްނޮލޮޖީސް އިން ރާއްޖެއަށް ލޯންޗަކޮށްފިއެވެ.

ޑެލްއީއެމްސީ އިން ބާޒާރަށް އެންމެފަހުން މާކެޓަށް ނެރުނު ޕުރޮޑަކްޓްސްތަކުގެ ތެރޭގައި ސުޓޯރޭޖް އަދި ސާވާރ ބެކްއަޕް ސޮލިއުޝަން ހިމެނެއެވެ. އަދި މި ބުރޭންޑުގެ އައިޓީ އެންޑްއެންސޮލިއުޝަން ހިމެނެއެވެ.

ޕްރޮޑަކްޓްސް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަދު ހޮޓެލް ޖެންގަ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްސް ކޮމްގެ ސީނިއާ މެނޭޖަރު މުހުތާރު މުހަންމަދު ވިދާޅުވި ގޮތުގައި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އަލަށް ތައާރަފު ކުރެވޭ އައު ޓެކްނޮލޮޖީސް ތައް ދިވެހި މާކެޓުގަ އުޅުއް ވާ ކުންފުނިތަކަށާއި ސަރުކާރާއި ރިސޯޓް ސައިޑް ގަ މަސައްކަތް ކުރައްވާ ފަރާތްތަކަށް ކިޔާދިނުން ހިމެނޭކަމަށެވެ.

އެގޮތުގެ މަތިން ކޮންމެ އަހަރަކު މިފަދަ އިވެންޓްތަށް ބާއްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

މެކްސް ކޮމްގެ ސީނިއާ މެނޭޖަރު މުހުތާރު މުހަންމަދު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ނެރޭ އާ ޕްރޮޑަކްޓްސްތައް ދިވެހި މާކެޓައް ތައާރަފްކުރުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެ ޕްރޮޑަކްޓްސް އަކީ ދުނިޔޭގެ އެހެން މާކެޓްތަކެކޭ އެއްފަދައިން އެއްދުވަހެއްގަ ނެރޭ ޕްރޮޑަކްޓްސް ތަކެއް ކަން އައިޓީ އިންޑަސްޓުރީއަށް ބުނެލަދޭން ކަމަށެވެ.

މެކްސްކޮމް ޓެކްނޮލޮގީން ހާމަ ކުރިގޮތުގައި ޓެކްނޮލަޖީ ކުންފުންޏެއްގެ ޒިންމާއެއް ކަމުގައި ބަލައިގެން ކުރިޔަށް ހުރި އަހަރުތަކުގައިވެސް ޓެކްނޮލޮޖީއަށް މިއަންނަ ފަހުގެ ޕްރޮޑަކްޓްސް ތަކުގެ މައުލޫމާތު ދިވެހި މާކެޓަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ޑެލް އީއެމްސީގެ ފަރާތުން މާކަޓެއް ނެރުނު ފަހުގެ ޕުރޮޑަކްޓްސްގެ ފީޗާސްތަކުގެ މައުލޫމާތު ދިނުމުގެސެޝަން އެއް ހޮޓެލް ޖެން ގައި މިއަދު ކުރިޔަށް ދާނެ ކަމަށް މެކްސްކޮމްއިން މައުލޫމާތު ދެއެވެ.