ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާއި ސަރުކާރުން މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ވިލާގެ ސޮއިކުރެއްވީ ވިލާ ކުންފުނީގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގަން ވިލާ އެއާއާ އެކު 50 އަހަރަށް ހަދާފައިވާ އެއްބަސްވުން 2017 ގައި ސަރުކާރުން ބާތިލުކުރި ގޯސްކޮށް ކަމަށް މޭ މަހު ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އަލުން ވިލާ އާއި އެއާޕޯޓް ހަވާލު ނުކުރެވި އޮތީ ވިލާއަށް ބަދަލުގައި ލިބެން ޖެހޭ ކަންކަން ނުނިމިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ބުނެފައެވެ.

ވިލާ އިން ކުރިން ބުނެފައި ވަނީ އެއާޕޯޓާއި ހަވާލު ވެވޭނީ އެއާޕޯޓްގެ އިތުރުން ފަޅު ރަށެއް ރިސޯޓް ހަދަން ދިނުމުން ކަމަށެވެ.

ނަމަވެސް މިއަދު އެއްބަސްވުމުގައި ސޮއި ކުރީ ވިލާއަށް ބަދަލުގެ ގޮތުގައި ކޮންކަންކަމެއް ފުރިހަމަ ކޮށްދޭން ސަރުކާރުން އެއްބަސްވެގެން ކަމެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ކާޑެއްދޫ އެއާޕޯޓާ ވިލާއިން ރަސްމީކޮށް ހަވާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމަކާއި ގާސިމް މިއަދު އެއާޕޯޓަށް ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޮލި މުލައް

    ބަލަ ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތުން ތިތާ އިންނަންވާނީ ނަހުލާއެއްނު

  2. ދޯދި

    ގާސިމް އާ އިނޑިޔާ އައުޓް

    14
    • ޙައްގުބަސް

      މިއީ މިރާއްޖޭގެ ގާރޫނު!! މީނާ ދިމާކޮށްފައިމިވަނީ މުޅި އުމުރުގައި ދިވެހި ރައްޔިތުންގެ ފައިސާ ދަވާލުމުގައި!! ދިވެހި ރައްޔިތުންގެ ރަށްތަކާއި ފަޅުތަކާއި ގިރިތައް “ނަހަލާލުން” މީނާގެ މިލްކިއްޔާތަށް ބަދަލުކުރުމުގައި!! މިއީ މިރާއްޖެ ހަލާކު ކުރުމުގެ އެންމެ އިސް އެއް މޭސްތިރި!! މީނާ މީ ކޯޓްތަކުގެ ފަނޑިޔާރުންނަށް ފައިސާއިން ނުފޫޒް ފޯރުވާ މީނާ ބޭނުންވާގޮތަށް ކަންކަން ބަދަލުކޮށް ފަނޑިޔާރުގެތައް ޚަރާބު ކުރުމުގައިވެސް އިސްރޯލެއް އަދާކޮށްފައިވާ އެންމެބޮޑު މީހާ!! ގާރޫނުގެ ނިމުން ހިތިވާނެ!!

  3. ޢަންނި

    ބަހާ ހުސްކޮއްފި، 2023ގަ އެބަޖެހޭ މި މީހުން މި ހޭވި ހުރިހާ ހަޑިއެއް ފިލުވަން

    13
  4. ސަޓޮ

    މި މީހާ މަޑުން އެހުންނަނީ އަމަށަކް އެއްޗެހިތަކެއް ދޭތީއެއްނޫން

    12
  5. ރާއްޖެތެރެ

    ޑޮލަރުގެ ދަހިވެތިކަމުގަ އިންޑިޔާއާ ބަޔަތު ހިފިމީހުންނަކީ ރައްޖޭގެ ދުޝްމަނުން

    12
  6. ހުއްބު

    ހިތް ފުރޭނެބާ މިވަރުން؟

    12
  7. ެެނޫ މެެން

    ޓުރާންސްޕޯރޓު މިނިސްޓުރީގެ ފަރާތުން އެއިނީ ކާކު.

  8. Anonymous

    ސަރުކާރު ހިތްހަމަޖެހޭ ގޮތަށް ވޯޓްލާން ޤާސިމް ބުނީ ކީއްވެކަން އެންމެން ދަންނަ ބޮޑު ސިއްރު

  9. ފަޤީރުކޮއި

    މިދިވެހި ޤައުމުގެ ހަލާކު އަމިއްލައެދުމާހެދި ހަލާކުވަނީ ނުގެންދެވޭނެ ދާނީވެސް އެކަނި އައީވެސް އެކަނި