މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައި، ދިވެހިންނަށް ކޭއެފްސީ ކުކުޅުގެ ރަހަ ދައްކާލައިފިއެވެ.

މިއަދު ހެނދުނު 11:00 ޖެހިއިރު އެތަން ހުޅުވިއިރު، އެތާ ތެރެއިން މީހުން މަދެއް ނޫނެވެ. ގިނަބަޔަކު އެތަނަށް ގޮސް ކޭއެފްސީ ކުކުޅުގެ އަޖުމަ ބަލާލަނީއެވެ. އަދި ގިނަބަޔަކު އެ މީހުންގެ ތަޖުރިބާ މީސް މީޑިޔާގައިވެސް ދަނީ ހިއްސާ ކުރަމުންނެވެ.

އަދި އެތައް ބަޔަކު މީސް މީޑިޔާގައި އެތަނަށް ދާހިތުން ކެތްމަދުވެފައިވާކަަމަށް ދަނީ ބުނަމުންނެވެ.

ކޭއެފްސީ ރަސްމީކޮށް މާލޭގައި ހުޅުވީ މާލޭ ސްކެއާ (ގާކޮށި)ގައެވެ. 120 މީހުންގެ ޖާގައިގެ އެ ރެސްޓޯރެންޓަކީ ކުކުޅަށް ހާއްސަކޮށް މިހާރު މާލޭގައި ހިދުމަތްދެމުން އަންނަ ތިން ވަނަ ރެސްޓޯރެންޓެކެވެ.

މާލޭގައި ކޭއެފްސީ ހިންގާނީ ޕިއްޒާ ހަޓް ވެސް ހިންގާ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ގެމަ އައިލެންޑް ފުޑް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ކިހިނެއްބާ އަގުތައް އުޅެނީ.

    • ހުސޭނުބޭ

      ދެރުފިޔާ..... އެއްރުފިޔާ .... ފަންސަވީސް ލާރި މިފަދަ ހެޔޮ ގޮތަކަށް!

      • މީ

        ދޮގު ހަދާ މީހުނަށް ގެއްލުމާއި ހަލާކް ހުރިކަން ނުދަންނަނީތަ؟

  2. މުހައްމާ

    އަތް ފޯރާ ހިސާބުގައެއްނުން ހުރީކީ

  3. އީޔޫ

    އަގު ބަލާނެ ކަމެއް ނެތެއްނު؟ ތިޔަކު ނުހުންނާނެ އީޔޫއާ ގުޅުމެއްނެތް އެންމެ އެއްޗެއްވެސް އިޒްރޭލާވެސް ގުޅޭނެ. ކަންޏާ ކައި.