"ލިބޭ އޮންލައިން" އިން، ހަތް މިނެޓުން ނަތީޖާ ލިބޭ ކޮވިޑް-19 އެންޓިޖެން ޓެސްޓް ކިޓެއް ވިއްކަން ފަށައިފިއެވެ.
ލިބޭގެ އޮފިޝަލަކު ބުނީ، މި ކިޓު ވިއްކަން ފަށާފައިވަނީ، ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އިންސައްތަ ބޮޑުތަނުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ގިނަބަޔަކު ބައްޔަށް ޓެސްޓް ކުރުމަށް ކިއު ހަދާފައިވާތީ، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކޮށް އެފަރާތްތަކަށް ފަސޭހައިން ގޭގައި ޓެސްޓް ކޮށްލެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.
"މި ކިޓުގެ ސަބަބުން ގޭގައި ކޮވިޑަށް ފަސޭހައިން ޓެސްޓް ކޮށްލެވޭނެ. ހަތް މިނެޓާއި ފަނަރަ މިނެޓާ ދޭތެރޭގައި މި ކިޓުން ނަތީޖާ ފެނިގެންދާނެ،" އޮފިޝަލް ވިދާޅުވިއެވެ.
"ކޮވިސެލްފް" ކިޓު ބޭނުން ކުރަން ޖެހޭ ގޮތް:
އިންޑިއާގެ ކުރިއަރާފައިވާ ބަޔޯޓެކްނޮލޮޖީ ކުންފުނި، "މައިލެބް ޑިސްކަވަރީ ސޮލިއުޝަންސް" އިން އުފައްދާފައިވާ "ކޮވިސެލްފް" ގެ ނަމުން ނަންދީފައިވާ މި ހޯމް ޓެސްޓް ކިޓަކީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް (އައި.ސީ.އެމް.އާރު) އިން ހުއްދަދިން ފުރަތަމަ ޓެސްޓު ކިޓެވެ. އަދި މި ކިޓަކީ ކޮވިޑް-19 ގެ ކުރީކޮޅު ބަލި ދެނެގަންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކިޓެކެވެ.
މި ކިޓާއެކު މަޢުލޫމާތު ކާޑަކާއި، ޓެސްޓު ކުރުމަށް ބޭނުންވާ މާއްދާއެއް ހިމެނޭ ޓިއުބަކާއި، ނޭސަލް ސްވެބަކާއި އެއް ޓެސްޓް ކާޑު އޮންނާނެއެވެ. ޓެސްޓް ކުރަން ފެށުމުގެ ކުރިން ކިޓުގައި އޮންނަ މަޢުލޫމާތު ކާޑު ރަނގަޅަށް ކިޔާލަން ވާނެއެވެ. އަދި ޓެސްޓް ކިޓް ބޭނުންކުރަން ފެށުމުގެ ކުރިން އޭގައިވާ ތަކެތި ބަހައްޓާ ތަން ރަނގަޅަށް ސެނެޓައިޒް ކުރަންވާނެއެވެ. އޭގެ އިތުރުން އަތްދޮވެ ފެންހިއްކުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރަންވާނެއެވެ.
މި ކިޓް ބޭނުންކޮށްގެން ޓެސްޓު ކުރުމަށްޓަކައި އޭގައިވާ ނޭސަލް ސްވެބް، ނޭފަތުގެ އެތެރެއަށް ދެ ސެންޓިމީޓަރާއި ހަތަރު ސެންޓިމީޓަރާއި ދެމެދުގެ ފުންމިނަށް ލެއްވުމަށްފަހު ހަތަރެއް ނުވަތަ ފަސް ފަހަރު މަޑުމަޑުން އަނބުރާލާނީއެވެ. މިގޮތުގެމަތީން ނޭފަތުގެ ދެފަރާތަށްވެސް ސްވެބް ލައްވަން ވާނެއެވެ.
އެއަށްފަހު ސޮލިއުޝަން އެކުލެވޭ ޓިއުބުގެ ތެރެއަށް މި ސްވެބް ލާނީއެވެ. ސޮލިއުޝަން ޓިއުބަށް ސްވެބް ލާއިރު، ނޭފަތަށް ލައްވާކޮޅުގައި އަތްނުލުމަށް ސަމާލުކަން ދޭންވާނެއެވެ. އެއަށްފަހު ސްވެބްގައި ރަނގަޅަށް ސޮލިއުޝަން ހޭކެންދެން ތަޅުވާލުމަށްފަހު، ޓިއުބުގެ މަތިޖެހޭ ހިސާބުން ބިންދާލައި ޓިއުބުގެ މަތިޖަހައި ބަންދުކުރާނީ އެވެ. ދެން ޓިއުބުގައިވާ ސޮލިއުޝަން އިން ދެ ތިކި، ޓެސްޓިންކާޑަށް ޖައްސާލުމުން ކުޑައިރުކޮޅެއް ތެރޭގައި ނަތީޖާ ދައްކައިދޭނެއެވެ. ޢާންމު ގޮތެއްގައި 5 މިނެޓާއި 7 މިނެޓާއި ދެމެދު މި ޓެސްޓުގެ ނަތީޖާ ދައްކައިދޭނެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ 15 މިނެޓުވަންދެން މަޑުކުރުމެވެ. އަދި ނަތީޖާ ނުފެނި 20 މިނެޓަށްވުރެ ގިނައިރު ވެއްޖެނަމަ އަލުން ޓެސްޓް ހަދަން ވާނެއެވެ. އެއްފަހަރު ބޭނުންކޮށްފައިވާ ކިޓަކުން ދެވަނަ ފަހަރަށް ޓެސްޓް ނުކުރެވޭނެއެވެ.
ޓެސްޓް ކާޑުގައި ކޮންޓްރޯލް ލައިން (ސީ) އަދި ޓެސްޓް ލައިން (ޓީ) އަކުރު ހިމެނޭ ފާހަނގައެއް ވާނެއެވެ. މީގެ ތެރެއިން ނަތީޖާ ދައްކާއިރު، ހަމަ އެކަނި (ސީ) ގެ ނިޝާން ފެންނަ ނަމަ އޭގެ މާނައަކީ ނަތީޖާ ނައްސި (ނެގެޓިވް) ކަމެވެ. އަދި ކާޑުގައި ހިމެނޭ (ސ) އަދި (ޓީ) މި ދެ ނިޝާން ފެންނަނަމަ، ނަތީޖާ ފައްސި (ޕޮޒިޓިވް) ވީއެވެ.
މި ކިޓް ބޭނުންކުރުމަށްފަހު ރައްކާތެރިކަމާއެކު އޭގައިވާ ތަކެތި ނައްތާލުމަކީވެސް މުޙިންމު ކަމެކެވެ. މިގޮތުން ޓެސްޓް ކޮށް ނިމުމުން ކިޓުގައި ބޭނުންކުރި އެންމެހާ ތަކެތި އަޅައި ބަންދުކުރުމަށް ޚާއްސަ ޑިސްޕޯސަބަލް ކޮތަޅެއް އޮންނާނެއެވެ. އެހެން މީހުންގެ ރައްކަލަކަށްޓަކައި، މިކޮތަޅަށް ކިޓުގެ އެންމެހައި ތަކެތިއެޅުމަށްފަހު ޑަސްބިނަށް ލުމަށް ސަމާލުކަން ދޭންވާނެއެވެ.
"ކޮވިސެލްފް" ކިޓް އަކީ އެހެން ކިޓްތަކާއި އަޅާބަލާއިރު ޔަގީން ނަތީޖާ ދައްކައިދޭ ކިޓަކަށްވާއިރު، މި ކިޓުން ކުރާ ފުރަތަމަ ޓެސްޓް ފައްސި ކަމަށް ދައްކައިފިނަމަ އިތުރު ޓެސްޓެއް ނުހަދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މި ކިޓް އުފައްދާ ކުންފުނިން އިރުޝާދުދެއެވެ.
"ކޮވިސެލްފް" ރެޕިޑް އެންޓިކެން ޓެސްޓިން ކިޓަކީ އިންޑިއާގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މިހާރު ބޭނުންކުރަމުން އަންނަ ކްއެލިޓީ ރަނގަޅު، ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ކިޓެކެވެ.
"ކޮވިސެލްފް" ކިޓާއި ބެހޭ މަޢުލޫމާތު ހޯދުމަށާއި، މި ކިޓު ގަންނަން ބޭނުންވާ ފަރާތްތަކުން ލިބޭގެ ފޭސްބުކު ޕޭޖަށް މެސެޖު ކުރުމަށް ނުވަތަ 9759452 ނަންބަރަށް ގުޅުއްވުމަށް "ލިބޭ" އިން އެދެއެވެ. "ލިބޭ" އިން މި ކިޓަށް އޯޑަރު ކުރުމުން މާލެ ސަރަޙައްދުގައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ރަށްރަށުން އޯޑަރުކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ.
ތި ޜެޓު ކިޓު އިން ޕޮޒިޓިވު މީމަ ކިހިނެތް ހަދަނީ؟ އެޗުޕީއޭ އަށް އަންގަން ޖެހެނެތަ؟
ކިތައް ހާސް ރުފިޔާ އަށްތޯ މިކިޓް ގަންނަން ލިބެނީ ؟
މި ކިޓުގެ އަގުވެސް ޖަހާލިނަމަ
މިގޮތަށް ޓެސްޓް ކުރީމަ ކޮންތާކުން މިނަތީޖާ ގަބޫލްކުރަނި
އެޗްޕީއޭ އެޕްރޫވް ކުރާ ކިޓެއްތަމީ؟