'ލިސްޓީރިއާ މޮނޯސައިޓޮޖެންސް' ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެ އަށް އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ޔޫރަޕުން ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް އަދި ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އަންގާފައިވާ ކަމަށެވެ. އަދި މައްސަލަ ދިމާވެފައިވާ އުފެއްދުންތައް ރާއްޖޭގެ ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

އެމްއެފްޑީއޭ އިން އާއްމުކޮށްފައިވާ ލިސްޓުގައިވާ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަމަށް އެއޮތޯރިޓީން ބުނެއެވެ. އަދި އެތަކެތި ބޭނުން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ތަޣައްޔަރުވެފައިވާ އުފެއްދުންތަކުގެ ތެރެއިން ރާއްޖެ އަށް އެތެރެވެފައިވާ ކާބޯތަކެތި:

ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީގެ ބާވަތްތައް ރާއްޖޭގެ ބާޒާރުގައި ވިއްކާކަން ފާހަގަކުރެވިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    މި ރާއްޖެއިން ތި އީޔޫ އެއްޗިހި ބައިކޮޓުކުރޭ

  2. އަޅުގަނޑު

    އީޔޫއެއް އިބޫ ވެރިކަމަށް އަންނައިރަށް ގޮވާނެ، އަންނކޔަށް ވެރިކަން ހަވާލުކުރަން ދެން ހަދާނީ ކިހިނެއް؟
    ދެކިޔާނީ ކޮންމެވެސް އިންސާފެކޯ އަދުވެރިކަމެކޯ އިންސާނީ ހައްޤުތަކޭ ކިޔައިގެން ޔަހޫދީން ބޭނުވާ ގޮތައް ވެރިކަން ކުރާ މީހާ ރައްޔުތު ކަލޭގެ ނުވަތަ ނަޖިސްގަނޑާ ވެރިކަން ހަވާލުމުރާނީ ދޯ؟
    އިބޫ 5 އަހަރު ހަމަނުވަނީސް ވެރިކަން އަންނިޔާ ހަވާލު ނޮކޮންފިއްޔާ ފަޑުލޫނަށް ނުވަތަ ސޯޓައްް ސީލެވޭނެ އެއީ އީ ޔޫއިން ނޮގޮވާނެބާ؟

    އެއްޖެއް ކަޅެއް ގަންނާނެބާ؟

  3. އިބޫ ހުޅުމާލެ

    ޔަންގޭ މެންނަކަށް ނޭގޭނެ... އެއްވެސް އޮޕަރޭޝަނެއް ނުހުއްޓޭނޭ ހަމަ އޮފް ޑިއުޓީގަ ގޮއްސައި ވޯޓުލެވޭނެ ވޯޓުލާފައި އޮންނާނީ ފާއިތުވި 3-2 އިންތިހާބުގަވެސް....