އެސްޓީއޯއިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފިއެވެ.

އެކަން ހާމަކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށެވެ.

އެހެންކަމުން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަރަށް ބޮޑުވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތައް ބޮޑުވާނެ ކަމަށެވެ.

ޕެޓްރޯލް ލީޓަރެއް 12.06 ރ. އަށް އަދި ޑީސަލް ލީޓަރެއް 12.44 ރ. އަށެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި މި ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    އިބޫސޯލިހު ކިހިނެއްތަ މިހަދަނީ؟

    13
    1
  2. ޣާބޯ

    ޙއ.ދިއްދޫއިން އަންނަންއޮތް ހަތްއަހަރު ނޫފުލެވަރަށް ކުޑަވާނެ އެހެންވީމަ

  3. އިބްރާހިމް

    ތެލުގެ އަގުމަށްޗަށް ރައްޔިތުން ރަތަށް.

    13
    1
  4. ފަރޭ

    އެހެންވީމަ ކުރިން ގަނެފަ ހުރި ތެލުގެވެސް އަގު ބޮޑުވީދޯ.

    13
  5. ތޯތާ

    ވަގަށް ކާފައިސާރައްޔިތުން ފެލައިގެން ނުހޯދާސަރުކާރުހިންގެން ނެތިގެން ރޭލުގެ އަގުބޮޑު ކުރީ ދެކޮޅުނުޖެހޭ ނަމަ ދެކޮޅުޖައްސަން އެގޭބަޔަކާޙަވާލުކޮއްފާދާންވީނޫން

    10
  6. ހާރޫނު

    ބޭރު ގައުމުތަކުގައި ކޮވިޑާހެދި ތެލުގެ އަގު ބޮޑުތަނުން އަގު ވެއްޓިފައި އޮއްވައި މިހާބޮޑަށް ތެލުގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ފެލާލުން. ކޮންމެހެން ބަހަނާ ދައްކާނެކަމެއް ނެތް. ފާޑުފާޑުގެ ޕްރޮޖެކްޓްތައް ހިންގަނިއްޔޭ ކިޔައިގެން ލާރިކޮޅު ކައިހުސްކޮށްފައި، ގޮތް ހުސްވީމަ ކުރާކަންކަން މިހުންނަނީ. ސަރުކާރު ހިންގަން މިޖެހެނީ ރައްޔިތުން ޖޫރިމަނާ ކޮށްގެންނާއި ޑިމާންޑްބޮޑު ތެޔޮފަދަ ތަކެތީގެ އަގުބޮޑޫކޮށްގެން. ސާބަސް ކަލޭމެންނަށް. މިއޮތީވާ ސަރުކާރެއް.

    16
    2
  7. ކޮރަލް

    ބިދޭސީން ނާ ޑްރަގް މައްސަލަ ހައްލު ނުކޮށް ވައުދު ފުއްދަން އެއްޗެހީގެ އަގު ބޮޑު ކޮށް އާއްމު ރައްޔިތުން ހަނާ ކުރަނީ އެވެ.

    17