އެސްޓީއޯގެ ދަށުން ހިންގާ ރާއްޖޭގެ ޝިޕިން ލައިން، އެމްއެސްއެސް އިން އާ ކޮންޓެއިނާ ބޯޓެއް ގަތުމަށް ފަހުގައި އާ ވަޒީފާގެ ފުރުސަތުތަކެއް ބޮޑެތި މުސާރަތަކަކާއެކު އިއުލާނުކޮށްފިއެވެ.

ކޮންޓެއިނާ ބޯޓު އަންނަ މަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު އެސްޓިއޯއިން ހާމަކުރި ގޮތުގައި މި ބޯޓުގެ 12 ވަޒީފާއަކަށް ކުރިމަތިލާން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވަޒީފާތަކުގެ ތެރޭގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ބޯޓުގެ މާސްޓާ އަށެވެ. އެ މަގާމަށް މަހަކު 115،000ރ. ހުށަހަޅާފައިވާއިރު ޗީފް އިންޖިނޭރަކަށް މަހަކު 107،000ރ. އަދި ސެކަންޑް އިންޖިނޭރަށް 92،000ރ. މަހަކު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ހުޅުވާލި ވަޒީފާތައް:

  • މާސްޓާ، މުސާރަ: 115،650ރ.
  • ޗީޕް އިންޖިނިއާ، މުސާރަ: 107،940ރ.
  • ސެކަންޑް އިންޖިނިއާ، މުސާރަ: 92،520ރ.
  • އިލެކްޓްރިޝަން، މުސާރަ: 53،970ރ.
  • ތާޑް އިންޖިނިއާ، މުސާރަ: 53،970ރ.
  • ތާޑް އޮފިސާ، މުސާރަ: 38،550ރ.
  • އޭބަލް ސީމޭން، މުސާރަ: 15،400ރ.
  • ބޯޒްމަން، މުސާރަ: 18،504ރ.
  • އޮއިލާ، މުސާރަ: 15،400ރ.
  • ކުކް، މުސާރަ: 19،000ރ.
  • މެސް ބޯއި، މުސާރަ: 13،560ރ.
  • ވެލްޑާ، މުސާރަ 19،620ރ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރީ

    ވައިޓް ސްޓާ ބޯޓްތަކުގެ މުސާރަވެސް ތިޔައްވުރެން ބޮޑު

  2. ކައުންސެލަރު

    ޗީފްކުކްގެ މުސާރަ ކިހާވަރެކޯ އަޅެ މާސްޓާ! އައިސްތުއަށް ދިންކަހަލަ އެއްޗެއް.....