މި އަހަރުގެ މިހާތަނަށް މުސާރައާއި ޕެންޝަންގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރު މިހާތަނަށް ސަރުކާރަށް ލިބުނު އާމްދަނީއަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރަށް ވަނީ ހޭދަކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުން 34 ބިލިއަން ރުފިޔާ ހޭދަ ކުރަން ފާސް ކޮށްފައިވާއިރު މިހާތަނަށް 12 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ވަނީ ހޭދަ ކޮށްފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަރަދު ބަޖެޓުގެ 75 ޕަަސެންޓް ހޭދަ ކޮށްފައި ވަނީ ރިކަރަންޓް ހަރަދު ނުވަތަ ސަރުކާރު ހިންގަން ހިނގި ހޭދަ އަށެވެ.އަދި ބާކީ އޮތް 25 ޕަސެންޓަކީ ކެޕިޓަލް ހަރަދުތަކެވެ.

މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހޭދައަށް 9.2 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ރިކަރަންޓް ހޭދައަށް 8 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައޖ މުސާރަ އާއި ޕެންޝަނަށް މިހާތަނަށް ސަރުކާރުން 3.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި ޕެންޝަނަށް ހަރަދު ކޮށްފައި ވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުން މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ އިންފްރާސްޓްރަކްޗާ އެސެޓްއަށެވެ. އެ ބަޔަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ހުރިހާ ހަރަދުތަކެއް ހިމައިގެން ބަލާނަމަ ކެޕިޓަލް އަދި ރިކަރަންޓް ހޭދަ 13 ބިލިއަން ރުފިޔާ އަށްވުރެ ގިނަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިކޮނޮމިސްޓް

    ރިކަރެންޓް ޚަރަދު ބޮޑުވުމަކީ މައްސަލައެއްނޫން. އެއީ ޤައުމުގެ ޢާންމު ޙާލަތު ރަނގަޅުކޮށްދޭ އެއްޗަކީ މުވައްޒަފުންނަށް ލިބޭ މުސާރަ. ޤައުމުގެ ތަނަވަސްކަން ދައްކައިދޭނީ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން. މުއްސަނދިން އިތުރުވުމަކީ ދައުލަކަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަންކަން. އެގޮތުން ޤައުމުގައި ފަޤީރުން މަދުވުމުން ފަޤީރުންނަށް ދައުލަތުން ކުރަންޖެހޭ ހޭދަ މަދުވާނެ. ޤައުމުގައި މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް އަމިއްލަ މީސްމީހުން އަޅައި ހިންގަން ފެށުމުން ދައުލަތުގެ ޚަރަދުތައް ކުޑަވާނެ.

    2
    1
  2. ޖާނޭ

    ސަރުކާރުގެ އެހެނިހެން ޚަރަދު ތަކަށް އެއަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ވާހަކަ ނުލިޔަނީ ކީއްވެގެންތޯ؟ އިންޑިއާ ސިފައިންނަށް ކުރާ ޚަރަދުގެ ވާޙަކަ ނުލިޔަނީ ކީއްވެގެންތޯއެވެ. މިޒާތުގެ ބަޔްނތައް ނުކުތީވެ ކިޔަން ބޭނުންނުވާ އެތައް ޗެއްޗެއް ކިޔޭނެ. ދުލުހގައި ހިފާ ދަމާނގެ ކަމެއް ނެތް. ވެންޓިލޭޓަރ ތަކަށް ކުރި ޚަރަދު ތައް ވެސް މީގައި ހިނެނޭނެތޯ؟

  3. ދަރަނި

    ކިހިނެއްބާ