އިތުރު 21 ފަޅު ރަށެއް ވަރުވާއަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ވަރުވާއަށް ދިނުމަށް ނިންމާފައިވަނީ ހއ. އިން ފެށިގެން ފ. އަތޮޅާ ދެމެދު ހުރި ބައެއް އަތޮޅުތަކުގެ ރަށްތަކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިރަށްތަކުގެ ބިޑްފޯމް ވިއްކާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އެ މިނިސްޓްރީން ކަމަށެވެ.

ބިޑް ފޯމެއްގެ އަގަކީ 20 ރުފިޔާއެވެ.

އަދި ޕްރޮސެސިސް ފީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ން 9ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 ން 12:00 އަށެވެ.

ވަރުވާ އަށް ދޫކުރާ ރަށްތައް

މ. މާޅަވެލި (އާވެލި) (1.00 ހެކްޓަރ)
މ. ދިއްތުޑި (15.78 ހެކްޓަރ)
މ. ގޮންގަލީހުރާ (1.00 ހެކްޓަރ)
މ. ސީދީހުރާ (1.28 ހެކްޓަރ)
މ. ސީދީހުރާވެލިގަނޑު (3.00 ހެކްޓަރ)
ފ. ކަނޑުމޫނުފުށި (0.84 ހެކްޓަރ)
ފ. އެނބުލުފުށި (1.00 ހެކްޓަރ)
ފ. އަދަންގައު (1.29 ހެކްޓަރ)
ފ. ވިލިނގިލިވަރުފިނޮޅު (0.10 ހެކްޓަރ)
ފ. މަޑިވަރުހުރާ (0.26 ހެކްޓަރ)
ފ. މަގޫދޫބޮޑުފިނޮޅު (0.81 ހެކްޓަރ)
ފ. ދިގުވަރުފިނޮޅު (0.72 ހެކްޓަރ)
ހއ. ކުޑަފިނޮޅު (3.60 ހެކްޓަރ)
ހއ. އުމުރަތްފިނޮޅު (1.09 ހެކްޓަރ)
ހދ. އިންނަފުށި (2.25 ހެކްޓަރ)
ށ. ކުޑަދޫ) 3.60 ހެކްޓަރ)
ރ. ދިއްކުރެއްދޫ (4.00 ހެކްޓަރ)
ޅ. ކަޅުމަންޖެހުރާ (0.70 ހެކްޓަރ)
ކ. އިތާފިނޮޅު (0.24 ހެކްޓަރ)
އދ. ކަޅަހަނދިހުރާ (1.16 ހެކްޓަރ)
ވ. ތުނޑުހުރާ (0.10 ހެކްޓަރ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ބައި އަޅަނި

  2. ބުރާންތި

    ގޫގުލް އިން ބަލާފަ ވަރުވާ އައްދޭން ނެރެފަ އޮތް ލިސްޓް ގަ ހުރި ކިތަންމެ ތަނެއް ގަ ފަސް ކޮޅެއްގެ ހިސާބުވެސް ނެތް

    • ހުދު

      ކޮޮންމެހެން މަޖުބޫރެއްނޫން އިއުލާނެއްކުރާއިރަށް ބޯގަޅާލާކަށް؟