އަންނަ 2023 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު އެބަ އޮތް އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ، ޖޭޕީމޯގަން އިން ބުނެފި އެވެ.

އެ ބޭންކުން އެހެން ބުނެފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އިއްޔެ އާންމު ކުރި އެނެލިސްއެއްގަ އެވެ.

ޖޭޕީމޯގަންގެ އެނެލިސްގައި ބުނެފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް %10 ގައުމަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެ އެވެ.

އެއީ އާންމު ބާޒާރުތަކުން ދަރަންޏަށް ފައިސާ ހޯދުމުގެ އަގު (އިންޓްރެސްޓް ރޭޓޫ ފަދަ ކަންކަން) ބޮޑުވަމުން ދިއުމާއި ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި އިތުރުވަމުން ދިއުމާއި ގައުމަށް ވަންނަ ފައިސާއަށް ވުރެ ބޭރުވާ ފައިސާގެ މިންވަރު މަތިވަމުން ގޮސް، އޭގެ ފަރަގު ބޮޑުވަމުން ދިއުމުގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަސާސީ ކާބޯތަކެއްޗާއި ތެލުގެ ސަޕްލައި އަށް ބުރޫއެރުމާ އެކު، އެފަދަ ތަކެތީގެ އަގުތައް މައްޗަށް ދިއުމުން ކަމަށް އެ އެނަލިސްގައި ބުނެފައި ވެއެވެ.

އެ ނެލެސިސްގައި ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ 52 ގައުމެއް ވަނީ ހިމަނާފަ އެވެ އޭގެ ތެރެއިން، އަށް ގައުމެއްގެ ރިޒާވް 2023 ނިމޭ އިރު ހުސްވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައި ވެއެވެ.

އެ އަށް ގައުމަކީ ލަންކާ، ރާއްޖެ، ބާހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނާޑާ އާއި އިތިއޯޕިއާ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ހައިވަކަރު

    ތަރައްޤީއަށޭ ކިޔައިގެން ތިކުރާ ހޭދަތައް ކުރުން ހުއްޓާލަންފެނޭ. މީގެތެރޭގައި ފައިދާއެން ކުލިބޭގޮތަށް ހިންގާ އަގުބޮޑެތި ޕްރޮޖެކްޓްތައް މިސާލަކަށް ބަނދަރު ހެދުން، މަގުހެދުން، ބޮޑުހިލަޖެހުން ފަދަ ކަންކަން ވަގުތީގޮތުން ހުއްޓާލަން އެބަޖެހޭ. އަދި މީގެއިތުރަށް މިހާރު ހޮސްޕިޓަލްތައް ހުރި އެތައް ރަށެއްގައި އަލުން ހޮސްޕިޓަލް އަޅަން މިސަރުކާރުން ނިންމާފަ އޮތް ނިންމުންތައްވެސް ހުއްޓާލަން އެބަޖެހޭ. ބޭނުންވަނީ އިތުރު ހޮސްޕިޓަލްތައް އެރަށްރަށުގައި އެޅުމެއްނޫން. މިހާރު ހުރި ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތް ރަނގަޅުކުރަންވީ.

    74
    1
    • މަކަރުވެރި އަދާވާތްތެރި ހިންދޫއިން

      އެމްޑީޕީ ސަރުކާރުން އިންޑިއާއިން އެންމެ 4 މަސްތެރޭ ނެގި ލޯނުތައް ކުރީ ސަރުކާރަށްވުރެ ބޮޑުތަނުންވެސް މާބޮޑު! ް ް

      2
      1
  2. ރެފްރީ

    އަޅެ ހެޔޮނުވާނެތިކަހަލަވާހަކަދައްކާން!! ސަބަބަކީ މިހާރުގެސަރުކާރަކީ ތިކަހަލަކަމަކާދޭތެރޭ ވިސްނާނެސަރުކާރެއްނޫން!! ލަންކާއިން އިބްރަތްހާސިލުކުރަންޖެހޭ!!

    53
    4
  3. އިބްރާ

    މަރުފުރާނައިގެ ކޮޅަށް އެމްޑީޕީއަށް ތިޔަ ވެރިކަންކޮށްލެވުނީ.

    39
    3
  4. އާދަނުބެ

    އިބުރާހިމްބެ ބޮލުގަ އިލްޒާމް ނާޅުވާ

    19
    9
  5. ތުއްތުނާ

    ހާސްކަނޑާލާ.. މަޖިލީހުގެއިއްޒަތްތެރިރައީސް އެހުންނެވީއެފަދަދުވަހެއް ފެނިއްޖެނަމައެހީހޯދާދޭންތައްޔާރަށް .

    38
    2
  6. ބެއްޔާ

    ފިނޭންސް މިނިސްޓަރާ ގޮރޮނޮދޯރު(ގަވަރުނަރު)ބުނީ ތިޔައީ އަހަރެމެން ގަބޫލުކުރާ އެއްޗެއް ނޫނޯ.

    31
    1
  7. އިބޫސް

    ދަރަނީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު. ކޮންމެ ގޮތެއް ހަދާފަވެސް މި ގައުމުގެ އިއްޒަތްތެރި މެންބަރުންނާއި ވެރިން އެ ތިބެނީ ބޮޑު މުސާރައިގައި އަދި ގައުމުން ބޭރުގައިވެސް ދިރިއުޅެނޭވެ ހާލުގައި. ދެރަ ލިބޭނީ އާދައިގެ އާންމު ރައްޔިތުންނަށް. މިހިސާބަށް ގައުމު ނުދަނީސް އާންމު ރައްޔިތުން ވެއްޖެ އެންނު ތިޔަ ވޯޓު ދޭ މީހުންނާއި އަދި ލާރިކޮޅަކަށް ވޯޓު ވިއްކާލާ މީހުންނާއި މެދު ވިސްނާލަން. އަހަރުމެންގެ ގައުމުގެ ހަލާކަކީ ހަމަ އަހަރުމެން. މަގޭ ޕާޓީއަށް ވުރެން މަގޭ ގައުމު އިސްކުރަން ވެއްޖެ އެންނު.

    63
    3
  8. ޒީކް

    ހޫން ޖޭޕީ މޯގަނަށް އެނގޭނި މިރާއްޖޭގެ ރިޒާވާ ދަރަނި ދެއްކޭނެ ވަރެއް.. ތިޔަހެން މިކީ މައުސް ހިސާބު ޖަހާ ޕްރޮފެސަރެއް އުޅޭނެ މިރާއްޖޭގަ ވެސް.. އަދުރޭ ސަރ.. އަނެއްކާ އެބޭޅާ އެތިކޮޅެއް ވައްޓާލާފަ ހިސާބުތަކެއް ފޮނުވާލީ ނޫންބާ..

    4
    38
  9. ހުއްޓާޅާ! ބަޖެޓް ފޫދަނީ...

    ވަގުތުން ވަގުތައް އާސަންދަ ނޫން ހުރިހާ ފުރީ މެޑިކަލް ސްކީމްތަކެއް ސަރުކާރުން ހުއްޓާލާ. އޭގެ ތެރޭގައި
    1. މަޖްލިސް މެންބަރުންނާ އެމީހުންގެ އާއިލާތަކައް ޕްރައިވެޓް ހޮސްޕިޓަލު ތަކުންނާ ރާއްޖޭން ބޭރުން ދޭ ހިލޭ ބޭސްފަރުވާ
    2. ސިފައިންނާ ފުލުހުންނާ އެމީހުންގެ އާއިލާތަކަށް ޕްރައިވެޓް ހޮސްޕިޓަލު ތަކުންނާ ރާއްޖޭން ބޭރުން ދޭ ހިލޭ ބޭސްފަރުވާ
    3. ދެންވެސް އާސަންދަ ނޫން ދައުލަތުގެ ބަޖެޓު ފޫދާ ގޮތަށް ދޭ ހުރިހާ އިންޝުއަރެންސް މެޑިކަލް ސްކީމްތައް ހުއްޓާލާ

    46
    3
  10. ނާދިރާ

    މިނިކާވަގުންނަށް ފުއްލާއެއް އަތުޖެހުނީމަ ވާގޮތް ނެޝެނަލް ޖޯގްރަޕިކް ޗެނަލުން ވ ސާފުކޮށް ފެނޭ

    32
  11. ފަގުޑި

    ސާބަހޭ! ހަމަ ލަންކާ ދިޔަމުން ރާއްޖެވެސް. ރައްވެހި ފަތިސް

    38
  12. ޖާބެ

    ލޭގެ ކޮރުތައް ފެނުންގާތް

    27
    3
  13. ސލ

    އަވަސް ފިޔަވަޅުތަކެއް ޚަރަދުކުޑަކުރުމަށާއި ދަރަނި އިތުރު
    ވިއަނުދިނުމަށް އަޅަން މަޖުބޫރުވެފައިވާއިރުވެސް ސަރުކާރުގެ
    ވިސްނުންހުރީ ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުކުރުމަށާއި
    އިތުރު ލޯނުތައް ނެގުމަށެވެ އިންތިޚާބުތައް ކާމިޔާބުކުރުމަށް
    ލިބޭ އެއްޗަކަށްވުރެ ޚަރަދުބޮޑުކުރުމަކީ ނުރައްކާތެރި ކަމެކެވެ
    މިކަމުގެސަބަބުން ގައުމު ބަނގުރޫޓްވުން އޮތީ ދާދި ގާތުގައެވެ މިހާރުން މިހާރަށް ދަރަނި ނެގުން ހުއްޓާލުމަށާއި
    ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރަށް ގޮވާލަމެވެ
    މިކަންކަން މިގޮތަށް ނުކުރުމުގެ ސަބަބުން ދިމާވި ދަތިހާލް
    އަވައްޓެރި ލަންކާއިން އެއޮތީ ފެންނާށެވެ.

    30
    1
  14. މޫސަ

    އެހެންވެތަ އިންޑިޔާއިން 800 މިލިޔަން ކްރެޑިޓް ފެސިލިޓީ އެއް ހޯދައިގެން ވަރުދައްކާފަ ތިލަމާލެ ބްރިޖް އަޅަނީ. އެބްރިޖް ތެރެއިން ރަންވަޅު ފެންނަނީތަ ނޫނީ ޖަވާހިރު އުތުރި އަރަނީތަ

    57
  15. ދަރަނި ދަންތުރަ

    މިހާރު މިގައުމުގަ ވެރިކަންކުރާ ކޯލިސަނުގެ ތިބި 5 ވަގުންގެ އަމާޒަކީ 2023 ހުގައި މިގައުމު ދަވާލާފަ އިންޑިޔާގެ އަޅުވެތިކަމުގައި ދިވެހިންތާށިކޮށްފައި ފިލާރައްކާވުން ، އިނގިރޭސިވިލާތުން ގެދޮރު ގަނެފަ އެވެރިން މިހާރު ހުރީ މި 5 ގައްދާރުން މިގައުމު ހަލާކުކޮށްފި ހަޒާނާ ދަވާލައިފި

    34
    2
  16. ސުމަން

    މޯގަން ހިސާބު ހަދަން ބޭނުން ކުރީ ކުރީ ސަރުކާރުގެ ހިސާބު

    11
    39
    • ބެއްޔާ

      ކުރީ ސަރުކާރުގެ ހިސާބު ބޭނުންކުރިނަމަ އަރަނިފެންނާނީ. ކުރީ ސަރުކާރު ނިމުނުއިރު ރިޒާވްގައި 900 މިލިއަން ޑޮލަރުހުރި. ތަންދޮރު ނޭގުނަސް އަމާމުންޖޭ ކިޔާ ކޮމެންޓްކުރަންވޭދޯ؟

      48
      2
  17. ޙަދިސައިބު

    މިކަން މިސަރުކާރުން ގަބޫލުކުރާނެބާ؟ އަޑު އެހުމުގެ ގަބިލުކަން މިސަރުކާރުގައި ނުހުންނާނެ!

    56
    1
  18. މޯދީ

    ދެން އަތްޖަހާ

    45
  19. Anonymous

    ފޭކް ރިޕޯރޓް. ކޮވިޑް ފަހުން އެންމެ އެކްޓިވް ޤައުމު.
    2023 ގެ ފަހުން ބަނދަރެއް ނަރުދަމާއަކަށް ޚަރަދު ކުރާކަށް ނުޖެހޭނެ. އެއީ ލޯނުތައް ދެއްކޭނެހާ ފައިސާ.

    ތިހެން ރިޕޯރޓްލިޔާ މީހުންވެސް ރާއްޖެއަންނާނީ ޑޮލަރުތައް ތަޅާ ބުރުވަން.

    ތިވާނި އަދުރެމެޓިކްސްގެ ކަމަކަށް. އިންޑިއާ އައުޓް ބޮއްސުންލައިގެން ދިޔައީމަ. ލޮލް

    4
    27
    • ރަން ރީނދޫ

      ދުނިޔޭގެ އެންމެ ބޮޑު ބޭންކް ގެ އެންމެ ތަޖުރިބާކާރު ފައިނޭޝިއަލް އެނަލިސްޓުންނާވެސް،އެމްޑީޕީ ބޮޓުން އެބަ ގެޅިގަނޭ. އެމީހުންނަށް ނުވެސް އެނގޭނެ އެމްޑީޕީ އެއް އޮތްނަކަންވެސް.

  20. ދާސިމް

    އަވަހައް ސިޔާސީމަގާމުތަކެއް އިތުރުކޮއްލާ އެއިރުން ބަޖެޓު ހަމަޖެހިދާނެ!!!

    34
    1
  21. ލަމްހާ

    ޔާމަިނަަށް ވޯަޓް ދޭންކަމަށް ވިސްނީ މުޅިގައުމު ބަގުރޫޓް ކުރިމީހަކާށް މާފެއް ނުދެވޭނެ

    6
    19
  22. ދެރަ

    ދެން އޮތް އެތިކޮަޅުވެސް އަވަހަށް ކާލާ ތިއަށް ވުރެންވެސް އަވަސް ކުރެވޭތޯ ބަލަންވާނެ

    17
  23. އިހުސާން

    ގައުމު ބަގުރޫޓުވުމުން ސަލާމާތް ވުމަށް...
    1. ރިސޯޓުތަކުގެ ކުލި ކުޑަކޮއްގެން ނުވާނެ!
    2. ފުލުހުން ސިފައިން މަޖްލިސް އެހެންބައެއް ނުކިޔާ އާސަންދަ ނޫން ސަރުކާރުން ހަރަދުކުރާ ހުރިހާ މެޑިކަލް އިންޝުއަރެންސެއް ހުއްޓާލާ. އޭރަށް މިކަމުން ސަލާމަތްވާނީ.. އޭރައް ވަކި ބަޔަކަށް ދެނިއްޔޭ ނުދެނިއްޔޭ ކިޔޭކަށްވެސް ނޯންނާނެ. ސިފައިންނާ ފުލުހުންނަށް ހުންނާނެ ސެނަހިޔާއާ ނޫސަންދަ ކްލިނިކް .އެތަނުން ނުވާ ކަމެއް ވިއްޔާ ދެން ޑިއުޓީގައި އުޅޭ ގަޑީގައި ވާކަމަކަށް އެމީހުންނަށް ފަރުވާއެއް ދޭން އަމިއްލަ ތަނަކަށް ފޮނުވާނީ. މައްސަލަ ހައްލުވީ!

    23
  24. ނާސިހު

    ދައުލަތުގެ ހަރަދުތައް މާބޮޑީ...ހަރަދުބޮޑުވާ ކަންކަމުގެ ތެރޭގައި-
    1. ސިޔާސީ މަގާމު ގިނަވުން
    2. މަޖްލިސް މެންބަރުންނާ، ސިފައިންނާ ފުލުހުންނާ އެމީހުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ޓްރީޓޮޕް، އޭޑީކޭއާ ބޭރުގެ ހޮސްޕިޓަލުތަކުން ހިލޭ ބޭސްފަރުވާ ކޮށްދިނުން - އައިޖީއެމްއެޗް، ސެނަހިޔާ، ނޫސަންދަ ކްލިނިކުން ލިބޭ އެތައް ހިދުމަތެއް ގޮސް ޕްރައިވެޓް ހޮސްޕިޓަލުތަކުން އެބަހޯދާ. އެއަށް ފައިސާ ދައްކަނީ ދައުލަތުގެ ބަޖެޓުން.
    3. އިންތިހާބުތައް ގިނަވުން
    4. މިނިވަން މުވައްސަސާތަކުގެ މުސާރަތައް ބޮޑުވުން

    22
  25. މަތަރަސް

    ބަލަ މިރައީސް މީހާހިސާބުނަވަތަޖެހޭކޮންގޮތަކަން ބޭރު ދަތުރުހަރަދުވެސް ހަތްދިހަމިލިޔަނާކާރިކުރާނެރައްޔަތުންފަނާވަނީ ހިޔާމީހުން ވޭނާ ބަރުދާސްގާ ރައީސް މީހާނާއިބުއާ އެޑިޔުކޭސަން މިނިސްޓަރި ނަށަނީ އިސާގަޑުގާ މަޖާކުރަނީ ގައުމު ބަގުރޫޓްވަނީ ދަރަނީ އެއްސަތޭކަފަންސާސް ބިލިއަން އަރަނީ؟ ބިރުވެރިކަން އިހުސާސްވަނީ؟؟

    18
    3
  26. Anonymous

    އަހަރަމެންގެ ރައީސް އިބޫ ވިލް ސޭވް އަސް އޯކޭ!! މުޅި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނާންނަވަރުގެ ތަރައްގީ ގެންނަވާ ކޮވިޑުން ސަލާމްތް ކޮށްދެއްވި ރައީސް އިނގޭތޯ! ހިކުމަތްތެރި އޯގާތެރި ވިސްނުންފުޅުތޫނު ރައީސް އިބޫ! ޖޭޕީ މޯގަން ޖެހޭނީ ރަށަށް ދާން

    3
    22
  27. ގައުމީ ލޯބި

    މިހާލަތައް ވެއްޓޭއިރުވެސް.. ފައިސާބަހަނީ ވޯޓު ހޯދުމުގައި ވެރިކަމުގައި ދެމިތިބިމުގެ ވަހުމުގައި
    ދައުލަތުން ޚަރަދު ކުޑަކުރަން ވިސްނަން އެބަޖެހޭ
    ޕާރޓީތަކަށް ފައިސާ ބެހުން ހުއްޓާލާ!
    އިނާމާއި އެވޯޑު، ޕާރޓީ ހަފްލާ ބޭއްވުން ހުއްޓާލާ!
    ޕޮލިޓިކަލް އެޕޮއިންޓީސްތައް މަދުކުރޭ!
    ބޭރުގައުމުތަކަށް ދަތުރު ނުކޮށް އޮންލައިން މީޓީންގ ބާއްވާ (ޝާހިދު އަށް ދެކޮޅު ދަތުރު ކޮންމެ ފަހަރަކު ނުދެއްވާ)
    ކޮންމެ ރަށެއްގައި އެއަރ ޕޯޓެއް ނާޅުއްވާ!
    މަންފާ ނުކުރާ ދިވެހީން މަދުން އުޅޭ ގައުމުތަކުގެ އެމްބަސީ ބަންދުކުރައްވާ!
    މަޖިލީސް ގެ ދައުރު ކޮންމެ އަހަރަކުވެސް 6 މަސްދުވަހަށް ބަދަލުކޮށް ހަމަހުގެ މުސާރަ ދެއްވާ!

    ފައިސާ ލިބެން ހުރި ވަސީލަތްތައް އިތުރުކުރައްވާ!
    ރިސޯޓު ކުލި ކުޑަނުކުރައްވާ!
    ރިސޯޓުންތަކުން ނަގާ ޓެކްސް % ބޮޑުކުރައްވާ! އެއީ ފައިދާ ބޮޑު ވިޔަފާރި - ދައުލަތައް ލޯނު ދޫކުރަން އެމީހުން މުއްސަނދިކުުރމުގެ ބޭނުމެއް ނެތް.
    ބޭރުގައުމުތަކުގެ މުވައްޒަފުންގެ މުސާރައިން ޓެކްސް އިތުރުކުރައްވާ!
    ކުރެވޭނެ ކަންކަން އެބަހުރި ކާކު ކުރާނީ ؟

    21
  28. އެޑަމް

    މުޅި ގައުމު ދަވާލާފި. މިހެން ތިބެވޭކަށް ނެތް. އަސްލުގަ ލަންކާއަށްވުރު ގޯސްކޮށް އުޅެނީ. މީޑިޔާތައް ހިސޯރުކޮށްގެން ސަރުކާރުގެ މޮޅުކަން ދައްކަނީ. ކައި ހުސްކޮށްފި

    24
  29. ދަންޑަހެލުުު

    ހިތާމައިގެ ކޮޅެއްނެތް. ޓްރީޓޮޕުންނާ އޭޑީކޭން މުޅި ފެމިލީއަށް ސަރުކާރު ބަޖެޓުން ފުރީ މެޑިކަލް ހޯދާ ކުދިންނަށް ނަސޭހަތެއް....ތަމެންނޭ އަވަހަށް ތަމެންވެސް ވައިފްސް ކައިރި ބުނޭ ކިޑްސްތައް ގޮވައިގެން ގޮސް ފުރީ މެޑިކަލް ހަދާލަން ދެން އޭޑީކޭ ޓްރީޓޮޕަށް ނުދާން. ގައުމު ބަގުރޫޓުވެ ބަނޑަށް ޖެހުނީމަ ވާގޮތް ލަންކާއިން އެބަ ފެނޭނު ދޯ. އޭގެ ކުރިން ސަމާލުވެ ރައްކާތެރިވެ ފިޔަވަޅު އަޅުއްވާ!

    17
    2
  30. ކޮރަލް

    ބޭކާރު ހަރަދު ކުރުމުގަ ރާއްޖެ އޮތީ ހައްދު ފަހަނަ އަޅާފަ އެވެ. ދަނޑުވެރިކަ ކުރި އަރު ވަން ވީ އެވެ. ބިދޭސީންގެ މައްސަލަ ހައްލުވކުރަން ވީ އެވެ . ޑްރަގް މައްސަލަ އަށް ހައްލެ ބޭނުން ވެ އެވެ. ލޯނު ނެގުން މަޑު ޖައްސާލަން ވީ އެވެ. ނޫނީ މި ސިޔާސީ ބައެއް ބޮޑުން ކައިގެން ބޭރަށް ފިލާނީ އެވެ.

    18
  31. ޑައެލޯގް

    މިސަރުކާރަކީ ރިސޯޓްތަކުގެ (ގާސިމުމެންގެ) ކުލިކުޑަކޮށް 60000 ލިބޭ އާންމުމީހުންގެ އަތުން އިންކަމްޓެކްސްނަގާމީހުނެވެ. ބޭނުމަކީ ގާސިމުމެނާ އާއްމުމީހަކު އަރާހަމަނުވުމެވެ.

  32. ޒާ

    ތިއެއް ކިޔާނެ ކަމެއްނެތް. އަރަނި ބަޖެޓަކާ އެކު ދަރަނި ދައްކަންވެސް ވަކި ފަންޑެއް އެމްއެމްއޭގައި ގާއިމްކޮށް. ތަރައްގީ ބާރު ސްޕީޑްގައި ޔާމީން ވެރިކަމުގާ ހޯދަމުން ދަނިކޮށް ގައުމަށް ޣައްދާރު ކޯލިޝަނަކުން ރޮއިހޭރި ޚިޔާނާތްތެރިންގެ ވޯޓާއެކު މިއަދު މިވަނީ އަނދިރިކަމުގެ ތެރެއަށް ގައުމު ވައްދަމުން.

    6
    1
  33. ސަފާ

    މި ސަރުކާރައް ހެޔޮ، އެމީހުން ވިސްނުން ހުރީ ކެވުނު ވަރަކައް ކައިގެން ދާން..
    މީ އެމީހުންގެ މީހުން ބުނާ އެއްޗެހި، ވައްޑެ ބުނި ގޮތްމީ..

  34. ކަދުރު

    ރިޔާސީ އިންތިހާބު ޔާމީނު ކޮޅަށް ޖަހާލަން މީަހަކަށް ރިސްވަތުދީގެން ކުޅޭ ކުޅިގަނޑެއްތީ

  35. އައްޔު

    ދެން ދިވެހި ސަރުކާރުން ބުނާނީ ތިމީހުން ރިޕޯޓް ނެރުނީ ޔާމީނު ބުނެގެނޭ

  36. ކޮއްޔާ

    އޭރަށް އެބުނާ ޖަޒީރާ ރާއްޖެ 2023 ގައި އޮންނާނީ ފެންނަން //
    ބާރަށް ކަމުން ކުރިޔަށް //

  37. ވިސްނާ

    ގައުމުގެހާލަތު މިފަދަދަށުދަރަޖައަކަށް ދިއުމުން މިކަންރަގަޅުވޭތޯބައްލަވާ ގައުމުގެދަރިން
    ހާލުގައިޖެހި ބަނޑަށްމަރުވުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރައްވާ ނަމަވެސް ހިތާމައަކީ
    އަދިވެސް ބައްލަަވނީ ވެރިކަންދެމެހެއްޓޭތޯއާއި އަޅުވެތިވެގެންވެސް އިންޑިއާދަށުވެ އިންޑިއާ
    އައުޓް ހުއްޓުވޭތޯ އަދި ވަޢުދުމުމާ ވައްކަންކުރިއަށްދޭ ހުރިހާގެއްލުމެއް ނިކަމެތި ރަށްޔިތުންނަށް ވީމާ. ރަށްޔިތުން އަމިއްލަށްހެދިގޯސް ރަގަޅުކުރުމުގެ ފުރުސަތު އަދި އެބައޮތް 2023 ގައި މިހާލަތުން ގައުމުގުމު ސަލާމަތްކުރެވޭނެ ބޭފުޅަކު ވެރިކަމުގައި ބެހެއްޓެވުމަށް ރަށްޔިތުންގެ އެހީތެރިކަން ވަރަށްބޭނުން އަޅުންނަށް ކުރެވޭނީ މަސައްކަތް ތައުފީގު ދެއްވާނީ ﷲ ވީމާ ކަންކަން ރަގަޅުކުރުމަށް އަޅުންނަށް ކުރެވޭކަމެއް
    ކުރުމަކީ ވަރަށްބޭނުން ތެރިކަމެއް އޮށޯވެލައިގެން އަނގަހުޅުވައިގެންއޮވެ ކާތަކެތިއަނގަޏަށް އެޅޭނެކަމަށް ހީކުރުން ވަރަށް ގޯސް މީގެކުރިން ފެނިފައިވާމަންޒަރުތަކާ އެކަމުންމީރުވެސް ފެންނަކަންތަށްތަކަށްބަލާއިރު ގައުމެއްއާރާސްކުރެއްވުމަށް ރ ޔާމީންވަރުގެ ބޭފުޅެއްއަހަރެން ނުދެކެން ގައުމުގެ ހާލަތަށް
    ބަލާއިރު ގައުމަށް އެންމެއަވަހަށް ހައްލެއްގެނެވޭނެބޭފުޅަކީ ރ. ޔާމީންކަމުގައި ދެެކން

  38. Anonymous

    ޕޮލިހުންނަށް ވެސް އަންގާފައި އޮތީ ޓްރެފިކުން ވެސް ހޯދުނު ވަރަކައް ކެމްޕޭން އަށް ލާރި ހޯދާށޭ އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކުރާ ފުލުހުން އަށް އެވޯޑް ދޭ 🤣

  39. ބީތާ

    ޕޮލިހުންނަށް ވެސް އަންގާފައި އޮތީ ޓްރެފިކުން ވެސް ހޯދުނު ވަރަކައް ކެމްޕޭން އަށް ލާރި ހޯދާށޭ އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކުރާ ފުލުހުން އަށް އެވޯޑް ދޭ 🤣

  40. ވޮޗްޑޯގް

    800 މިލިއަން ރިޒާވްގަ؟ މެޑޯނާ އަދި ކައިލީ ޖެނާ މެން ވެސް ރާއްޖެއަށް ވުރެ މުއްސަނދިތާ