މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ މިދިޔަ އަހަރުކަމަށް އެ ކުންފުނީގެ މާލީ ބަޔާނުން ދައްކައިފިއެވެ.
އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއާއެކު 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ނަތީޖާ މިއަދު ވަނީ ކުންފުނީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.
އެ ކުންފުނީގެ މިދިޔަ އަހަރުގެ ޖުމްލަ މާލީ ނަތީޖާ ދައްކާގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ ހަތަރުވަނަ ކުއާޓާގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާއިރު ހަތަރުވަނަ ކުއާޓާގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 66.51 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި 408.76 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 98.77 މިލިއަން ރުފިޔާއެވެ.
2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ވަނީ 264.45 މިލިއަން ރުފިޔާ ލިބުނެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި 1.36 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނީ 220.75 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ރިކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، އޭގެ ކުރީ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއި އަޅާ ބަލާއިރު ދައްކަމުގައި ވިޔަސް މުޅި 2021 ވަނައަހަރުގެ ޖުމްލަ ނަތީޖާއަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަމަށް އެމްޓީސީސިން ބުންޏެވެ.
މިދިޔަ ހަތަރުވަނަ ކުއާޓާގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ހަތަރުވަނަ ކުއާޓާގައި ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއިއެކު އެ ކުންފުނިން ހިންގާފައެވެ.
އެގޮތުން އެކި މަރުހަލާގައި ޖުމުލަ 103 މަޝްރޫއެއްގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުންނެވެ. މި ކުއާޓަރގެ ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތް ވަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އަދި އަށް ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަޓާގައި ވަނީ ފެށި، 18 މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުންދާނެ ކަމަށެވެ.
އަދި ވިޔަފާރިތަކަށް ގެންނަންޖެހޭ ބަދަލުތަށް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރާނެ ކަމުގެ ޔަގީންކަން އެމްޓީސީސިން ވަނީ ހިއްސާދާރުންނަށް އަރުވާފައެވެ.
އީޖާދީ ތަރައްގީއަށް ހިތްވަރުދިނުމާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާހުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގައިވެސް ކުންފުނިން ބުންޏެވެ.
ހިއްސާދާރުންނަށް ކެހި
ބޯނަސް ވީ ކޮންތާކު. ޏުލިބޭ.
ފައިދާ ލިބޭނީ ބަޔަކު މީގެކުރިން ކޮށްފައިވާ ހިކުމަތްތެރި ކަމުން ދެއްތޯ. މިސާލަކަށް މަހާޖައްރާފް...
ރަނގަޅު ކަންކަން ފެންނަލޯތައް މަދުވާނެ ކޮމެންޓްކުރާކަށް ބޭނުމެއްނުވާނެ ހިންގުންތެރި ވިސްނުންހުރި ވެރިންފެނުނީމަ ފޫހިވާނެ ވޭތުވެދިޔަތަނުގެ ވާހަކަދައްކަން ނުރުހޭނެ އެހެންބައެއްގެ މަސައްކަތުން ރަންރިހި ހޯދިޔަސް ހެޔޮނިޔަތަކުން ބަލާވެސް ނުލާނެ އިންސާނުންގެ އާދަ
އެމްޓީސީސީ އިން މަސައްކަތް ތިޔަކޮށްދެނީ ހިލޭއެއްނު އެއްބިލިއަން ރުފިޔާގެ މަސައްކަތްކޮށްގެން 150 މިލިއަން ފައިދާއަށް އެހެންތާ ވާނީ ގާތްކުދިންގެ ވެހިކަލްތަށް ބޮޑުކުލީގަ ނަގައިގެން އެމީހުން މުއްސަނދިކޮށްދީފަ ކުންފުއްޏަށް މިއޮންނަނީ ކުރާމަސައްކަތުގެ ޕޮކެޓްމަނީއެއް
ފާއިދާ ލިބުނީ ކޮންދާއިރާއަކުންތޯ ވިއްކިއެއްޗެއް ކުރިމަސަތްކަތެއްއެގުނީމައެގޭނެ ތިވާއެއްޗެއް އާފެކްޓަރީއެއްނުހިންގާ ބުރިޖެއްނައަޅާ ދެންކޮންކަމެއްކޮއްގެންތޯ. ފަޅުކޮނުމާ ބަނދަރުހެދުމުން ލިބުނުފާއިދާއެއްނަމާ މިހާރު ތިބިބައެއްގެކަމެއްނޫން ތިހުރިހާކަމެއްކުރީ ކުރީސަރުކާރުން ކުންފުނިކުރިއެރުވުމައްކުރިމަސަތްކަތުގެ ނަތީޖާ ދެންވީމިހާރުތިކުންފުނިހިންގަން ހުރިމީހާއައް ރިޔާސީއިންތިހާބު ތަބަކަތްލާފަދޭން އޭނަމޮޅުކަމުން.
މިސަރުކާރަށްވަނީ ހުސްފައިދާ އެކަމަކު ސްކޫލްތައް ބިކަވެ އެއްވެސް އެއްޗެއްުނުލިބިފަ.
ކުރީ ސަރުކާރުން ގެނައި ބަދަލުގެނަތީޖާ މި ފެންނަނީ
ކޮބާތޯ ދެން ރައްޔިތުންގެ ހިއްސާ ..މިވީކިހިނެއް..
ހިއްސާއަކަށް 3 ރުފިޔާ ލިބުނީމާ ފައިދާ ލިބިއްޖެކަން އެގިއްޖެތާ؟!!!! 2014 ވަނައަހަރު ހިއްސާއަކަށް 6 ރުފިޔާ ، 2015 ވަނަ އަހަރު ހިއްސާއަކަށް 13 ރުފިޔާ ، 2016 ވަނައަހަރު ހޖިއްސާއަކަށް 16 ރުފިޔާ ، 2017 ވަނަ އަހަރު ހިއްސާއަކަށް 29 ރުފިޔާ . ކުފޫ ހަމަނުވަ ވާހަކަދައްކައިގެން މެޑެލް ނުޖައްސަވާ އޯކޭއެއްނު؟
ދައުލަތުން ލާރި ބަހަންޏާ ތިޔަހެން ވެދާނެ.