އެޕަލް ބްރޭންޑްގެ އުފެއްދުންތައް އެއްތަނަކުން ލިބޭނެ ގޮތަށް "އެޑް-އޮން ސްޓޯރ" އިން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފިއެވެ.

ރޭ ހުޅުމާލޭގެ މި ފިހާރަ ހުންނަ ސަރަހައްދުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވާދިނީ މިހާތަނަށް އެޑް-އޮން ސްޓޯރއިން އެންމެ ގިނައިން ވިޔަފާރިކޮށްފައިވާ އެއް ކަސްޓަމަރުކަމުގައިވާ އަޙްމަދު ޙަނީފްއެވެ.

"އެޑް-އޮން ސްޓޯރ"ގެ ހުޅުމާލޭގެ ފިހާރަ ހުޅުވާދެނީ: ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ މަޝްހޫރު ގެސްޓް ހައުސް "ކްލިއަރ ސްކައި" ކުރިމަތީގައި ހުޅުވި މި ފިހާރައަކީ އެ ކުންފުނީގެ ދެ ވަނަ ފިހާރައެވެ. އެ ކުންފުނީގެ ފިހާރައެއް މާލޭގައި މީގެ ހަތަރު އަހަރު ކުރިން ހުޅުވިއިރު، އެ ފިހާރަ ހުންނަނީ ޗާންދަނީ މަގުގައެވެ.

"އެޑް-އޮން ސްޓޯރ" ގެ ހުޅުމާލެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

މި ފިހާރަ ހުޅުވި ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި، ބިދަބިން ބޮޑު ބެރު ގްރޫޕްގެ ހަރަކާތްތަކެއް ވަނީ ފެނިގެންގޮސްފައެވެ.

ރޭ އެ ފިހާރާ ހުޅުވި ވަގުތު ގިނަ ބަޔަކު އެތަނަށް ދިޔައެވެ. އެތަނަށް ދިޔަ އެންމެންގެ މެދުގައި ވަގުތުން އިނާމު ލިބޭ ލަކީޑްރޯއެއް ކުރިއަށް ގެންދިޔައެވެ.

އެ ލަކީޑްރޯގެ އެއް ވަނަ އިނާމެއްގެ ގޮތުގައި ދީފައި ވަނީ އެޕަލް ހޯމްޕޮޑެކެވެ. އެ ނަސީބުވެރިޔާއަކީ އައިޝަތް އިޝާން އަހުމަދުއެެވެ. އޭނާއަށް އިނާމް ހަވާލުކޮށްފައި ވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލުސް އަބްދުﷲ ނަވާޒްއެވެ.

"އެޑް-އޮން ސްޓޯރ" ގެ ހުޅުމާލެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައިި ކުރިއަށްދިޔަ ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމް ދެނީ : ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

ދެ ވަނަ އަށް ދިޔަ ނަސީބުވެރިޔާ އަށް ދީފައި ވަނީ މާސްޓަ އެންޑް ޑައިނަމިކް ހެޑްފޯނެކެވެ. އެ ނަސީބުވެރިޔާއަކީ ފަޒީލް އަހުމައެވެ. އޭނާއަށް އިނާމް ހަވާލުކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑް ސެންޓަރގެ ހެޑް އަބްދުﷲ އަލީމްއެވެ.

"އެޑް-އޮން ސްޓޯރ" ގެ ހުޅުމާލެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައިި ކުރިއަށްދިޔަ ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމް ދެނީ : ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

ތިން ވަނަ ނަސީބުވެރިޔާއަށް ދީފައި ވަނީ އެޕަލް އެއާ-ޕޮޑެކެވެ. އެ ނަސީބުވެރިޔާއަކީ ސުވައިދާ އަބޫބަކުރުއެވެ. އޭނާއަށް އިނާމް ހަވާލުކޮށްފައި ވަނީ އެމްއެފްއެލްސީގެ ބިޒްނަސް ޑެވެލޮޕްމެންޓްގެ މެނޭޖަރ ހުސައިން އިބްރާހިމްއެވެ.

"އެޑް-އޮން ސްޓޯރ" ގެ ހުޅުމާލެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައިި ކުރިއަށްދިޔަ ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމް ދެނީ : ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

މި ތިން ނަސީބުވެރިިންނަށް ވަނީ މަޝްހޫރު ދިވެހި މިއުޒިކް އެޕް، ލަވަފޮށީގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ދީފައެވެ.

އެޑްއޮންސް އިން ބުނީ، ހުޅުމާލޭގައި އެ ނަމުގައި އާ ފިހާރައެއް ހުޅުވީ ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅު ހިދުމަތެއް، މިހާރަށްވުރެ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އެޑް-އޮން ސްޓޯރ" ގެ ހުޅުމާލެ ފިހާރައިގެ އެތެރެ : ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

އެޑް-އޮން ސްޓޯރުން މައުލޫމާތު ދިންގޮތުގައި، އެ ކުންފުނީގެ މާލެ ފިހާރައެކޭ އެއްގޮތަށް އެތަނުން އެމް.އެފް.އެލް.ސީ، އެމް.އައި.ބީ އަދި ބީ.އެމް.އެލްގެ ޙާއްސަ ފައިނޭންޝަލް ސްކީމްތަކަށް ވަގުތުން މުއާމަލާތުކުރެވޭނެއެވެ. މީގެ އިތުރުން ފޯނު ކޯލު މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓަތަށް އޯޑަރުކުރެވޭނެ ގޮތް ހަދާފައިވާއިރު، ހޯމް ޑެލިވަރީ ސާވިސް އާއި ގޭގައި ހުރެގެން ޕޭމަންޓް ހެދޭނޭ ގޮތް ވެސް އައު ފިހާރައާ އެކު ފެށިގެންދާނެކަމަށް އެޑް-އޮން ސްޓޯރއިން ބުނެއެވެ.

"އެޑް-އޮން ސްޓޯރ" ގެ ހުޅުމާލެ ފިހާރައިގެ އެތެރެ : ވަގުތު އިމޭޖްސް - މުހައްމަދު ޖިމީ

އެޑް-އޮން ސްޓޯރއިން ބުނިގޮތުގައި، ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ރާއްޖޭގެ މާކެޓަށް އައު، އެހެންނަމަވެސް ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ބްރޭންޑްތަކެއް އެކުންފުނިން ތަޢާރަފުކުރާނެއެވެ.

އެޑް-އޮން ސްޓޯރަކީ އެޕަލް އޮރިޖިނަލް އުފެއްދުންތަކަށް ޙާއްސަކޮށްގެން މާލޭގައި ހުޅުވި ފުރަތަމަ ފިހާރަކަމަށްވީ ނަމަވެސް އަލަށް ތަޢާރަފްކުރެވޭ ބްރޭޑްތަކާއެކު، އެޑް-އޮން ސްޓޯރއިން އެޕަލް ބްރޭންޑެކޭ އެއްގޮތަށް އެންޑްރޮއިޑް ޑިވައިސްތަކަށްވެސް އެސެސަރީސް ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވގތ

    ޕްރޫފް ރީޑް ކޮށްލާނެ މީހަކު ނުހުންނަނީތަ؟

  2. ޓޮމާޓޯ

    ހެސްކިޔާފަ އަގުބޮޑު ތަނެއް....

  3. ޑިމޮކްރަޓިސްޓް

    ހައްދުފަހަނަ އަޅާފަވާ އިންތިހާ އަގުބޮޑުތަނެއްތީ! ދެންމާ އޮރިޖިނަލްވެފަ! އެހެން ނަންމަޝްހޫރު ފިހާރަކަލުންވެސް ވިއްކަނީ ހަމަ ތި އޮރިޖިނަލް! ވޮރަންޓީ ނަގަންޏާއެކަނި އިތުރަށް ޗާޖުކުރަނީ! ތިމީހުންހިފަހަށްޓަނީ އުރީދޫއާއި ދިރާގަށް ފޯނު ވިއްކައިގެން! ދެމީހުންވެސް ފައިދާލާފަ އަހަރުންއަތަށް މި ފޯނުއަރަނީ!

  4. ހަހަހަހަ

    ސުވޭދާ އަބޫބަކުރު ދޯ. ހަހަހހަހަހ