އިންޑިއާގެ ވިސްތާރާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެ އެއާލައިނުން ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށެވެ. އެ އެއާލައިނުން ދުވާލަކު އެއް ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެއަރބަސް A320 މަރުކާގެ ބޯޓެކެވެ.

ވިސްތާރާ އެއާލައިނުން މީގެކުރިންވެސް ވަނީ ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ޝެޑިއުލްކޮށްގެން ދަތުރުކޮށްފައެވެ. އަނެއްކާވެސް ދަތުރުތައް ފަށާފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އިންޑިއާ ވަރަށް ބޮޑަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައެވެ.

މިހާރުވެސް އިންޑިއާގެ ގިނަ އެއާލައިންތަކަކުން ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. އޭގެ ތެރޭގައި އެއަރ އިންޑިއާ، ގޯ އެއަރލައިން، ގޯ އެއަރގެ ސީދާ ދަތުރުތައް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން ފަތުރުވެރިންގެ ގޮތުގާ 677028 މީހުން ވަނީ ރާއްޖެ އަތުވެފައެވެ.