އަނގައިން ނުބައި ވަސް ދުވުން ނުވަތަ ހެލިޓޯސިސް އަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އާންމުކޮށް މިއީ ދަތްތައް ރަނގަޅަށް ނުއުނގުޅުމާއި އަނގައިގެ އެތެރެ ރަނގަޅަށް ސާފު ނުކުރެވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިހެން އޮތް ނަމަވެސް ބައެއް މީހުން ކިތަންމެ ގިނައިން ދަތް އުނގުޅާ ސާފު ކުރި ނަމަވެސް މި މައްސަލަ ދިމާވާ މީހުންނެވެ. އެފަދަ މީހުން އެހެން މީހުންގެ ތެރެއަށް ނިކުމެ އުޅެން ޖެހިލުންވެ ނުތަނަވަސްކަން އިހްސާސް ކުރެވޭ ފަހަރު އާދެއެވެ. ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކާއި ބައްދަލުވެ، މުއާމަލާތު ކުރެވެމުންދާއިރު، އެހެން މީހުންނަށް ތިމާގެ އަނގައިން ނުބައިވަސް ދުވާކަން ފާހަގަވާކަށް އެއްވެސް މީހަކު ނޭދޭނެއެވެ.

ސާފުތާހިރު ވުމާއެކު އަނގައިން ނުބައިވަސް ދުވުމަށް ހައްލު ހޯދައިދޭނެ ގިނަ އުފެއްދުންތަކެއް މިހާރު ތައާރަފްވެ، ފިހާރަތަކުންނާއި ވިޔަފާރީގެ އެކި ޒަރިއްޔާތަކުން ލިބެން އެބަހުއްޓެވެ. އެކަމަކު، އެ އުފެއްދުންތަކުގެ ތެރެއިން ވެސް އެކަށީގެންވާ ނަތީޖާއެއް ނެރެދެވެނީ މަދު އުފެއްދުމަކަށެެވެ. އަދި ބޭނުންވާ ނަތީޖާ ދައްކައި ދިން ނަމަވެސް އެ އުފެއްދުންތަކުގައި ބާރުގަދަ، ގެއްލުންދެނިވި މާއްދާތައް އެކުލެވިގެންވާތީ ސިއްހީ މައްސަލަތަކާއި ކުރިމަތިވާ ފަހަރުވެސް މަދެއް ނޫނެވެ. އެހެންކަމުން އަނގައިން ނުބައިވަސް ދުވުމަށް ހައްލެއް ހޯދުމުގެ ގޮތުން އުފެއްދުމެއް ހޯދާއިރު، ރައްކާތެރި އުފެއްދުމެއް ހޯދުން ބުއްދިވެރިއެވެ.

އަނގައިން ނުބައިވަސް ދުވުންފަދަ މައްސަލަތަކަށް އެންމެ ރަނގަޅީ ގުދުރަތީ ޙައްލެއް ހޯދުމެވެ. ދުނިޔޭގައި ގިނަ ބަޔަކު އިތުބާރު ހޯދާފައިވާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުން އެންމެންނަށްވެސް ހޯދައިދިން ހައްލަކީ އެއީއެވެ.އަނގައިން ނުބައިވަސް ދުވުމުން ފަށައިގެން، ދަތްތަކުގައި އެތައް ދުވަހެއް ވަންދެން އަށަގެންފައި ހުންނަ، އެތައް ދުވަހެއްގެ މަސައްކަތުންވެސް ފިލުވާނުލެވިވާ ޖަރާސީމު މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބޭހުން ފިލުވާލައެވެ. އަދި ހީވެސްނުކުރާހާ ރަނގަޅު ނަތީޖާއެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދެއެވެ.

ހާއްސަކޮށް "ސްޕާކަލް - ނެޗުރަލް ހިމާލަޔަން ޕިންކް ސޯލްޓް" އަކީ އަނގައިން ނުބައިވަސް ދުވުން ހުއްޓުމަކަށް ގެނައުމަށް އެންމެ ބޭނުންތެރި ގިނަ މާއްދާތައް ހިމަނައިގެން އުފައްދާފައިވާ ރާއްޖެއިން މިވަގުތު ލިބޭ އެންމެ އިތުބާރު ހިފޭ އެއް އުފެއްދުމެވެ.

 

ނެޗުރަލް ހިމާލަޔަން ޕިންކް ސޯލްޓް ބޭނުން ކޮށްގެން އުފައްދާފައިވާ މި ބޭހުގައި ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، މެގްނީޒިއަމް އަދި ދަގަނޑު ފަދަ މިނަރަލްތައް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މީގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމާއި އެނޫންވެސް ގެއްލުންދެނިވި، އަދި އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ ބައިތައް ދުވަސްކޮޅެއްގެ ތެރޭގައި ފިލުވާލައެވެ.

މީގެއިތުރުން، މި ބޭހުގައި އެކުލެވިގެންވާ މާއްދާތަކުގެ ސަބަބުން ކޮފީ ބުއިމުގެ ސަބަބުން ދަތްތައް ރީނދޫވުމުން ދުރުކޮށްދީ، ހުރަގަނޑު އިތުރަށް ވަރުގަދަ ކޮށްދެއެވެ.

"ސްޕާކަލް" ބްރޭންޑުގެ "ނެޗުރަލް ހިމާލަޔަން ޕިންކް ސޯލްޓް" މިހާރު ރާއްޖޭގައި ހެޔޮ އަގުގައި ވިއްކަމުންދާއިރު، މި ބޭސް ލިބެން ހުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ "ލިބޭއެމްވީ" އިންނެވެ. "ލިބޭއެމްވީ"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިހާރު މި ބޭސް ބައްލަވައިގަތުމުގެ ފުރުސަތު އޮތްއިރު، މި ބޭހާއި "ލިބޭއެމްވީ" އިން ވިއްކާ އެނޫންވެސް އުފެއްދުންތަކަށް އޯޑަރުކޮށް، އޭގެ މައުލޫމާތު، 9759452 ނަމްބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ. މާލެ ސަރަޙައްދުން މި ޕްރޮޑަކްޓުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ލިބޭއެމްވީ އިން މި އުފެއްދުން ވިއްކަމުންދަނީ 120 ރުފިޔާއަށެވެ.