ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެންބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ހަތަރު އުމުރު ފުރާއެއްގެ 1،000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު މިދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.

ބީއެމްއެލް ވަވް ކިޑްސް ރަންގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

"މިއީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވަމުންދާ ހާއްސަ ހަރަކާތެއް."ވިދާޅުވިއެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ:

4 އަހަރާއި 6 އަހަރާ ދެމެދު 1.3 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
6 އަހަރާއި 8 އަހަރާ ދެމެދު 2 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
8 އަހަރާއި 10 އަހަރާ ދެމެދު 3 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
10 އަހަރާއި 13 އަހަރާ ދެމެދު 4 ކިލޯ މީޓަރ ދިގުމިނަށް
ބީއެމްއެލް ވަވް ކިޑްސް ރަންގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލްދީފައެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.

މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު