މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ ވިޔަފާރި ކުރަމުންދާ އެމްވީ މޯބައިލް ފިހާރައިން އެންމެ ފަހުގެ ބްރޭންޑެޑް ޓެބްލެޓް އަގުހެޔޮކޮށް ލިބެން އެބަހުއްޓެވެ.

ފޯނާއި، ފޯނާއި ގުޅުން ހުރި ގިނަ ޕްރޮޑަކްޓްތައް ލިބެން ހުންނަ އެމްވީ މޯބައިލް ފިހާރައިން ސެމްސަންގ ، އެމޭޒަން ލެނޯވޯ އަދި ޒިއޯމީ ބްރޭންޑްގެ ޓެބްލެޓް ވިއްކަމުން ދެއެވެ.

އޭގެ ތެރޭގައި ސެމްސަންގ އޭ7 ލައިޓް ޓީ225 ވައިފައި އަދި 4ޖީ ލިބޭ ޓެބްލެޓް އެ ފިހާރައިން ލިބޭނެއެވެ. މި މޮޑަލްގެ 32 ޖީބީ އަދި 64 ޖީބީ ރޮމް އަދި 3ޖީބީ އަދި 4ޖީބީ ރެމް އިންނަ ޓެބްލެޓް އެ ފިހާރައިން ލިބެން ހުންނާނެއެވެ. މިއީ 8.7 އިންޗް ޑިސްޕްލޭއް އިންނަ، އަދި 5100 އެމްއާއެޗްގެ ބެޓަރީއެއް އިންނަ ޓެބްލެޓެކެވެ.

އޭގެ އިތުރުން ޒިއޯމީ ޕެޑް 5ގެ 256 ޖީބީ ރޮމް އަދި 6ޖީބީ ރެމް އިންނަ ޓެބްލެޓް އެ ފިހާރައިން ލިބެން ހުންނާނެއެވެ. މިއީ 11 އިންޗީގެ ޑިސްޕްލޭއެއް އިންނަ 8270 އެމްއޭއެޗްގެ ބެޓަރީއެއް އިންނަ ޓެބެކެވެ.

އަދި ކުޑަކުދިންނަށް ހާއްސަ އެމޭޒަން ފަޔާ އެޗެޑީ 10 ކިޑްސް ޕްރޯ ޓެބްލެޓްގެ 32 ޖީބީގެ ރޮމް އަދި 3 ޖީބީގެ ރެމް އިންނަ ޓެބްލެޓްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ.


އެމްވީ މޯބައިލް ފިހާރަ ހުންނާނީ
ބޮޑުރަސްގެފާނު މަގުގައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ފިހާރައިގެ އަމިއްލަ ވައިބާ ކޮމިއުނިޓީ ގްރޫޕެއްވެސް ހިންގަމުންދާ ކަމެވެ. އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް އެ ފިހާރައިން ލިބެން ހުންނަ އެންމެ ފަހުގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ލިބޭނެ ކަމެވެ.