އުރީދޫގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މިއަދު އިންޓަނެޓް ބޭނުންކުރުމަށް ދަތިތަކަކާ ދިމާވެދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ، އުރީދޫއަށް އިންޓަނެޓް ފޯރުކޮށްދެމުން އަންނަ އިންޓަނޭޝަނަލް ކުންފުނީގެ ނެޓްވޯކް މިއަދު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސައްކަތެއް ކުރިއަށް ދާތީ މިއަދުގެ އެކި ވަގުތުތަކުގައި އިންޓަނެޓް ކެނޑުން އެކަށީގެންވާ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އަދި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުރީދޫން ބުންޏެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އުނދަގުލަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.