ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު އިސްވެ ހުންނަވައިގެން ހިންގެވި ބޮޑު ހިޔާނާތުގެ ތެރެއިން ވިއްކާލި ތިން ފަޅެއް، ގަތް ފަރާތްތަކުން އެފަޅުތައް އެހެން ފަރާތްތަކަކަށް ވިއްކާލަން މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ޓްއަރިޒަމްގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށްތަކާއި ފަޅުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ އެކަމުގައި އިއުތިރާޒު ކުރާ ފަރާތެއް ހުރިތޯ ބަލަން ޓްއަރިޒަމް މިނިސްޓްރީން އިއުލާން ކުރެއެވެ. އާއްމު އުސޫލުން ޓްއަރިޒަމް މިނިސްޓްރީން ވަނީ އިއްޔެ މިތިން ފަޅު ވިއްކާލުމުގެ ކުރިން އިއުތިރާޒު ކުރާ ފަރާތެއް ހުރިތޯ ބަލަން އިއުލާން ކޮށްފައެވެ.

ވަކިވަކިން ކުރި ތިން އިއުލާނުގައި ބުނެފައިވާ ގޮތުގައި ވިއްކާލަނީ މާލެ އަތޮޅުން ކުއްޔަށް ދީފައިވާ ތިން ފަޅެކެވެ. އެއީ ސިންގަޕޫރުގެ ސަނީ ހޯލްޑިންސް އަށް ދޫކޮށްފައިވާ ފަޅާއި، ތުރުކީގެ ވިޔަފާރިވެރިންތަކެއް ހިމެނޭ ޑެޕެޒާ ސާވިސަސް އިން ކުއްޔަށް ނަގާފައިވާ ކ.ވާވެއްދި ފަޅާއި ދުބާއީގެ ޑެލްމާ ކުންފުނިން ކުއްޔަށް ނަގާފައިވާ ކ.ތޮޅިމަރާހުރާ ފިނޮޅާއި ފަޅެވެ.

ޔާމީންގެ ވެރިކަމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރުއްވި ރިޕޯޓްގައި ވަނީ މިފަޅުތަކާއި ގުޅޭ ގޮތުން ފާހަގަ ކުރެވޭ މައްސަލަތައް ހާމަކޮށްފައެވެ.

އޭގެތެރެއިން ފާހަގަވި އެއްމައްސަލަ އަކީ ސަނީ ހޯލްޑިންސްއަށް ފަޅު ކުއްޔަށް ދިނީ އެ ކުންފުނި އުފެއްދުމުގެ ކުރިންކަމެވެ. މި ސަރުކާރުން ވަނީ އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދާފައެވެ.

ތޮޅިމަރާހުރާ އަކީ ޓޫރިޒަމަށް ދޫކުރަން ރައީސް އޮފީހުން ހުއްދަ ދީފައި ނުވަނީސް އެމްއެމްޕީއާރުސީން ދޫކުރި ފަޅެކެވެ. ތޮޅިމަރާހުރާ ފަޅުގެ އެކުއިޒިޝަން ކޮސްޓަށް 300،000 ޑޮލަރު (4.6 މިލިއަން ރުފިޔާ) ދިން ނަމަވެސް އެ ފަޅު ދޫކުރުމުގެ އެއްބަސްވުން ހަދާފައެއް ނުވެއެވެ. އަދި އެފައިސާ ވެސް ދައުލަތައް ލިބިފައެއް ނުވެއެވެ.

ކ. ވާވެއްދި ފަޅު ކުއްޔަށް ނެގި ޑެޕެޒާ ސާވިސަސްއަކީ މަނީ ލޯންޑަރިންނާއި ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ރަޝިޔާގެ ވިޔަފާރިވެރިޔަކާއި އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިންގެ ގާތް ބޭފުޅަކާއި ގުޅުން އޮންނަ ކުންފުންޏެއް ކަމަށް ޕެންޑޯރާ ޕޭޕާސްގައި ތުހުމަތުކޮށްފައިވެއެވެ. އެ ފަޅު 2015 ގައި ދޫކުރީ 2.5 މިލިއަން ޑޮލަރު (38.6 މިލިއަން ރުފިޔާ) އަށެވެ.

ތިން ފަޅާއި ގުޅޭ ގޮތުން މައްސަލަތަކެއް ހުރިނަމަވެސް ސަރުކާރުން ވަނީ އެއިން އެއްވެސް މައްސަލައެއް އިތުރަށް ނުބަލަން ނިންމާފައި ކަމަށް މައުލޫމާތު ލިބެއެވެ. ފަޅުތައް ވިއްކާލުމަށް ސަރުކާރުގެ އެތެރެއިން ކުރަން ޖެހޭ ކަންކަން މިހާރު ކޮށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ފަޅުރަށްތަކާއި ފަޅުތައް ހިމެނޭހެން 30 ތަނެއް ވިއްކާލިއެވެ. އެތަންތަން ވިއްކާލައިވެން ލިބުނު 1.5 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ އެކިއެކި ވެރިންނާއި، އަދީބުގެ ގާތް އެކުވެރިންނަށް ބަހާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. hini

    ޔާމީންގެ ވާހަކަ މީގަ ނުހިމެނީމަ އެހާފުރިހަމަޔެއްނޫން ..... މިނިވަން ނޫސްވެރިކަން ކުރަން ވަގުތު ނޫހުން ދަސްކުރަންޖެހޭ ....ޔާމީން އަމިއްލައިން ވަނީ އެއްބަސްވެފާ ޔާމީންގެޔައް ދޫވެއްސައްވެސް ވަނީ ހަލާލު ފައިސާނޫންކަމައް

    7
    22
    • އެމް

      ޔާމީނު ގެ އިޚްލާސްތެރި ކަން ފާޅުކުރެއްވުމުން ވަގައް ގޮވުން އެއީ ވަރައް ގޯސް ކަމެއް އަދީބު ކުރި ވައްކަމެއް ޔާމީނު ގެ އިސްތަށިފުޅުގައި ނުއަޅުވާ! އަދީބަކީ ވައްކަމެއް ކޮށްފައިވާ މީހެއްކަން ޔާމީނައް އެގިވަޑައި ގެންނެވުމާއެކު އޭނާ ވަޒީފާއިން ވަކި ކުރެއްވުމުން ޔާމީނު ގެ އިސްތަށި ފުޅުގައި ވަގު ބަދުނާމު އެޅުވީކަން ތެދުބުނާ ކޮންމެ މީހަކަށް އިގޭނެ

      4
      1
    • ވަގުންހިނި

      ކަލޭގެ ސަރކާރުގެ މަތިފަޑިން ފެށިގެން އެންމެން ކައިފައި އޮތީ. އަމިއްލައަށް އެވާހަކަ ދައްކާތަން ނުފެނޭތަ.

  2. Anonymous

    ރަނގަޅުގޮތަކީ "ޔާމީނާ އަދީބާ ގުޅިގެން" ވަގަށްނެގި ތިން ފަޅެއް.

    11
    26
  3. މިކަމާ

    މިކަމާ ޔާމީނާ ގުޅުވާނަމަ، އަލީވަހީދުގެ ރޭޕް ކުޅިވަރާ، ވެންޓިލޭޓަރުގެ މައްސަލަވެސް ހިންގާފައިވާނީ ސޯލިހު އާއި ގުޅިގެންކަމަށްވާނީ

  4. އިންޑިޔާ އައުޓު

    ރަގަޅުގޮތަކީ އަދީބު ލައްވާ ވައްކަންކޮށް އެހުރިހާ ފައިސާއެއް ވީމިސަރުކާރު ކުރިއަށް ތިބި މީހުން ގެއަތޫގައި

  5. އައްދެ

    މަދު ލާރި ކޮޅަކައް އަމިއްލަ ބިންތައް ވިއްކާލަނީ. ގައްދާރު ވާނީ މިހާކަންވަރައް. ގައްދާރުން ތައް ފިނި ކޮޓަރީގައި ބައިތުލް މާލް ހަރަދުގައ. ލޮލް