ސްރީލަންކަން އެއާލައިންސްގައި މާލެއިން ލަންކާއަށް ދާ ފަރާތްތަކަށް ހަމަޖެއްސި ހާއްސަ އަގުގައި އަދިވެސް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެ އެއާލައިންސް އިން ބުނެފިއެވެ.

އެ އެއާލައިންއިން މައުލޫމާތުދިން ގޮތުގައި، އެ އެއާލައިންގައި ކޮލަމްބޯއަށް ދާ ފަރާތްތަކަށް ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮކޮށް ޓިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ މުއްދަތު ވަނީ އިތުރުކޮށްފައެެވެ. އެގޮތުން މިހާރުވެސް 254 ޑޮލަރަށް މާލެ-ކޮލަމްބޯ އަދި ކޮލަމްބޯ-މާލެ ދެކޮޅު ޓިކެޓް ލިބޭނެއެވެ.

އެ އެއާލައިން ބުނީ، ބޭރު މީހުންނަށްވެސް މި އަގުގައި ޓިކެޓް ލިބުނު ނަމަވެސް، އެއާޕޯޓް ޓެކްސްއަށް ދައްކަން ނަގާ 26 ޑޮލަރު އެ މީހުންގެ އަތުން ނަގާނެ ކަމަށެވެ.

މި އަގުގައި ލަންކާއަށްދާ ފަރާތްތަކަށް ޓިކެޓް ލިބޭނީ އަންނަ އޮގަސްޓް މަހުގެ 9 ކުރިން ޓިކެޓް ނަގާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކުން ނޮވެމްބަރު މަހުގެ 30 ގެ ކުރިން ދަތުރު ކުރަން ވާނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް އޭސް އޭވިއޭޝަންސް އިންނެވެ.