އެންމެ ބޮޑު އުފަލެއް ލިބޭނީ އައްޑޫ ޝަންގްރިއްލާ ރިސޯޓް ހުޅުވުމުން ކަމަށް ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އޮތް ހުރަހަކީ އެކުންފުންޏާއިއެކު ދިވެހި ސަރުކާރުން ވެފައި އޮތް އެގްރިމެންޓް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު ކުރެވިފައި ހުރި އެގްރިމެންޓްތަކުގެ ސަބަބުން ދައުލަތައް ނިހާޔަތައް ގެއްލުންވޭ. (ޝަންގްރިއްލާ) އެގްރިމެންޓް ލިޔެވިފައި އޮތް ގޮތުން މިހާތަނަށް އައިއިރު އަޅުގަނޑުމެން (ދިވެހި ސަރުކާރުން) ޝަންގްރިއްލާއަށް 68 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ. އެމީހުން ނަގާފައިވާ ލޯނުގައި %30 ސަރުކާރުން ބައިވެރިވާން ޖެހޭ. އަޅުގަނޑުމެންނަށް އޮތް ގޮތަކީ އެބޭފުޅުންގެ ހިއްސާ ގަތުން. ނަމަވެސް މަޖިލީހުން ފާސްކޮށްފައި އޮތް މަފްހޫމާއި ހެދި ރަށުގެ ސައިޒްގެ ސަބަބުން ވަރަށް ބޮޑު އަދަދެއް އަރާ. %30 ހިއްސާ ގަތުމަށް 80 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އަރާ. މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަޅުގަނޑުމެން ނުރަސްމީކޮށް ކުރި މަޝްވަރާތަކަށް ފަހު މިހާރު ވާނެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައި."

މައުސޫމް ވިދާޅުވީ މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި ވާނީ ރިސޯޓްތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ބަދަލު ކުރުމަށް ރަނގަޅު ގޮތެއް ކަމަށެވެ. އެގޮތައް ބަދަލު ގެނެވިއްޖެނަމަ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. "ޝަންގްރިއްލާ ހުޅުވުން ވެގެން ދާނީ އައްޑޫ ސިޓީއަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމަކަށް." މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޝަންގްރިއްލާ ބަންދު ކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ފަހުން ޝަންގްރިއްލާ އާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން މީގެ ކުރިން ވަނީ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ބުނެ އެތައް ތާރީޚްތަކެއް ވެސް ދީފައެވެ.

ޝަންގްރިއްލާ އާއި އެކު ރިސޯޓް ހިންގަން ދިވެހި ސަރުކާރުން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެއްކޮށް ޝަންގްރިއްލާ އިން ވެފައިވާ ވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން ރީނދޫ

    ޕައުންޑް ޖީބަށް ވައްދާ ނިމުނީ ތަ. ބޮޑެތި ކަރާ ފަޅާލަން ކެރޭ. އައްޑޫ މީހުން ތިބޭނެ މޮޔަ ހެދިފައި.

    11
  2. މުހައްމަދު އަހްމަދު

    އިބޫ ވިދާޅުވެފައި އޮތީ، އައްޑޫ ރިސޯޓްތަކާއި ރާއްޖެއާ ދުރުކަމުން ދަތިވާކަމަށް. އެހެންވީމާ އައްޑޫ ޖެހޭ ފުރަތަމަ ރާއްޖެއާ ކައިރިކުރަން.

  3. Anonymous

    baraabaru masoom addu moalu varah fseyha vaane hahdhan eki sarukaaru thakun hah dhaafa thibey thaa 50 aharu vanee

  4. ޔަހުޔާ

    އައްޑޫ ރާއްޖެއާ ކައިރިވާން ނެތިއްޔާ އެހެން ގައުމަކަށް އައްޑޫ ފޮނުވާލަން މަށަށް ފެންނަނީ