ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ އެމްޔޫ ސްޓޯރުން، ރާއްޖެއަށް ގެނެސް ވިއްކަމުންދާ "ރީގަލް ތައި ބާސިލް ސީޑް ޑްރިންކް" ވެގެން ގޮސްފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލު ކަން ހޯދި މީރު ބުއިމަކަށެވެ.

ކޮންމެ އުމުރެއްގެ މީހުންނާއިވެސް ގުޅޭ މި ބުއިމަކީ މިހާރުވެސް ގިނަބައެއްގެ ފޭވަރޭޓ
ަކަށް ވެފައިވާ ބުއިމެކެވެ. މި ބްރޭންޑްގެ ކޮންމެ ބުއިމެއްގައިވެސް ލާނީ ތަފާތު ރަހަކައެވެ.

އަދި އެއިން ކޮންމެ ބުއިމެއްގެ ތެރެއަށް އަޅާފައި ހުންނަ އިސްޕަގޫލުގެ ސަބަބުން އެ ބުއިމަށް އިތުރު ފުރިހަމަކަމާއި މީރުކަމެއް ލިބިގެން ދެއެވެ.

އަދި މިއީ ކޮންމެ ވަގުތެއްގައިވެސް ބޯލަން ކަމުދާނެ ބުއިމަކަށްވާއިރު، މިއީ މުޅި މީހާ ރީފްރެޝްކޮށްލާ، ކަރުހިއްކުންވެސް ފިލުވާލަދޭ ބުއިމެކެވެ.

އެމްޔޫ ސްޓޯރުން ރާއްޖެއަށް މި ބްރޭންޑްގެ ޕޮމޮގްރެނޭޓް، ކޮކްޓެއިލް، ސްޓްރޯބެރީ އާއި ވައިޓް ގްރޭޕްސް ގެނެސް ވިއްކަމުން ދެއެވެ.

މި ބުއިމަކީ އިސްޕަގޫލުގެ ބާރުގަދަ ނިއުޓްރިއެންޓްތައް އެއްކޮށްގެން ތައްޔާރުކުރާ ވަރަށް ސިއްހަތަށް ރަނގަޅު އަދި މީރު ބުއިމެއްވެސް މެއެވެ.

މީގެ އިތުރުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަގުބޫލުކަން ހޯދާފައިވާ ފަލޫދާގެ މީރު ރަހަތައް ކަމަށްވާ، ވެނީލާ، ސްޓްރޯބެރީ، ރޯޒްގެ އިތުރުން ޗޮކްލެޓް ވައްތަރުތައް ވެސް މި ބްރޭންޑާއި އެކު ރާއްޖެ ގެނެސް ވިއްކަމުން ދެއެވެ.

އަދި މިބްރޭންޑްގެ ފަލޫދާގެ ވައްތަރު ތަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެމްޔޫސްޓޯރުން މައުލޫމާތު ދެއެވެ.