"ޒިއޯން މޯބައިލް”ގެ އާ ޝޯވ ރޫމް މަޖީދީ މަގުގައި ހުޅުވައިފިއެވެ.

މަޖީދީ މަގު، މާފަންނު ރޮމްބަސްގައި ހުންނަ ޝޯވރޫމް ހުޅުވާދެއްވީ ދަމާސްގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސޯލިހުއެވެ. ޒިއޯން މޯބައިލްގެ ޝޯވރޫމް ހުޅުވާފައި ވަނީ ހާއްސަ ސާވިސް ސެންޓަރާކާއެކުއެވެ.

ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާއެކު ޒިއޯން މޯބައިލްގެ ޝޯވރޫމް މިރޭ ހުޅުވިގެންދިޔައިރު، އެ ފިހާރައިން ދުނިޔޭގެ މަޝްހޫރު ފޯން ބްރޭންޑްތަކުގެ އެކި ފޯންތަކާއި އަދި އެކި އެސެސަރީސް ލިބެން ހުންނާނެއެވެ.

"ޒިއޯން މޯބައިލް" ގެ ބޮޑު ޝޯވރޫމް – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
"ޒިއޯން މޯބައިލް" ގެ ބޮޑު ޝޯވރޫމް – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މިރޭ ޒިއޯން މޯބައިލްގެ ޝޯވރޫމް ހުޅުވުމަށްފަހު އެ ފިހާރައަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ލަކީޑްރޯގައި ބައިވެރިވި މީހުންގެ ތެރެއިން ހޮވި ނަސީބުވެރިޔާއަށް ދީފައި ވަނީ އެމްއައި ނޯޓް 3ގެ ފޯނެކެވެ.

ޒިއޯން ކުންފުނީގެ އެމްޑީ ރަފީއުއްދީން ވިދާޅުވީ، މިރޭ ހުޅުވި ފިހާރައިން އެމްއައިގެ ހުރިހާ ވައްތަރެއްގެ ފޯންތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން، ވާވޭ ލެނޯވާ އައިފޯން އަދި ސެމްސަންގގެ ފޯންތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒިއޯން މޯބައިލް" ގެ ބޮޑު ޝޯވރޫމް – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
"ޒިއޯން މޯބައިލް" ގެ ބޮޑު ޝޯވރޫމް – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ރަފީއުއްދީން ވިދާޅުވީ، މިރޭ ހުޅުވިގެން ދިޔަ ޝޯވރޫމްގައި ސާވިސް ސެންޓަރެއްވެސް ގާއިމްކޮށްފައިވާނެ ކަމަށާއި، އެތަން ހިންގުމަށް ހަވާލު ކުރާނީ ބޭރުގެ ބަޔަކާއި ކަމަށެވެ. އަދި އެ ސާވިސް ސެންޓަރުގެ ހިދުމަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ ދަށުން ހިންގާ އިތުރު ފިހާރައެއް މަޖީދީ މަގުގެ ޕިއްޒާ ބޯނާ ކައިރީގައިވެސް ދަނީ ހިންގަމުންނެވެ. އެތަނުގައިވެސް ގިނަ ބްރޭންޑްތަކުގެ އެއްޗެހި ލިބެން ހުންނާނެއެވެ.